Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބާޕޭގެ ކޮންޓްރެކްޓް ހަމަވުން

ބަދަލުތަކެއް ނެތްނަމަ އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެ: ރޯތަން

މިވަގުތު އެމްބާޕޭއަށް މުހިންމީ ގިނަ ފައިސާތަކެއް ނޫން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 8 މެއި 2022 | އާދީއްތަ 10:46
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ޕީއެސްޖީން އެޓީމުގެ ޒުވާން ތަރި ކީލިއަން އެމްބާޕޭއަށް, ބަދަލުތަކަކާއެކު ތަފާތު ސްޕޯޓިންގ ޕްރޮޖެކްޓެއް ނުދީފިނަމަ އޭނާ ކްލަބު ދޫކޮށްލާނެކަމަށް ފްރާންސަށް ކުރިން ކުޅުނު ޖެރޮމް ރޯތަން ބުނެފިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރެއާލް މެޑްރިޑުން ވަނީ އެތައް ފަހަރެއްގެ މަތިން އެމްބާޕޭ ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޕީއެސްޖީން އޭނާ ދޫނުކުރީއެވެ. އޭގެ ފަހުން ރެއާލްއިން މަސައްކަތްކުރަމުން އަންނަނީ ކުރިއަށް އޮތް ސަމަރ ޓްރާންސްފަރ މާކެޓުގައި އެމްބާޕޭ ހޯދުމަށެވެ. މި ސީޒަންގެ ނިޔަލަށް އެމްބާޕޭއާއެކު ޕީއެސްޖީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ސަމަރ ޓްރާންސްފަރ މާކެޓުގެ ފްރީ އޭޖެންޓެއްގެ ގޮތުގައި އެމްބާޕޭ ބޭނުން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

ޕީއެސްޖީއާއެކު އިތުރު ދެއަހަރުގެ މުއްދަތަކަށް ކޮންޓްރެކްޓް ހަދަން އެމްބާޕޭ ނިންމާފައިވާކަމަށް މިދިޔަ ހަފުތާގައި ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކުރިއެވެ. ނަމަވެސް އެމްބާޕޭގެ މަންމަ ފައިޒާ ލަމޭރީ ވަނީ އެކަން ދޮގުކޮށްފައެވެ.

ނޫސްވެރިއެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ރޯތަން ބުނީ މިވަގުތު އެމްބާޕޭއަށް މުހިންމީ ގިނަ ފައިސާތަކެއް ނޫން ކަމަށެވެ. އަދި އޭނާއަށް މުހިންމީ ރަނގަޅު ސްޕޯޓިންގ ޕްރޮޖެކްޓެއް ކަމަށެވެ. އެހެންކަމުން ވަކި ގޮތެއް ނުނިންމައި އެމްބާޕޭ މިހާރު މަޑުކޮށްގެން އެހުރީ ރަނގަޅު ސްޕޯޓިންގ ޕްރޮޖެކްޓެއް ހުށަހެޅުމަށް ޕީއެސްޖީއަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ރޯތަން ބުންޏެވެ.

ރޯތަން ބުނީ ސަޕޯޓަރުންނަށް ވެސް އެނގެން ޖެހޭނެ އެންމެ މުހިންމު އެއްކަމަކީ ޕީއެސްޖީއަކީ އެމްބާޕޭއަށް ވަރަށް މުހިންމު ޓީމެއް ކަމަށާއި، އޭނާއާ ޓީމާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮތްކަމަށެވެ.

ޕީއެސްޖީކީލިއަން އެމްބާޕޭރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު