Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ލިވަޕޫލް ފައިނަލަށް، ކްލޮޕްގެ ނަޒަރުގައި ބޮޑު މޮޅެއް

ކްލޮޕްވެފައި ވަނީ އެއް ސީޒަނެއްގައި އެފްއޭ ކަޕް، ލީގު ކަޕް އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓީމު ގެންގޮސްދިން ހަމައެކަނި ކޯޗަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 4 މެއި 2022 | ބުދަ 12:18
ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް ކޮންޓޭއާއެކު

ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް ކޮންޓޭއާއެކު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވިޔަރެއާލް ކައިރިން ހޯދުނީ ބޮޑު މޮޅެއްގެ ގޮތުގައި ލިވަޕޫލްގެ ކޯޗު ޖާގެން ކްލޮޕް ސިފަކޮށްފިއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވިޔަރެއާލްގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 3-2 ންނެވެ. މިއާއެކު ލިވަޕޫލް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 5-2ން އެގްރިގޭޓުން ކުރިހޯދައިގެންނެވެ. ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ވިޔަރެއާލްއިންނެވެ. ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި ބޯލޭ ޑިއާ ލަނޑެއްޖަހާ ވިޔަރެއާލްއަށް ލީޑު ނަގައިދިން އިރު، ފުރަތަމަ ހާފު ނިމެނިކޮށް އެޓީމަށް ލީޑު ފުޅާކޮށްދިނީ ފްރެންސިސް ކޮކޭލިންއެވެ.

ދެވަނަ ހާފު ފެށިގެންވެސް ރަނގަޅަށް ކުޅެމުންއައި ވިޔަރެއާލްގެ މައްޗަށް ލިވަޕޫލް ކުރިހޯދީ ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ. ލިވަޕޫލްގެ ލަނޑުތައް ދެވަނަ ހާފުގައި ޖަހައިދިނީ ފަބީނިއޯ، ލުއިސް ޑިއާޒް އަދި ސަޑިއޯ މާނޭއެވެ.

މެޗަށްފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ވިޔަރެއާލްއިން ދެލަނޑުގެ ލީޑެއް ނަގާ މޮޅަށް ކުޅެމުން ދަނިކޮށް ފަހަތުން އަރާ މޮޅުވެވުމަކީ ބާސެލޯނާ އަދި ޑޯޓްމަންޑް ކައިރިން ފަހަތުން އަރާ މޮޅުވުން ފަދަ ކާމިޔާބީއެއް ކަމަށެވެ. އަދި ދެވަނަ ހާފުގައި ނަތީޖާ އަނބުރާލުމަށް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މޮޅު ކުޅުމަށް ކްލޮޕް ތައުރީފު ކުރިއެވެ.

ކްލޮޕް ބުނީ ފައިނަލުގައި މޮޅުވާނީ ކޮންމެސް އެއް ޓީމެއް ކަމަށާއި، ތިން މުބާރާތެއްގެ ފައިނަލަށް ޓީމު ދަތުރުކޮށްފައި ވާއިރު، މިއީ ކިހާ އުނދަގޫ ކަމެއްކަން އެނގޭ ކަމަށެވެ. އެހެންކަމުން ޓީމު ތައްޔާރުވެފައި އޮތީ ކިހާ ވަރަކަށްކަން އިދިކޮޅު ޓީމަށް ދައްކާލާނެ ކަމަށްވެސް ކްލޮޕް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރުމާއެކު ކްލޮޕްވެފައި ވަނީ އެއް ސީޒަނެއްގައި އެފްއޭ ކަޕް، ލީގު ކަޕް އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓީމު ގެންގޮސްދިން ހަމައެކަނި ކޯޗަށެވެ.

ޔާގެން ކްލޮޕްލިވަޕޫލްޗެމްޕިއަންސް ލީގު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު