Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮސްޓްރޭލިއާ އެވޯޑްސް

އޮސްޓްރޭލިއާ އެވޯޑްސްއިން ތަމްރީނު ލިބެމުންދާ ދާއިރާތަކުން ޤައުމު ތަރައްޤީވުމުގެ އުއްމީދު އާވޭ - ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

އޮސްޓްރޭލިއާގެ ކޮލިފިކޭޝަންތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ކޮލިފިކޭޝަންތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 މެއި 2022 | އަންގާރަ 07:02
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

އޮސްޓްރޭލިއާ އެވޯޑްސްއިން ތަމްރީނުލިބެމުންދާ ދާއިރާތަކުން ގައުމު ތަރައްގީވުމުގެ އުއްމީދު އާވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް ފެއާވެލް ރިސެޕްޝަން ޝަރަފުވެރިކޮށްދެއްވައި ސްކޮލަރޝިޕަށް ހޮވުނު ފަރާތްތަކަށް މަރުހަބާވިދާޅުވެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބަލިމަޑުކަމެއްގެ ތެރެއިން ރާއްޖެ އަރައިގަންނަމުންދާއިރު ބޭރުގެ ގައުމަކަށް ތައުލީމު ހާސިލު ކުރަން ދިއުމަށްފަހު އެނބުރި އަންނައިރު އުއްމީދުތަކެއް ކުރައްވާ ކަމަށެވެ. ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގައި ހިއްސާވުމަށްޓަކައި އެނބުރި އައިސް އެކި ދާއިރާތަކުގައި ބައިވެރިވެ، ދާއިރާތަކުން އިތުރު ޢިލްމީ، ހުނަރުވެރި ފަރާތްތައް ފެނިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފެންނަނީ އުންމީދީ މަންޒަރުތަކެއް ކަމަށާއި، މާދަމާގެ ލޯ އެންފޯސްމަންޓް އޮފިސަރުންނާއި، އިންޖިނިއަރުންނާއި، އައި.ޓީ އެކްސްޕާޓުންނާއި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި، މެޑިކަލް ޕްރޮފެޝަނަލުންނާއި، ސޯޝަލް ވޯކަރުންނާއި، ލޯޔަރުންނާއި، އަދި މިނޫންވެސް މުސްތަގުބަލުގައި ހެޔޮ ބަދަލަށް މަސައްކަތް ކުރާނެ  ފަރާތްތައް ފެނިވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޮސްޓްރޭލިއާގެ ކޮލިފިކޭޝަންތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ކޮލިފިކޭޝަންތަކެއް ކަމަށެވެ. އޮސްޓްރޭލިޔާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ސަގާފަތްތައް އެކުލެވޭ ގައުމު ކަމަށާއި، އެގައުމަށް ހިޖުރަކުރާ މީހުންނަކީ އޮސްޓްރޭލިޔާގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އޮސްޓްރޭލިއާއިން ސަގާފީ އަދި ތައުލީމީ ތަޖުރިބާގެ މުއްސަނދިކަން ތަޖުރިބާކޮށްލަން ތައްޔާރުވެ، އެ ތަޖުރިބާއަށް ޔުނިވަރސިޓީގައި ދުވަސްތައް އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދަވަންވީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަތީ ތަޢުލީމުގެ ދާއިރާ ފުޅާކޮށް ޑައިވަރސިފައި ކުރުމަކީ، ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޓެކްނިކަލް ދާއިރާތަކުން ހުނަރުވެރިން ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑު ކަމަށާއި މި ފަރަގުން އަރައިގަތުމަށް  ބޭނުންވާ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ސާނަވީ ތަޢުލީމު ފުރިހަމަކުރާ ޒުވާނުންގެ އަދަދު ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށާއި މިއާ އެކު މަތީ ތައުލީމާއި ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންގެ އަދަދު ވެސް ވަނީ މައްޗަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ހާލަތަކީ، އަދުގެ މަސައްކަތްތެރިންނަށް ރަނގަޅު ފެންވަރުގެ މަތީ ތައުލީމުގެ ޕްރޮގްރާމްތައް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ހާލަތެއް ކަމަށް ވިދާޅުވިއެވެ.  

މަތީ ތައުލީމު ޙާޞިލުކުރާ ފަރާތްތަކަށް، އެންމެބޮޑު ބުރައެއް އުފުލަންޖެހިފައިވަނީ މާލީ ދަތިތަކާއި، ގައުމުގައި މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތައް މަދުވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަރޯސާވެފައި ތިބީ ސްކޮލަރޝިޕްތަކުގެ މައްޗަށް ކަމަށާއި އެއީ ރައްޔިތުންނަށް އިތުރު ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދޭ ސްކޮލަރޝިޕްތަކެއް ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިފަދަ ފުރުޞަތުތަކުގެ ސަބަބުން،ގިނަ ސަގާފަތްތަކެއް އެކުލެވޭ މާޙައުލެއްގައި ފިލާވަޅު ލިބިގަނެ، އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއީ މިހާރަށްވުރެ ޢަދުލުވެރި މުޖުތަމަޢަކަށް ވުމަށްޓަކައި، އެކްސްޕްލޯކޮށް، ދަމަހައްޓަންޖެހޭ ވަރަށް މުހިންމު ލިންކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

1974 ވަނަ އަހަރު އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު ދެޤައުމުގެ ގުޅުން ގާއިމުކުރެވުނު ފަހުން، އޮސްޓްރޭލިޔާއިން ވަނީ ރާއްޖޭގެ އިންސާނީ ތަރައްޤީއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައި ކަމަށާއި މިކަން މައިގަނޑު ގޮތެއްގައި ހާޞިލުކުރެވިފައިވަނީ އޮސްޓްރޭލިއާ އެވޯޑްސް އާއި އެހެނިހެން ސްކިލް ބިލްޑިންގ ސްކޮލަރޝިޕްތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކިޔަވައިގެން  އެނބުރި އަންނަ ދަރިވަރުންގެ ސަބަބުން ވަރަށް ގިނަ އިންޑަސްޓްރީތަކުގައި، ހާއްސަކޮށް ފައިނޭންސް އަދި މެނޭޖްމަންޓް ފަދަ ދާއިރާތަކުގައި މީގެ ކުރިން މިންތީގެ އިމްބެލެންސް ފާހަގަކުރެވުނު ދާއިރާތަކަށް ވަރަށް ބޮޑު އަދި ހެޔޮ އަސަރުތަކެއް ކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ބުރުގައިވެސް، ސްކޮލަރޝިޕް ލިބޭ 20 ފަރާތުގެ ތެރެއިން 12 ފަރާތަކީ އަންހެން ބޭފުޅުން ކަމަށެވެ. މި ސްކޮލަރޝިޕްތަކުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ވެސް އެހީތެރިކަން ލިބި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ގިނަ ދާއިރާތަކަކުން ތަމްރީނާއި އެހީތެރިކަން ބޭނުންވާއިރު، މި ސްކޮލަރޝިޕްތަކުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިގެން ގޮސްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން، އޮސްޓްރޭލިއާ އެވޯޑްސް މެދުވެރިކޮށް، އިންސާނީ ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރުމުގައި، ދިވެހި ސަރުކާރުގެ ފަރާތުން އޮސްޓްރޭލިއާ ސަރުކާރާއި ރައްޔިތުން ކޮށްދެއްވި މަސައްކަތްޕުޅުތަކަށްޓަކައި، އޮސްޓްރޭލިއާ ސަރުކާރަށާއި ރައްޔިތުންނަށް މިނިސްޓަރު ޝުކުރު ދެންނެވިއެވެ.

އޮސްޓްރޭލިއާ އެވޯޑްސްހަޔަރ އެޑިއުކޭޝަން މިނިސްޓްރީމިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
22 ޑިސެމްބަރު 2023

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

22 ޑިސެމްބަރު 2023
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު