Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަރެސްމާތޮޑާ އެއަރޕޯޓު

ޖުލައި މަސް ނިމެންވާއިރަށް ފަރެސްމާތޮޑާ އެއަރޕޯޓުގެ ބޮޑުބައެއް ނިންމަނީ

12 މެއި 2022 | ބުރާސްފަތި 07:02

ފަރެސްމާތޮޑާ އެއަރޕޯރޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10 ނޮވެމްބަރ 2020ގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 މެއި 2022 | ބުރާސްފަތި 07:02
ފަރެސްމާތޮޑާ އެއަރޕޯޓުގެ ޓާމިނަލް ބިލްޑިންގ

ފަރެސްމާތޮޑާ އެއަރޕޯޓުގެ ޓާމިނަލް ބިލްޑިންގ

ޖުލައި މަސް ނިމެންވާއިރަށް ފަރެސްމާތޮޑާ އެއަރޕޯޓުގެ ބޮޑުބައެއް ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަމާޒު ހިފައިފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯރޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10 ނޮވެމްބަރ 2020ގައެވެ. މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ގާއިމުކުރުމާއި، ފަޔަރ ބިލްޑިންގެއް އިމާރާތްކުރުމުގެ އިތުުރުން ޓާރމިނަލް ބިލްޑިންގެއް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

މި މަސައްކަތް ކުރިއަށްދިޔަ ހިސާބު ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އެ އެއަރޕޯޓަށް ވަޑައިގެންފައެވެ. މި މަސައްކަތް ބައްލަވާލައްވައި ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ޖޫން މަހުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. ފަޔަރ ބިލްޑިންއާއި ޓަރމިނަލް ބިލްޑިންގެ މަސައްކަތް ކުރިއަށް އެބައޮތް ކަމަށާއި، އެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ފަރެސްމާތޮޑާއާ އެއަރޕޯޓާ ދެމެދު އަޅާ ކޯޒްވޭގެ މަސައްކަތަށް އިޝާރަތްކުރައްވައި އާޒިމް ވިދާޅުވީ އެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށެވެ. އެއީ ފުދޭވަރަކަށް ބޮޑު މަސައްކަތެއް ކަމަށާއި، އެ މަސައްކަތުގެ ބޭނުންވާ ޑިޒައިން މަރުހަލާ މިހާރު ފަށާފައިވާކަމަށެވެ.

އާޒިމް ވިދާޅުވީ ކޯޒްވޭގެ މަސައްކަތަކީ ފަހުން ހަވާލުކުރި މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ޑިޒައިންކުރުމާއި އީއައިއޭގެ މަސައްކަތާއި، މެޓީރިއަލް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ހައެއްކަ މަސް ތެރޭގައި މި މަސައްކަތްވެސް ނިންމޭނެ ކަމަށް ގަބޫލުކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް ދުނިޔޭގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ބޭނުންވާ ސާމާނު ގެނައުމަށް ދަތިވާކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް ބާރު ސްޕީޑުގައި މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްއެމްޓީސީސީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް