Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްބިއުލަންސް ފޮނުވުން

ސަރުކާރުން ވައުދުވިގޮތަށް ހުރިހާ ރަށަކަށް އެމްބިއުލަންސް ހަމަކޮށްދީފި

96 ރަށަކަށް އެމްބިއުލަންސް ފޮނުވާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 6 މެއި 2022 | ހުކުރު 06:46
ރަށްރަށަށް އެމްބިއުލަންސް ފޮނުވުން

ރަށްރަށަށް އެމްބިއުލަންސް ފޮނުވުން

ސަރުކާރުގެ ވައުދާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލަންސް ހަމަކޮށްދީފިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލަންސް ހަމަކޮށްދިނުމުގެ މަސައްކަތަކީ ރަށްރަށުގެ ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ތެރެއިން ރާއްޖޭގެ ރަށްރަށަށް ބޭނުންވާ 96 އެމްބިއުލަންސް ރާއްޖެ ގެނެސްފައިވެއެވެ. މި އެމްބިއުލަންސްތައް ރާއްޖެ ގެނެސްފައިވަނީ އެސްޓީއޯއިންނެވެ. އަދި ހުރިހާ އެމްބިއުލަންސެއް ގެނެސް، މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފައިވެއެވެ.

އެކި ބެޗުތަކަށް ބަހާލައިގެން އެމްބިއުލަންސް ގެނެސްފައިވާއިރު، ހެލްތު މިނިސްޓްރީން ގެންދިޔައީ އެކި ސަރަޙައްދުތަކަށް އެމްބިއުލަންސް ފޯރުކޮށްދެމުންނެވެ. ބުރާސްފަތި ދުވަހު އެންމެ ފަހު ބެޗުގެ އެމްބިއުލަންސް ހޮސްޕިޓަލުތަކާ ހަވާލުކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. 19 ރަށެއްގެ ހޮސްޕިޓަލަކަށް އެމްބިއުލަންސް ހަވާލުކޮށްފައިވާއިރު އެއީ:

"ރާއްޖެއެމްވީ" އަށް މައުލޫމާތުދެމުން ހެލްތު މިނިސްޓްރީން ބުނީ އެމްބިއުލަންސް ހަވާލުކުރަންޖެހޭ ހުރިހާ ރަށަކަށް މިހާރު އެމްބިއުލަންސުތައް ހަވާލުކުރެވިފައިވާކަމަށެވެ. މިއާއެކު ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މިވަނީ އިތުރު ކުރިއެރުމެއް ލިބިފައިކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތުގެ އިތުރުންވެސް ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ. މިގޮތުން މިއަހަރު ނިމެންވާއިރަށް ޞިއްޙީ ދާއިރާގެ ސްޓްރެޓެޖީތައް ރާވާ ނިމި، އެއާއި އެއްގޮތަށް މަސައްކަތްތައް ފެށިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވެއެވެ. އަދި އަލަށް ފަށަން އެގްރިމެންޓު ކުރެވިފައި ހުރި ހުރިހާ ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށްވެސް ހެލްތު މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތްތައް ކޮންޓްރެކްޓު ކުރެވިފައިވާކަމަށް ހެލްތު މިނިސްޓަރު ނަސީމު ވިދާޅުވެފައިވެއެވެ. އެގޮތުން 17 ހޮސްޕިޓަލަކާއި ޞިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ކޮންޓްރެކްޓު ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މޮބައިލް ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރު ނަސީމް ވިދާޅުވެފައިވެއެވެ.

މިއަހަރު ރާއްޖޭގެ ޞިއްޙީ ނިޒާމަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށްވެސް ހެލްތު މިނިސްޓަރު ނަސީމު ވިދާޅުވިއެވެ.

އެމްބިއުލާންސްހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
04 ސެޕްޓެމްބަރު 2025

އެމްޕީއެލް އިން 56 އެމްބިއުލާންސް ގަތުމުގައި ކޮރަޕްޝަންގެ ތުހުމަތު!

04 ސެޕްޓެމްބަރު 2025
އެމްޕީއެލް އިން 56 އެމްބިއުލާންސް ގަތުމުގައި ކޮރަޕްޝަންގެ ތުހުމަތު!
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
29 ޖޫން 2025

އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ

29 ޖޫން 2025
އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް

17 އެޕްރީލު 2025
ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު