Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގުން ޢީދު ސައެއް

ޢީދު ދުވަހު ޑިއުޓީ އަދާ ކުރާ ފަރާތްތަކަށް ދިރާގުން ސައެއް

ދިރާގުން ޢީދު ސައި ދިނީ ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރަން ޢީދު ދުވަހު ޑިއުޓީގައި ތިބި ފަރާތްތަކަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 މެއި 2022 | ހޯމަ 07:57
ދިރާގުން އައިޖީއެމްއެޗްގެ މުވައްޒަފަކަށް ބޯކިބަލެއް ހަވާލު ކުރަނީ

ދިރާގުން އައިޖީއެމްއެޗްގެ މުވައްޒަފަކަށް ބޯކިބަލެއް ހަވާލު ކުރަނީ

ފިތުރު ޢީދު ދުވަހު ޑިއުޓީ އަދާ ކުރާ ފަރާތްތަކަށް ދިރާގުން ޢީދު ސައި ދީފިއެވެ.

އެ ކުންފުނިން ވަނީ އީދު ދުވަހުގެ ހެނދުނު ފްރަންޓްލައިނުގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ މީހުންނަށް ބޯކިބާ ބަހައިފައެވެ. މީގެ ތެރޭގައި ނޫސްވެރިންނާއި ފުލުހުންނާއި ސިފައިންނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެމްޓީސީސީ އާއި ސްޓެލްކޯ އާއި އެމްޑަބްލައުއެސްސީ ފަދަ ތަންތަނުގެ މުވައްޒަފުން ހިމެނެއެވެ.

ދިރާގުން ބުނި ގޮތުގައި އެ ފަރާތްތަކަށް ޢީދު ސައި ދިނީ އާއިލާއާ ދުރުގައި ޢީދު ފަދަ ދުވަހެއްގައި ވެސް ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އަވަދިނެތި އުޅޭތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. އަދި ސައިގެ ގޮތުގައި ބޯކިބާ ބަހާފައިވަނީ އެއީ ޒަމާނުއްސުރެ ދިވެހިން ޢީދު ނަމާދު ނިންމާލުމަށްފަހު ސައި ބުއިމުގައި ބޭނުން ކުރާ އެއް ބާވަތަށް ވާތީ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ދިރާގުން ވަނީ އެ ކުންފުނިން ބަހާ ޢީދު ބޯކިބާ ހޯދުމުގެ ފުރުސަތު އާއްމުންނަށް ވެސް ހުޅުވާލައިފައެވެ. ޓްވިޓާގައި ހުޅުވާލި އެ ފުރުސަތުގައި ފަސް މީހަކަށް ވަނީ ބޯކިބާ ހަދިޔާކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ޖުލައި 2017

ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި

20 ޖުލައި 2017
 ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި
27 ޖޫން 2017

މޯލްޑިވިއަނުން 50 ފަސެންޖަރަކަށް ޢީދު ހަދިޔާ ދީފި

27 ޖޫން 2017
މޯލްޑިވިއަނުން 50 ފަސެންޖަރަކަށް ޢީދު ހަދިޔާ ދީފި
26 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ

26 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ
25 ޖޫން 2017

ފިތުރު ޢީދުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ

25 ޖޫން 2017
ފިތުރު ޢީދުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ
23 ޖޫން 2017

"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖެއަށް، ހޯމަ ދުވަހު ހުޅުވަނީ!

23 ޖޫން 2017
"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖެއަށް، ހޯމަ ދުވަހު ހުޅުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު