Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރެޒިލްގެ އައު ސަފީރު ރައީސްއާ ބައްދަލުކުރެއްވުން

ބްރެޒިލްގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވައިފި

ރައީސް ވަނީ ރާއްޖެ އަންނަ ބްރެޒިލްގެ ފަތުރުވެރިން އިތުރުކުރުމާއި ގުޅޭގޮތުން ސަފީރާ މަޝްވަރާކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 މެއި 2022 | ހޯމަ 08:50
ބްރެޒިލްގެ އައު ސަފީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާ ބައްދަލުކުރެއްވުން

ބްރެޒިލްގެ އައު ސަފީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާ ބައްދަލުކުރެއްވުން

ބްރެޒިލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ސަރޖިއޫ ލުއިޒް ކަނާއިސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އަރުއްވައިފިއެވެ.

ހޯމަ ދުވަހު މެންދުރު ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބްރެޒިލްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ބްރެޒިލާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ، ރާއްޖެއާ ބްރެޒިލްގެ ގުޅުމަށް 34 އަހަރު، މިއަހަރު ފުރޭނެކަން ފާހަގަކުރައްވާފައެވެ.

ދެބޭފުޅުންގެ ވާހަކަފުޅުގައި، ކޮވިޑް-19 އާއި، ވިޔަފާރިއާއި އިޤްތިޞާދާއި، ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. ސަރުކާރުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ނޫ އިޤްތިޞާދުގެ ދާއިރާއިން ދެ ޤައުމުން ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ކުރަމުންދާ އަސަރުތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ، އަސަރުތަކާއި އަދި، ތަރައްޤީއަށް އަންނަމުންދާ ލޮޅުންތައް ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ މޫސުމީ ބަދަލުތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުކަމުގައި ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބްރެޒިލްގެ ސަރުކާރުން ރާއްޖެއަށް ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރާއްޖެ އަންނަ ބްރެޒިލްގެ ފަތުރުވެރިން އިތުރުކުރުމާއި ގުޅޭގޮތުން ސަފީރާ މަޝްވަރާކުރައްވާފައެވެ.

ބްރެޒިލްގެ ސަފީރު ވަނީ ބައިނަލްއަޤްވާނީ މައިދާނުގައި ރާއްޖޭގެ ފަރާތުން ބްރެޒިލްއަށް ލިބޭ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ސަފީރު ވަނީ ބްރެޒިލްގެ ހިއުމަނިޓޭރިއަން ކޯޕަރޭޝަންގެ ދަށުން އެ ޤައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ފަރާތުން މި މަހުގެ ފަހުކޮޅު ރާއްޖެއަށް އެކި ބަލިތަކާ ގުޅޭ 80,000 ޑޯޒް ވެކްސިން ހަދިޔާކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި، މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ބްރެޒިލްގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާއި ބްރެޒިލްގެ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

ރައީސް ސާލިހު ބްރެޒިލް

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
23 އޮކްޓޯބަރު 2025

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި
12 ސެޕްޓެމްބަރު 2025

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި
05 އޯގަސްޓު 2025

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު