Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާގެ ރައީސް ޕުޓިން

ހަނގުރާމަ ފަށަންޖެހުނީ ހުޅަނގާއި ނޭޓޯގެ ގައުމުތަކުގެ ސަބަބުން: ޕުޓިން

ދެފަރާތަށްވެސް ފައިދާވާނެ ގޮތަށް އެކަންތައް ކުރިއަށްގެންދަން ހުޅަނގުން އެއްބާރުލުން ދީފައިނުވާކަމަށް ޕުޓިން ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 9 މެއި 2022 | ހޯމަ 15:08
ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިން އަދި ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގު

ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިން އަދި ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގު

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފަށަންޖެހުނީ ހުޅަނގާއި ނޭޓޯގެ ގައުމުތަކުގެ ސަބަބުން ކަމަށް ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ރައީސް މިގޮތަށް ވިދާޅުވެފައިވަނީ އެގައުމުގެ ވިކްޓްރީ ޑޭގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ހިނގާލުމުގައި ރެޑް ސްކޮޔަރގައި ވާހަކަ ދައްކަވަމުންނެވެ.

ޕުޓިން ވަނީ ރަޝިއާއިން އަބަދުވެސް ގޮވާލަމުން ދިޔައީ ހުރިހާ ގައުމުތަކަކަށްވެސް ހަމަހަމަކަމާއެކު ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމަށްކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރަޝިއާއިން ވަނީ ގައުމުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ހުޅަނގުގެ ގައުމުތަކާއެކު ތެދުވެރި މަޝްވަރާތަކެއް ކުރިއަށްގެންގޮސް އެއްބަސްވުމަކަށް އައުމަށް ހުށަހަޅާފައި ކަމަށާއި، ނަމަވެސް ދެފަރާތަށްވެސް ފައިދާވާނެގޮތަށް އެކަންތައް ކުރިއަށްގެންދަން ހުޅަނގުން އެއްބާރުލުން ދީފައި ނުވާކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވަނީ ނޭޓޯގެ ގައުމުތަކުން ރަޝިއާއަށް ދިނީ ބީރު ކަންފަތެއްކަމަށް ވިދާޅުވެފައެވެ. އަދި ރަޝިއާއިން މަޝްވަރާއަށް ގޮވާލަމުންދިޔައިރު ނޭޓޯއިން ދިޔައީ ރަޝިއާއާ ނުލައި އެހެން މަޝްވަރާތަކެއް ކުރަމުން ކަމަށާއި، އެތަން ރަޝިއާއަށް ފެނުނުކަމަށް ޕުޓިން ވިދާޅުވިއެވެ. ނޭޓޯއިން ދިޔައީ ޑޮންބަސްގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަން ތައްޔާރުވަމުން ކަމަށާއި، ރަޝިއާގެ ތާރީޚީ ބިންތަކާއި ކްރްމިއާއަށް ވެސް އެރުމަށް ތައްޔާރުވަމުން ކަމަށް ޕުޓިން ވިދާޅުވިއެވެ.

މީގެ އިތުރުރުން ނޭޓޯގެ ގައުމުތަކުން ދިޔައީ ރަޝިއާގެ ބޯޑަރު ކައިރިއަށް އައިސް އެގައުމުގެ ބޯޑަރު ކައިރީ ސަރަހައްދުތަކަށް ބާރުފޯރުވަމުން ކަމަށާއި، ޔޫކްރެއިންގެ ކިއެވްގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމުގެ ވާހަކަތައްވެސް ދައްކަން ފެށިކަމަށް ރަޝިއާގެ ރައީސް ވިދާޅުވިއެވެ. މިއާއެކު ވަރަށް ސިސްޓަމެޓިކްކޮށް އެމީހުން ރަޝިއާއަށް އިންޒާރުދީފައިވާކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވަނީ އެމެރިކާއާއި އެގައުމަށް ވާގިވެރިވާ ގައުމުތަކާއި އަދި ޔޫކްރެއިންގެ ނިއޯ-ނާޒީންނާ ކުރިމަތިލުން ނޫންގޮތެއް އެހިސާބުން ރަޝިއާއަށް ނެތުނުކަން ފާހަގަކުރައްވާފައެވެ.

ރަޝިއާއިން ޔޫކްރެއިންގައި ފެށި އަސްކަރީ އޮޕަރޭޝަނާ ގުޅުވައި ޕުޓިން ވަނީ، ނޭޓޯއިން ހަތިޔާރު ފޯރުކޮށްދީ ޔޫކްރެއިނުން ވަމުންދިޔަ ތައްޔާރީތައް ފެނުނު ކަމަށާއި، ރަޝިއާއިން އެއޮޕަރޭޝަން ފަށާފައި ވަނީ އެކަމަށް އެންމެ ރަނގަޅު ވަގުތުގައިކަން ފާހަގަކުރައްވައި ޕުޓިން ވަނީ، އޭރު ރަޝިއާއިން އޮތީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރަޝިއާގެ އިސްތިގުލާލާއި މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކަމެއް ކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވަނީ މިހާރު އިރުމަތީ ޔޫކްރެއިންގައި ޑޮންބަސް ސަރަހައްދުގައި ވޮލެންޓިއަރކޮށް ހަނގުރާމާގައި ބައިވެރިވަމުންދާ މީހުންނަކީ އެމީހުންގެ އަމިއްލަ ފަސްގަނޑުގެ ދިފާއުގައި އެކަން ކުރަމުންދާ މީހުންކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގެ ހަދާން އެއްވެސް މީހަކު ހަނދާން ނުނެތޭ ކަމަށާއި، ނާޒީންގެ ވިސްނުން ގެންގުޅޭ މީހުންނަށް ދުނިޔޭގައި އެއްވެސް ފުރުސަތެއް ނެތްކަމަށް ޕުޓިން ވަނީ ވިދާޅުވެފައެވެ.

ޕުޓިންގެ ވާހަކަފުޅުގައި އޭނާ ވަނީ، ހަނގުރާމައިގައި މަރުވާ ކޮންމެ ސިފައިންގެ އޮފިސަރަކީ ބަދަލުނުލިބޭނެ ބޮޑު ހިތާމައެއް އަދި ގެއްލުމެއް ކަމަށާއި، އެހެން ނަމަވެސް އެމީހުންގެ އާއިލާތަކާއި ގާތް ތިމާގެ މީހުންނަށް ސަރުކާރުން އަޅާލާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމީހުންގެ ދަރިންނަށްވެސް ޚާއްސަ ސަމާލުކަމެއް ދޭނެކަމަށާއި, މިކަމާގުޅޭގޮތުން ރައީސްގެ ގަރާރެއްގައި ސޮއިކުރައްވާފައި ވާނެކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

ވިކްޓްރީ ޑޭގެ މުނާސަބަތުގައި ޕުޓިންގެ ވާހަކަފުޅުގައި ގިނަ ކަންތައްތަކެއް ފާހަގަކުރެއްވި ނަމަވެސް, ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ފެށުނުތާ 75 ދުވަސް ވީއިރުވެސް ރަޝިއާގެ އަސްކަރިއްޔާއަށް ކާމިޔާބީއެއް ހޯދިފައި ނުވާކަމަށާއި، މިހަނގުރާމައާ ގުޅުވައި ޕުޓިންގެ ވާހަކައިގައި ނުދައްކަވާ ކަންތައްތަކަކީ އެންމެ ފާހަގަކޮށްލެވޭ ކަންތައްތައް ކަމަށް ހުޅަނގުގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ވްލަޑިމިއަރ ޕުޓިންރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަނޭޓޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު