Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6ގެ ހަމަލާ

ނަޝީދަށް ދިން ހަމަލާއަކީ މި ފަސްގަނޑުގައި ހިންގި އެންމެ ބޮޑު އެއް ޓެރަރިޒަމްގެ އަމަލު: ރައީސް

އެ ހަމަލާއަކީ ރާއްޖޭގެ މި އަމާން މުޖުތަމައަށްވެސް ގުޑުމެއް ގެނުވި ހަމަލާއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 މެއި 2022 | ހުކުރު 05:57
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭގޮތުން ރައީސް ސާލިޙު ވަނީ ވާހަކަފުޅުދައްކަވާފައި

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭގޮތުން ރައީސް ސާލިޙު ވަނީ ވާހަކަފުޅުދައްކަވާފައި

2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ, ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ދިވެހި ފަސްގަނޑުގައި ހިންގި އެންމެ ބޮޑު އެއް ޓެރަރިޒަމްގެ އަމަލުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ސިފަކުރައްވައިފިއެވެ.

ހުކުރު ދުވަހު ރައީސް ސާލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީގެ އަހަރެއް ކުރިން ދިން މި ހަމަލާއަކީ ރާއްޖޭގެ މި އަމާން މުޖުތަމައަށްވެސް ގުޑުމެއް ގެނުވި ހަމަލާއެއް ކަމަށެވެ. އެގޮތުން އެއީ ދިވެހި ފަސްގަނޑުގައި މިހާތަނަށް ބަޔަކު ހިންގާފައިވާ އެންމެ ނުރައްކާތެރި އެއް ޓެރަރިޒަމްގެ އަމަލުކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ސާލިޙުވަނީ އެ ހަމަލާއިން ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްވެފައިވާތީ، އެކަމަށް ﷲ އަށް ޙަމްދު ކުރައްވާފައެވެ.

ރައީސް ސާލިޙު ވިދާޅުވީ، މި ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ސާބިތުކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށެވެ.

2021 މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން ކުރިޔަށްދާ ތަޙުޤީޤާއި ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން, އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ އައްބާސް ފާއިޒް ވަނީ ހަމަޖައްސަވާފައެވެ. އެއީ 2021 މެއި 19ވަނަ ދުވަހުގައެވެ.

މި ހަމަލާއަށް އަހަރެއް ވެފައިވާއިރު، ރައީސްގެ މަންދޫބުވެސް ވަނީ ހަމަލާގެ ޝަރީއަތް އަވަސް މިނެއްގައި ކުރިއަށްދާންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ތަޙުޤީޤުގެ ދެވަނަބައިގައި, ހަމަލާގެ ފަހަތުގައިވާ މީހުންނާއި ފައިސާ ޚަރަދުކޮށްފައިވާ ގޮތް ވަރަށް އަވަހަށް ހޯދި, އެކަމުގެ ތަޙުޤީޤުވެސް ފުރިހަމައަށް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، މެއި 6ގެ ހަމަލާ ފަދަ ހަމަލާއެއް އެތެރެއިން ނުވަތަ ބޭރުން ބަޔަކު ފަންޑުކޮށްގެން ނޫންގޮތަކަށް ދީފާނެ ކަމާމެދު ސުވާލު އުފެދެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާރައީސް ސާލިހު ރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާ

އިތުރަށް ކިޔާލަން

06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
13 މާރިޗު 2024

މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި

13 މާރިޗު 2024
މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި
21 ޑިސެމްބަރު 2023

މެއި 6 ޙަމަލާގެ ޝަރީއަތް: ދިފާއީ ވަކީލަކު އެދިގެން ކެންސަލް

21 ޑިސެމްބަރު 2023
މެއި 6 ޙަމަލާގެ ޝަރީއަތް: ދިފާއީ ވަކީލަކު އެދިގެން ކެންސަލް
29 ނޮވެމްބަރު 2023

މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި

29 ނޮވެމްބަރު 2023
މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި
29 އޮކްޓޯބަރު 2023

މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި

29 އޮކްޓޯބަރު 2023
މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި
23 އޮކްޓޯބަރު 2023

މޭ6 ގެ ހަމަލާ: ކޮމިޓީން ނިންމީ މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން

23 އޮކްޓޯބަރު 2023
މޭ6 ގެ ހަމަލާ: ކޮމިޓީން ނިންމީ މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން
05 އޮކްޓޯބަރު 2023

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި
02 އޮކްޓޯބަރު 2023

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި
02 އޮކްޓޯބަރު 2023

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''
14 ސެޕްޓެމްބަރު 2023

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު