Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައްދޫ އެއާޕޯޓަށް ހައްލެއް ހޯދަން ގޮވާލުން

ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ކައްދޫ އެއާޕޯޓަށް ހައްލެއް ހޯދަން ޖެހޭ: މެމްބަރު ސިރާޖު

ވީހާވެސް އަވަހަށް ކައްދޫ އެއާޕޯޓަށް ހައްލު ހޯދަން ސިރާޖު އެދިވަޑައިގެންނެވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 މެއި 2022 | ހުކުރު 03:40
ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ކައްދޫ އެއާޕޯޓަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި މެމްބަރު ސިރާޖު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ލާމު އަތޮޅުގެ ތަރައްޤީއާ ގުޅިފައިވާ މުހިންމު ބޮޑެތި ކަންކަމަކީ ވަކި މީހަކު، އެމީހާ ކުރާނެހާކަމެއްކޮށް، ވަގުތެއް ވެއްޖެނަމަ ކުރަން ހުރި ކަންކަންގޮތުގައި ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

ސިރާޖު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ފްލައިޓެއް ކައްދޫ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މަތިން ކައްސާލި ހާދިސާއާ ގުޅުވައިގެންނެވެ. އެ ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 7:45 ހާއިރުއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުލިބޭ ކަމަށާއި ރައްކާތެރިކަމާއެކު ފަސިންޖަރުންނާއި ކްރޫއިން ވަގުތުން ބޯޓުން ބާލާފައިވާ ކަމަށް މޯލްޑިވިއަން އެއާލައިނުން ބުނެއެވެ. އެ އެއާލައިނުން އަންނަނީ އެ ހާދިސާ ހިނގި ގޮތް ތަޙުޤީޤު ކުރަމުންނެވެ.

ކައްދޫ އެއާޕޯޓަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އިސްކަންދަރު ވައިގެ މަރުކަޒު ޤާއިމުކޮށްފައިވާ އެއާޕޯޓެވެ. އެ އެއާޕޯޓަށް ކުރިއެރުން ނުލިބޭތީ މީގެ ކުރިން ވެސް ސިރާޖު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކައްދޫ އެއާޕޯޓަކީ ލާމު އަތޮޅުގައި މިވަގުތު އޮތް ހަމައެކަނި އެއާޕޯޓެވެ. އެ އެއާޕޯޓަށް ކުރިއެރުން ނުލިބޭތީ އާއި އާއްމުންނަށް އެ އެއާޕޯޓުން ފައިދާ ނުވާކަމަށް ބުނެ، ލ. ހިތަދޫ ކައުންސިލުން ވަނީ އިތުރު އެއާޕޯޓެއް ހަދަން ވެސް ނިންމާފައެވެ. އެ އެއާޕޯޓު ހަދަން ދިރާސާތައް ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ލ އަތޮޅު

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

30 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް
21 އޮކްޓޯބަރު 2025

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

21 އޮކްޓޯބަރު 2025
ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު
14 އެޕްރީލު 2025

ޢައްޒާގެ ދިފާއުގައި ލާމުގައި އުޅަނދު ބުރެއް ބާއްވަނީ

14 އެޕްރީލު 2025
ޢައްޒާގެ ދިފާއުގައި ލާމުގައި އުޅަނދު ބުރެއް ބާއްވަނީ
22 ޖުލައި 2024

ލ.އަތޮޅު ޗެމްޕިއަންކަން ތުނޑީ ފުޓްބޯޅަ ކްލަބަށް!

22 ޖުލައި 2024
ލ.އަތޮޅު ޗެމްޕިއަންކަން ތުނޑީ ފުޓްބޯޅަ ކްލަބަށް!
26 ޑިސެމްބަރު 2023

އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024 ވަނަ އަހަރު ލާމު އަތޮޅަށް!

26 ޑިސެމްބަރު 2023
އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024 ވަނަ އަހަރު ލާމު އަތޮޅަށް!
20 ސެޕްޓެމްބަރު 2022

އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމުގެ 4 ވަނަ ޕްރޮގްރާމް ލާމު އަތޮޅުގައި

20 ސެޕްޓެމްބަރު 2022
އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމުގެ 4 ވަނަ ޕްރޮގްރާމް ލާމު އަތޮޅުގައި
30 މެއި 2022

ލ. ގަމުގައި 100 ހައުސިންގ ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފި

30 މެއި 2022
ލ. ގަމުގައި 100 ހައުސިންގ ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފި
12 އެޕްރީލު 2022

ލ. އަތޮޅުގެ ތިން ސަރަހައްދެއް ހިމާޔަތް ކޮށްފައިވާކަން ހަނދާންކޮށްދީފި

12 އެޕްރީލު 2022
ލ. އަތޮޅުގެ ތިން ސަރަހައްދެއް ހިމާޔަތް ކޮށްފައިވާކަން ހަނދާންކޮށްދީފި
21 ޑިސެމްބަރު 2021

ލ އަތޮޅުގައި ހިމެނޭ، ތިމާވެށީގެ ގޮތުން ޚާއްސަ 6 ސަރަޙައްދެއް ހިމާޔަތްކުރުމަށް ނިންމަވައިފި

21 ޑިސެމްބަރު 2021
ލ އަތޮޅުގައި ހިމެނޭ، ތިމާވެށީގެ ގޮތުން ޚާއްސަ 6 ސަރަޙައްދެއް ހިމާޔަތްކުރުމަށް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު