Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިޔަމިގިލީ މުދިމަށް ހަމަލާދިނުން

ދިޔަމިގިލީގެ މުދިމަށް ހަމަލާދިން މީހާއަށް މީހަކު މަރަން އުޅުމުގެ ދައުވާ

6 މެއި 2022 | ހުކުރު 06:07

މި ދައުވާ ހުށައަޅާފައިވަނީ 28 އެޕްރީލް 2022 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 މެއި 2022 | ހުކުރު 06:07
މުދިމަށް ހަމަލާދިން ސަރަޙައްދު- މުދިމަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައި

މުދިމަށް ހަމަލާދިން ސަރަޙައްދު- މުދިމަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައި

ތ. ދިޔަމިގިލީގައި މުދިމަކަށް ވަޅިން ހަމަލާދިންކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ އުފުލައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ މީޑީއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، ތ. ދިޔަމިގިލި، މޯނިންގސްޓަރ ޙަސަން ސާމިދު ޙުސައިން 13 މާރޗު 2022 ވަނަ ދުވަހު މީހަކަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އޭނާގެ މައްޗަށް، ޤާނޫނު ނަންބަރު: 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ބ) އާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރަން އުޅުމުގެ ކުށުގެ ދަޢުވާ ހުށައަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ދައުވާ ހުށައަޅާފައިވަނީ 28 އެޕްރީލް 2022 ވަނަ ދުވަހު ތ. ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި އަނިޔާ ލިބުނު މީހާ އެދުވަހު ތ.ދިޔަމިގިލި، ތާޖު ގެ ކައިރިން ބައިސްކަލެއްގައި ދުއްވާފައި ދަނިކޮށް، ޙަސަން ޞާމިދު ޙުސައިން އޭނާ ހުއްޓުވައި، އަނިޔާ ލިބުނު މީހާގެ ބޮލާއި، ކަރާއި، ބުރަކައްޓާއި، ކަނާއަތު ކޮނޑާއި، ވާއަތަށް ވަޅިއަކުން ހަމަލާދީފައިވާކަން ތަޙުޤީޤަށް ހޯދިފައިވާކަމުގައެވެ.

ޞާމިދު ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ އެރަށު މިސްކިތުގެ މުދިމެވެ. އޭނާ މުދިމަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ހުންނަނީ މުދިމާ ވާހަކަ ދައްކާށެވެ. އެއަށްފަހު ކުއްލިއަކަށް ވަޅިން ހަމަލާދޭތަން ފެނެއެވެ. އެތައް ފަހަރަކު ވަޅި ހެރުމަށްފަހު ބައިސްކަލެއްގެ މަތީގަ އިން މުދިމު ބިންމައްޗަށް ވެއްޓުމުން ދޫކޮށްލާފައި ދެއެވެ. ނަމަވެސް އޭނާ ދުރަށް ގޮސްފަ، އެނބުރި ގޮސް ދެވަނަ ފަހަރަށް ވެސް، ވަޅިން މުދިމަށް ހަމަލާދެއެވެ.

އެއަށްފަހު އެ ހަމަލާ ދިނުމަށް ބޭނުންކުރި ވަޅީގައިހުރި ލޭތައް މަގުމަތީ އެއްޗެއް އަޅާފަހުރި ގޯންޏެއް ކަހަލަ އެއްޗެއްގައި ފޮހޭތަން ވެސް ވީޑިއޯއިން ފެނެއެވެ.

ޞާމިދުގެ މައްޗަށް އުފުލާފައިމިވާ ދަޢުވާތައް ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުންކަންވެސް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.

ޞާމިދު މިހާރު ހުރީވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެގޮތުން ފުލުހުން ބުނީ، ބަންދާމެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓްޕީޖީ އޮފީސް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް