Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލެކްޗަރާއިންގެ އައު ޕޭ ފްރޭމްވޯކް

ލެކްޗަރާ އިން އައު ޕޭ ފްރޭމްވަރކްއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން - ފިނޭންސް މިނިސްޓްރީ

ފުރަތަމަ ޓީޗަރުންގެ މުސާރަ ބޮޑުކުރެވުނަސް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަތަކުގެ މަސައްކަތްވެސް ކުރިޔަށްދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 މެއި 2022 | އާދީއްތަ 17:01
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ލެކްޗަރާ އިން އާ ޕޭ ފްރޭމް ވޯކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުގެންދާކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް ނިމުމަކާ ހަމައަށް އަންނާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނެފައިވަނި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ގުޅިގެން ލެކްޗަރާ އިންގެ މުސާރަބޮޑު ނުވާތީ އެކަމާގުޅޭގޮތުން ފާޅުކުރައްވަމުންގެންދަވާ ކަނބޮޑުވުންތަކާ ގުޅޭގޮތުންނެވެ. ލެކްޗަރާއިން ވަނީ މިކަމާއި ގުޅިގެން މުޒާހަރާއެއް ވެސް ބާއްވާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއެކު ލެކްޗަރާ އިންގެ މުސާރަބޮޑުނުވާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންގެންދިއުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުން ފުޅަކީ ސަރުކާރުގެ މުވައްޞަސާތަކުގެ އިތުރުން މުޅި ދަޢުލަތުގެ ޕޭ ހާމަނައިޒްކުރުން ކަމަށެވެ. އެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށްދާ ކަމަށާއި، އެ މަސައްކަތުގެ ދަށުން ފުރަތަމަ ޓީޗަރުންގެ މުސާރަ ބޮޑުކުރެވުނަސް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަތަކުގެ މަސައްކަތްވެސް ކުރިޔަށްދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެއް ހަމަ ޕޭ ފްރޭމްވަރކެއް ހެދުމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިއްމު އެއް މަސައްކަތެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކަށް އަމަލުކުރަން ފެށުމާ ގުޅިގެން މިހާތަނަށް މުސާރައާއި އިނާޔަތް ދެމުންދިޔަ ގޮތަށް ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. ފުރަތަމަ ކަމަކަށް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، ކުރީގައި އެއް މަޤާމެއްގައި އެއް މަސައްކަތެއްކުރާ ފަރާތްތަކަށް ލިބޭ އަސާސީ މުސާރައިގެ ފަރަގު ނައްތައިލެވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން މިމަސައްކަތަކީ ދިރާސާތައް ކުރެވިގެން އަދި ބަޖެޓުކުރެވިގެން ވަކި ޕްރޮސެސްއެއްގެ ތެރެއިން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށާ އެހެންކަމުން ޓީޗަރުންގެ މުސާރަބޮޑުކުރުމާ ހަމައިން މި މަސައްކަތް ނުނިމޭނެ ކަމަށެވެ.

އެގޮތުން ކަނޑައެޅިފައިވާ ޕްރޮސެސްގެ ތެރެއިން މި މަސައްކަތް ކުރިޔަށް ގެންގޮސް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޕޭ ހާމަނައިޒް ކުރެވިގެންދާނެއެވެ. ލެކްޗަރާ އިން އާ ޕޭ ފްރޭމް ވޯކަށް ބަދަލުކުރުމުގެ މަސައްކަތާ ގުޅޭގޮތުން ދާދިފަހުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރުވެސް ވަނީ ލެކްޗަރާ އިން އާ ޕޭ ފްރޭމް ވޯކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުގެންދާކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް ނިމުމަކާ ހަމައަށް އަންނާނެކަމުގައި މީޑިޔާގައި މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. ހަމަ އެހެންމެ ޓީޗަރުންގެ މުސާރަ ބޮޑުކުރައްވައި އެކަން އިޢުލާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވެސް ވަނީ ތަޢުލީމީ ދާއިރާގެ އިތުރުން ޞިއްޙީ ދާއިރާއާއި އެ ނޫން ދާއިރާތަކަށް ވެސް މި ބަދަލު އަންނާނެކަން ހާމަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ދިރާސާ ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާފައިވެއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ފިނޭންސް މިނިސްޓްރީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު