Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް

މާއުނގޫދޫ، އުކުޅަސް އަދި ދިގުރަށު ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މިހާރު ވެސް އެމްޓީސީސީން ގެންދަނީ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 މެއި 2022 | ހުކުރު 03:28
ށ. މާއުނގޫދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރުން

ށ. މާއުނގޫދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރުން

އދ. ދިގުރަށް، އއ. އުކުޅަސް އަދި ށ. މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ތިންރަށުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ތިން މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕަރމަނަންޓް ސެކެޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ.

Advertisement - newsAdvertisement

ދިގުރަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން 64،416 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 6،770 މީޓަރުގެ ނެރު ފުންކުރުމާއި، 294 މީޓަރު އެއްގަމު ތޮށި އަދި 287 މީޓަރުގެ ބޭރުތޮށި ލުމާއި، 98 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން، މޫރިންގ ބޮއެ ހަރުކުރުމާއި، 2،324 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތާއެކު ދިގުރަށުގެ ބަނދަރުގެ މިހާރު އޮތް ޖާގަ ދެގުނައަށް ބޮޑުވެގެން ދާނެއެވެ. އަދި މީގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ. މި ކޮންކްރީޓް ޖެޓީގެ ސަބަބުން ޑިންގީތަކާއި ކުދި ލޯންޗްފަހަރު އެޅުމުގައި އިތުރު ޖާގައިގެ ތަނަވަސްކަން ލިބި އަދި ރޭމްޕަށް މުދާ ހިފައިގެން އަންނަ ކޮޅުވެއްޓި ފަދަ އުޅަނދުތަކަށް ކައިރިކޮށް މުދާ ބޭލުމަށް ފަސޭހަވެގެންދާނެއެވެ.

މިއީ 53،025،367.58 (ފަންސާންތިން މިލިއަން ފަންސަވީސްހާސް ތިންސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ ފަންސާންއަށް ލާރި) ގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 570 ދުވަސް ތެރޭގައެވެ.

އުކުޅަސް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ތެރެއިން 4،954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، ބަނދަރު ބޮޑުކުރުމަށް 264 މީޓަރު އެއްގަމު ތޮށި އަދި 5 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 553 މީޓަރު ރިވެޓްމެންޓް ޖެހޭނެއެވެ. އަދި 1،640 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުމާއެކު ކަނެކްޓިވިޓީ ބްރިޖެއްގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ. މި ކޮންކްރީޓް ޖެޓީގެ ސަބަބުން ޑިންގީތަކާއި ކުދި ލޯންޗްފަހަރު އެޅުމުގައި އިތުރު ޖާގައިގެ ތަނަވަސްކަން އުކުޅަހު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މިއީ 37،282،051.06 (ތިރީސްހަތް މިލިއަން ދެލައްކަ އަށްޑިހަދެހާސް ފަންސާސް އެއް ރުފިޔާ ހަ ލާރި)ގެ މަޝްރޫއެކެވެ. އަދި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން 59،013 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 3،245 މީޓަރުގެ ނެރު ފުންކުރުމާއި، 312 މީޓަރު އެއްގަމު ތޮށި އަދި 362 މީޓަރުގެ ބޭރުތޮށި ލުމާއި، 105 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން، 1،509 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މޫރިންގ ބޮއެ ހަރުކުރުމުގެ އިތުރުން ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ނިމުމާއެކު، މާއުނގޫދޫގެ ބަނދަރުގެ ޖާގަ ދެގުނައަށް ބޮޑުވެގެން ދާނެއެވެ.

މީގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ. މި ކޮންކްރީޓް ޖެޓީގެ ސަބަބުން ޑިންގީތަކާއި ކުދި ލޯންޗްފަހަރު އެޅުމުގައި އިތުރު ޖާގައިގެ ތަނަވަސްކަން ލިބި އަދި ރޭމްޕަށް މުދާ ހިފައިގެން އަންނަ ކޮޅުވެއްޓި ފަދަ އުޅަނދުތަކަށް ކައިރިކޮށް މުދާ ބޭލުމަށް ފަސޭހަވެގެންދާނެއެވެ. މިއީ 59،713،156.38 (ފަންސާސް ނުވަމިލިއަން ހަތްލައްކަ ތޭރަހާސް ސަތޭކަ ފަންސާސް ހަ ރުފިޔާ ތިރީސް އަށް ލާރި) ގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 475 ދުވަސް ތެރޭގައެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭގައި އެމްޓީސީސީން ވަނީ ޒަމާނީ ފެންވަރުގެ ބަނދަރު ތަރައްޤީކުރުމުގެ ގިނަ މަޝްރޫއުތަކެއް ފުރިހަމަ ކޮށްފައެވެ. 1980 ވަނަ އަހަރު ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އެމްޓީސީސީއދ. ދިގުރަށްމާއުނގޫދޫއއ. އުކުޅަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު