Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6ގެ ހަމަލާ

މެއި 6ގެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންގެ ތަހުޤީޤު އަވަސް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި

ރައީސް ނަޝީދު މިނިވަންކަމާއެކު ދިރިއުޅުއްވައި އެއްތަނުން އަނެއްތަނަށް ވަޑައިގެންނެވުންވަނީ ވަރަށްބޮޑަށް ހިފެހެއްޓިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 މެއި 2022 | ހުކުރު 02:05
ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގައި ފަރުވާ ހޯއްދެވި ހޮސްޕިޓަލުގައި

ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގައި ފަރުވާ ހޯއްދެވި ހޮސްޕިޓަލުގައި

މެއި 6ގެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި، އެހެނިހެން ފަރާތްތަކުގެ މައްސަލަ އަވަހަށް ތަޙްޤީޤުކުރުމުގެ މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 6 މެއި 2021 އަކީ ދިވެހިރާއްޖެއަށް ކުރިމަތިވި އަނދިރި، ނާމާން ދުވަހެއް ކަމަށެވެ. 6 މެއި 2021 ވަނަ ދުވަހުގެ ރޭ ދިން އެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ، ހަމައެކަނި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އިންތިޚާބުވި ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއެއް ނޫން ކަމަށާއި، އެ ހަމަލާއަކީ ދިވެހި ދައުލަތާއި މުޅި ދިވެހި މުޖްތަމަޢާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ. ހަމައެއާއެކު އެއީ ޤާނޫނުގެ ބާރާއި ޑިމޮކްރެޓިކް މުއައްސަސާތަކަށް ދިން ހަމަލާއެއް ކަމަށެވެ.

ދިވެހިން ނަގާކޮޅަށްޖަހާފައިވާ މުޅި އިޤްތިޞާދަށްވެސް ލޮޅުން އައިސް، ދިވެހި ދައުލަތުގެ ރީތި ނަމާއި ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއާމެދު ދެކޭ ރީތި ގޮތާއި ތަޞައްވުރު ބަދަލުވެދާނެފަދަ ނުރައްކާތެރި ހަމަލާއެއް ކަމަށާއި، އެ ހަމަލާގެ ސަބަބުން މުޅި ދިވެހިރާއްޖޭގެ އަދި އަންނަން އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފެދި ބިރުވެރިކަން ވަނީ އުފެދިފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމަލާއަށް އެއް އަހަރު ފުރިގެންދާއިރު، އެ ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ޝަރީޢަތް ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ. މިހާތަނަށް ޝަރީއަތް ނިމިފައިވަނީ އެންމެ މީހެއްގެކަން ފާހަގަކުރަމުން ބަޔާނުގައި ބުނެފައިވަނީ، އެ ހަމަލާ ދިނުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ބާކީ ތިބި 8 މީހުންގެ ޝަރީޢަތް ވަނީ އެކި ސަބަބުތަކާހުރެ ވަރަށް ބޮޑަށް މަޑުޖެހިފައިކަމަށެވެ. މިއީ ކަންބޮޑުވާކަމެއް ކަމަށެވެ.

އެ ހަމަލާގެ ސަބަބުން ރައީސް ނަޝީދު މިނިވަންކަމާއެކު ދިރިއުޅުއްވައި އެއްތަނުން އަނެއްތަނަށް ވަޑައިގެންނެވުންވަނީ ވަރަށްބޮޑަށް ހިފެހެއްޓިފައިކަމަށާއި، އެ ހަމަލާއަށް އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު، އެ މަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ޙައްޤުވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައި ކަަމަށްވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، އެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި، އެހެނިހެން ފަރާތްތަކުގެ މައްސަލަ އަވަހަށް ތަޙްޤީޤުކުރުން މުހިންމު ކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި ޓެރަރިސްޓް ހަމަލާތައް ދެވޭ މިންވަރު އިތުރުވަމުން އައިސް، ރައީސް ނަޝީދަށް އަމާޒުކޮށްދިން އެ ހަމަލާއަކީ، ފަހުގެ ތާރީޚެއްގައި އެފަދައިން ދިން އެންމެ ބޮޑު ހަމަލާއެވެ. އެފަދަ ހުރިހާ ހަމަލާތަކެއް ތަޙްޤީޤުކޮށް، ޝަރީޢަތް ހިންގައި، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެނައުމަކީ މި ޤައުމުގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެއްކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މިއީ އެފަދަ ނުރައްކާތަކާމެދު ސަމާލުވެ ތިބުމުގެ މުހިންމުކަން ހަދާންކުރަންޖެހޭ ދުވަހެއް ކަަމަށާއި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންނަމަ އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި އެއްބައިވަންތަކަމާއި ސާބިތުކަމާއެކު ދެމިތިބުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު