Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބައިބަލާ މުބާރާތް

މުޖުތަމައުގައި ހިނގާ ކުށްތަކާއި ބައިބަލާ ގުޅުވުން ކުށްވެރިކުރަން: ބައިބަލާ އެސޯސިއޭޝަން

ފުލުހުން އެދުނު ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 7 މެއި 2022 | ހޮނިހިރު 14:16
ބައިބަލާ ކުޅެނީ

ބައިބަލާ ކުޅެނީ

މުޖުތަމައުގައި ހިނގާ ކުށްތަކާއި ބައިބަލާ މަބާރާތާ ގުޅުވުމުން ބައިބަލާ އެސޯސިއޭޝަނުން އެކަން ކުށްވެރިކުރިކޮށްފިއެވެ.

މިއަހަރުގެ ބައިބަލާ މުބާރާތް ލަސްކުރުމާއި ގުޅޭގޮތުން ބައިބަލާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ބައިބަލާ އެސޯސިއޭޝަންއަކީ ރާއްޖޭގައި އޮތް ހަމަ އެކަނި ސަޤާފީ ކުޅިވަރަކާއި ގުޅުންހުރި އެސޯސިއޭޝަންއަށް ވާއިރު، މި ކުޅިވަރާއި މުޖުތަމައުގައި ހިނގާ ކުށްތަކާއި ގުޅުވާ ގުޅުވުން، އެޖަމިއްޔާއިން ކުށްވެރިކުރާ ކަމަށެވެ. ބައިބަލާއަކީ ޒަމާނުއްސުރެ ޒުވާނުންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ކުޅިވަރެކެވެ. މިފަދަ ކުޅިވަރުތަކަކީ މީހުން ބިނާކުރުމާއި، މުޖުތަމައުއަށް ފައިދާހުރި ހަށިހެޔޮ ޒުވާނުންނެރެދޭނެ ހަރަކާތްތަކެއްކަން ފާހަގަކޮށް، މިއީ ގިނަ ޒުވާނުންގެ މަސްލަހަތާއި ގުޅުންހުރި ކުޅިވަރެއްކަން ގަބޫލުކުރާކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުންޏެވެ.

ކޮވިޑް-19 ގެ ބަލި މަޑުކަމާއެކު ބައިބަލާ މުބާރާތް މެދުކެނޑުނުއިރު އަލުން މިއަހަރު، 1443 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގެ ނަމުގައި މިމުބާރާތް ބޭއްވުމަށް ސަރުކާރުން ވަނީ ހުއްދަދީފައެވެ. މުބާރާތް އިއުލާންކޮށް ގުރުއަތު ނަގާފައިވާއިރު، 34 ޓީމުން 1000 އަށްވުރެ ގިނަ ޒުވާނުންމިވަނީ ބައިވެރިވެފައެވެ. އަދި ޓީމުތަކުން ބައިބަލާ ރިންގުއަޅައި، ޕްރެކްޓިސްތައްފަށާ، ޖާޒީތަށް ޕްރިންޓްކޮށް ގިނަ ހަރަދުތަކެއް މިހާތަނަށް ކުލަބްތަކުން ކޮށްފައިވާކަން އެސޯސިއޭޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިހެން މިކަން އޮތްއިރު މުބާރާތް ފެށެން އެއްދުވަހަށް ވެފައިވަނިކޮށް މާލެ ސަރަހައްދުގައި ހިނގި މާރާމާރިތަކާއެކު މުބާރާތް ލަސްކޮށްފައިވަނީ ފުލުހުންގެ އެދުމުގެ މަތިންނެވެ. އެސޯސިއޭޝަންއިން އެންމެ ބޮޑަށް އިސްކަންދެނީ ޑިސިޕްލިން ގޭމްއަކަށް ވުމާއެކު، މާލެ ތެރޭ ހިނގައިދިޔަ މާރާމާރީތަކާއި ގުޅިގެން ފުލުހުންގެ އެދުމުގެ މަތިން މުބާރާތް ފަސްކުރެވިފައިވުމާއި ގުޅިގެން މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ބައިބަލާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާކަމަށް ބައިބަލާ އެސޯސިއޭޝަންއިން ބުނެފައިވެއެވެ. އެގޮތުން މުބާރާތުގެ ތެރެއިންކުޅިވަރުގެ ރޫހާއި، އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް އަމަލުކުރާ ޓީމުތަކާއި މެދު ހަރުކަށި ފިޔަވަޅުމަށް އެ އެސޯސިއޭޝަނުންވަނީ ނިންމާފައެވެ.

މިމުބާރާތުގެ އިންތިޒާމްތައް މިހާތަނަށް ރޭވިފައިވަނީ ފުލުހުންނާއި ގުޅިގެން، ފުލުހުންގެ އިރުޝާދުގެ މަތިންނެވެ. އެގޮތުން ފުލުހުން އެދުނު ގޮތައް ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނާއި، އެތަނުގައި ކެމެރާ ހަރުކުރުމާއި، ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އެހެންކަމުން 1443 ވަނަ އަހަރުގެ ބައިބަލާ މުބާރާތް ކުރިން ރޭވިފައިވާގޮތަށް ކުރިއަށް ގެންދިޔުމަށް އެސޯސިއޭޝަނުން ނިންމައި، އެކަންކަން އިންތިޒާމްކުރަން ފަށާފައިވާކަން ބައިބަލާ އެސޯސިއޭޝަނުން ހާމަކުރިއެވެ. ރާއްޖޭގެ ސަލާމަތްތެރިކަމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ބަލައި ކަށަވަރުކުރަން ޖެހޭކަމަށްވީހިނދު، އެއެސޯސިއޭޝަނުން ކުރިއަށްދާނީ ފުލުހުންގެ އިރުޝާދާއެކު އެންމެ މަސްލަހަތު ހުރި ގޮތެއްގައި ކަމަށްވެސް އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ.

ބައިބަލާ މުބާރާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިބަލާ މުބާރާތް: އީގަލްސް، ޓީނޭޖް، ޓީސީ އަދި 010 ސެމީއަށް

ބައިބަލާ މުބާރާތް: އީގަލްސް، ޓީނޭޖް، ޓީސީ އަދި 010 ސެމީއަށް

13 މެއި 2022
ބައިބަލާ މުބާރާތް: ކުއާޓާގައި ވާދަކުރާ ޓީމުތައް ޔަގީންވެއްޖެ

ބައިބަލާ މުބާރާތް: ކުއާޓާގައި ވާދަކުރާ ޓީމުތައް ޔަގީންވެއްޖެ

12 މެއި 2022
ބައިބަލާ މުބާރާތް: ގަދަ 16ގެ މެޗުތައް މިރޭ ފަށާނެ

ބައިބަލާ މުބާރާތް: ގަދަ 16ގެ މެޗުތައް މިރޭ ފަށާނެ

11 މެއި 2022
ދެއަހަރުގެ މެދުކެނޑުމަކަށްފަހު ބައިބަލާ މުބާރާތް ފަށައިފި

ދެއަހަރުގެ މެދުކެނޑުމަކަށްފަހު ބައިބަލާ މުބާރާތް ފަށައިފި

10 މެއި 2022
މިފަހަރުގެ ބައިބަލާ މުބާރާތް- މޮޅުވާ ޓީމަކަށް 1 ލައްކަ ރުފިޔާގެ އިނާމް

މިފަހަރުގެ ބައިބަލާ މުބާރާތް- މޮޅުވާ ޓީމަކަށް 1 ލައްކަ ރުފިޔާގެ އިނާމް

20 މެއި 2019

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު