Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުންމަތީ ދެމިތިބޭ

މުސްލިމުން އަދާކުރަންޖެހޭ 5 ޙައްޤެއްވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 6 މެއި 2022 | ހުކުރު 08:56
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

މާތް ﷲ އާއި ކީރިތި ރަސޫލާއަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ އިތުރުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކެއްވާކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތައް" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއި، ކީރިތި ރަސޫލާއަށް ލޯބިވުމާއި، އެކަލޭގެފާނަށް އަދަބު އިޙުތިރާމު ކުރުމާއި، އިސްލާމީ ޝަރީއަތަށް ބޯލަނބައި ކިޔަމަންގަތުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް ކަމަށެވެ.

މާތް ﷲ އާއި ރަސޫލާއަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ އިތުރުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ 5 ޙައްޤެއް ވާކަމަށް ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެން ރިވާޔަތެއްގައި 6 ޙައްޤު ވާކަމަށް ބަޔާންކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ އެ ޙައްޤުތަކުގެ ތެރޭގައި ހިމެނެނީ ބައްދަލުވެއްޖެނަމަ ސަލާމްކުރުމާއި، ދައުވަތެއް ދީފިނަމަ އެ ދައުވަތަކަށް އިޖާބަދިނުމާއި، ކިނބިއްސެއް އެޅޭހިނދު މާތް ﷲ އަށް ހަމްދުކޮށްފިނަމަ، އޭނާއަށްޓަކާ ހެޔޮ ދުޢާ ކުރުމެވެ. އަދި ބަލިވެއްޖެނަމަ އޭނާއަށް ޒިޔާރަތް ކުރުމާއި، އޭނާ މި ދުނިޔެ ދޫކޮށްފިނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއީ އެއްވެސް މުސްލިމަކު ދޫކޮށްލައިގެން ވާނެ ޙަައްޤުތަކެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިގޮތުން ސަލާމުގެ ބަދަލުގައި ދެވޭ ޖަވާބަކީ ތިމާގެ ފަރާތުން އަނެކާއަށް އެއްވެސް އުނދަގުލެއް ލިބިގެން ނުދާނެކަމުގެ މައްޗަށް ވެވޭ އަހުދެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މާތް ﷲ ކީރިތި ގުރުއާނުގައި ސަލާމް ކުރުމަށް ވަސިއްޔަތް ކުރައްވައި އަމުރު ކުރައްވާފައިވެއެވެ.

އެކަކު އަނެކަކަށް ޒިޔާރަތްކުރުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ އަފުރާދުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިގޮތުން ދައުވަތުތަކަށް އިޖާބަ ދިނުމާއި، ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ހެޔޮ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމް ދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކަންމަތީ ދެމެހެއްޓުމަށް ބާރުއަޅާ ދީން ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ. ދިރިހުރި އިރު އޮތް ގުޅުންތަކާއި ޙައްޤުތައް މަރުވުމަށްފަހުގައިވެސް ދަމަހައްޓަންޖެހޭ ކަމަށާއި، އެ ޙައްޤުތަކުގެ ތެރޭގައި ޖަނާޒާގައި ބައިވެރިވުމާއި، މައްޔިތާއަށް ހެޔޮ ދުޢާކުރުން ހިމެނޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މައްޔިތާއަށް އިސްތިޣްފާރު ކުރުމާއި، ރަޙްމަތް ލެއްވުން އެދި ދުޢާކުރުމާއި، އޭނާގެ ގާތްތިމާގެ މީހުންނާ އޮންނަ ގުޅުން ދެމެހެއްޓުމާއި، ސަދަޤާތް ކުރުމަކީ އެދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވާނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން މުސްލިމުން އަދާކުރަންޖެހޭ މި ޙައްޤުތައް އަދާކުރުންމަތީ ދެމިތިބުމަށް ޚުތުބާގައި ނަސޭޙަތްތެރިވެފައިވެއެވެ.

ޚުތުބާ

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
12 ސެޕްޓެމްބަރު 2025

ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ

12 ސެޕްޓެމްބަރު 2025
ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު