Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއީދު ބައިބަލާ ޗެލެންޖު 1443

ބައިބަލާ މުބާރާތް: ކުއާޓާގައި ވާދަކުރާ ޓީމުތައް ޔަގީންވެއްޖެ

12 މެއި 2022 | ބުރާސްފަތި 01:23

މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ފަށާނީ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 12 މެއި 2022 | ބުރާސްފަތި 01:23
މުބާރާތުގައި މަސްއޮޑި ވޯވޯ އާއި ކްލަބް 010 ބައްދަލުކުރި މެޗުގެ ތެރެއިން

މުބާރާތުގައި މަސްއޮޑި ވޯވޯ އާއި ކްލަބް 010 ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އީދު ބައިބަލާ ޗެލެންޖު 1443ގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ޔަގީންވެއްޖެއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި ވަނީ އެލްޓީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް، ބީޖީ ޖޫނިއަރ، ކްލަބް ޓިންއޭޖް، ޔުނައިޓެޑް އީސްޓް ކޯސްޓް، ކްލަބް 010 އަދި ބީޖީ ސްޕޯޓްސް ކްލަބެވެ.

ބުދަ ދުވަހުގެރޭ ކުޅުނު ގަދަ 16 ގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެލްޓީ ސްޕޯޓްސް ކްލަބާއި ބީޖީ ނިއު ޖެނެރޭޝަންއެވެ. މި މެޗު ސީދާ ދެގޭމުން ކާމިޔާބުކުރީ އެލްޓީ ސްޕޯޓްސް ކްލަބެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެލްޓީގެ އިސްމާއިލް ޝައްފާންއެވެ.

ދެވަނަ މެޗުގައި ހުޅުމާލެ ސްޕޯޓްސް ކްލަބާއި ވާދަކޮށް ޓީސީ ސްޕޯޓްސް ކްލަބުން މެޗު ކާމިޔާބުކުރީ ގަދަ ހިފުމަށް ގޮސްގެންނެވެ. ޓީސީ މޮޅުވީ ގަދަ ހިފުމުގެ ގަދަ ހިފުމުގައި 2-1 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޓީސީގެ ހަސަން ތައުހީދެވެ.

ތިންވަނަ މެޗުގައި ބުރު ސްޕޯޓްސް ކްލަބާއި ވާދަކޮށް ކްލަބް ޓީންއޭޖު ކުރި ހޯދީ ސީދާ ދެގޭމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީންއޭޖުގެ އިބްރާހިމް މުބީނެވެ. ހަތަރުވަނަ މެޗުގައި ބްރަދާސް އޮފް އޮފް ބޮސްނިއާ ސީދާ ދެގޭމުން ބަލިކޮށްގެން ކުއާޓާގެ ޖާގަ ހޯދީ ބީޖީ ސްޕޯޓްސް ކްލަބްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބީޖީގެ އަލީ ޝާފިއުއެވެ.

ފަސްވަނަ މެޗު ގަދަ ހިފުމަކަށް ގޮސްގެން ކާމިޔާބުކުރީ ކްލަބް އީގަލްސްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އީގަލްސްގެ މުހައްމަދު ރިލްވާންއެެވެ. ހަވަނަ މެޗުގައި ބީޖީ ސްޕޯޓްސް ކަލަބް ޖޭއާރް ވަނީ ސީދާ ދެގޭމުން މީޓް ދަ އީގަލްސް ބަލިކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީޖީގެ އަލީ ހުޝާމްއެވެ.

ހަތްވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް އީސްޓް ކޯސްޓާއި ޓީންއޭޖް ޖޫނިއާއެވެ. މި މެޗު ސީދާ ދެގޭމުން ކާމިޔާބުކުރީ ޔުނައިޓެޑް އީސްޓް ކޯސްޓްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޔުނައިޓެޑް އީސްޓް ކޯސްޓްގެ ރިޝްވާން އަހުމަދެވެ. ފަހު މެޗުގައި މަސްއޮޑި ވޯވޯ ބަލިކޮށް ކުއާޓާގެ ފަހު ޖާގަ ކަށަވަރުކުރީ ކްލަބް 010 އެވެ. އެޓީމު މެޗު ކާމިޔާބުކުރީ ސީދާ ދެގޭމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާދަމް އަހްސަލްއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ފަށާނީ ބުރާސްފަތި ދުވަހުގެރޭ 20:30 ގައެވެ. މެޗުތައް އޮންނާނީ ހެންވޭރު ދޮންވެލި ބީޗުގައެވެ.

ބައިބަލާ މުބާރާތް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 މެއި 2022

ބައިބަލާ މުބާރާތް: އީގަލްސް، ޓީނޭޖް، ޓީސީ އަދި 010 ސެމީއަށް

13 މެއި 2022
ބައިބަލާ މުބާރާތް: އީގަލްސް، ޓީނޭޖް، ޓީސީ އަދި 010 ސެމީއަށް
11 މެއި 2022

ބައިބަލާ މުބާރާތް: ގަދަ 16ގެ މެޗުތައް މިރޭ ފަށާނެ

11 މެއި 2022
ބައިބަލާ މުބާރާތް: ގަދަ 16ގެ މެޗުތައް މިރޭ ފަށާނެ
10 މެއި 2022

ދެއަހަރުގެ މެދުކެނޑުމަކަށްފަހު ބައިބަލާ މުބާރާތް ފަށައިފި

10 މެއި 2022
ދެއަހަރުގެ މެދުކެނޑުމަކަށްފަހު ބައިބަލާ މުބާރާތް ފަށައިފި
07 މެއި 2022

މުޖުތަމައުގައި ހިނގާ ކުށްތަކާއި ބައިބަލާ ގުޅުވުން ކުށްވެރިކުރަން: ބައިބަލާ އެސޯސިއޭޝަން

07 މެއި 2022
މުޖުތަމައުގައި ހިނގާ ކުށްތަކާއި ބައިބަލާ ގުޅުވުން ކުށްވެރިކުރަން: ބައިބަލާ އެސޯސިއޭޝަން
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް