Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެތެރޭގެ އިންތިޚާބު

އިންތިޚާބަށްފަހު އެމްޑީޕީ އެކަތިގަނޑަކަށް ވާނެ: އަލީ ނިޔާޒް

12 މެއި 2022 | ބުރާސްފަތި 10:08

އިންތިޚާބުގެ ކޮންމެ ކަމެއް ކުރަންވެސް ތިބީ އެމްޑީޕީ މެމްބަރުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 މެއި 2022 | ބުރާސްފަތި 10:08
އިންތިޚާބާއި ބެހޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު އަލީ ނިޔާޒު

އިންތިޚާބާއި ބެހޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު އަލީ ނިޔާޒު

ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށްފަހު އެޕާޓީ އެކަތިގަނޑަކަށް ވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށް އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް އެ ޕާޓީގެ މެމްބަރުންގެ މެދުގައި ގިނަ ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އަންނަ ހޮނިހިރު ދުވަހު މި އިންތިޚާބު ބޭއްވުމަށް ތަވާލުކޮށްފައިވާއިރު، އިންތިޚާބާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ނިޔާޒު ވިދާޅުވީ މި އިންތިޚާބަށް ފަހު އެމްޑީޕީގެ މެމްބަރުން އެކަތިގަނޑަކަށް ވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

މި އިންތިޚާބު ކިތަންމެ ވާދަވެރިކޮށް ދިޔަ ނަމަވެސް މިއީ އެމްޑީޕީ ކަމަށާއި، އިންތިޚާބުގެ ކޮންމެ ކަމެއް ކުރަންވެސް ތިބީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ. ވާދަވެރި އިންތިޚާބެއްގެ ތެރޭގައި ތުހުމަތުތަކާއި، ވާދަވެރިކަމާއެކު ކެމްޕޭން ކުރުމާއި، ޚިޔާލު ތަފާތުވުންތައްވެސް ހުންނާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެހެންނަމަވެސް ވޯޓު ލާ ނިމުނީމަ ކުރިއަށްއޮތް ފަސް އަހަރަށް އެ ހޮވުނީ އެމްޑީޕީ މެމްބަރުން ބޭނުންވާ މެމްބަރެއް ކަން ޕާޓީގެ ހުރިހާ މެމްބަރުންވެސް ގަބޫލުކުރާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ޕާޓީތެރޭގައި ޚިޔާލުތަފާތުވުންތަކާއި، ވާދަވެރިކަން އޮތް ނަމަވެސް ޕާޓީ ބައިބައިވެގެން ނުދާނެ ކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ދަނީ ބުނަމުންނެވެ. މިގޮތުން މި އިންތިޚާބުގައި އެމްޑީޕީގެ ޗެއާޕަރސަންގެ މަގާމަށް ވާދަކުރައްވާ ދެ މެމްބަރުންވެސް ވަނީ މިހެން ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހު ރާއްޖެޓީވީން ކުރިއަށްގެންދިޔަ "ޗެއާޕަރސަން ބަހުސް 2022"ގައި މި އިންތިޚާބަށްފަހު އެމްޑީޕީގެ އެތެރެއިން އިތުރު ޕާޓީއެއް އުފެދިދާނެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރު 1 މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަދި ކެންޑިޑޭޓް ނަމްބަރު 2 އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ އިތުރު ޕާޓީއެއް ނުއުފެދޭނެ ކަމަށް ވިދާޅުވެފައެވެ.

މިހާ ހިސާބުން އެމްޑީޕީގެ އެތެރޭގައި މިވަގުތު ޚިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް އެ ޕާޓީ ރޫޅިގެން ނުދާނެކަމުގެ އިޝާރާތެއް ވަނީ ލިބިފައެވެ.

އަލީ ނިޔާޒްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް