Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުން

ސަރުކާރުގެ ވައުދަކީ ހުރިހާ މަސައްކަތްތެރިންނަށް މުސާރައިގެ ހަމަހަމަކަން ޤާއިމުކުރުން: އަމީރު

1 މެއި 2022 | އާދީއްތަ 22:22

އެއް މަސައްކަތެއް ކުރާ ތަފާތު ވުޒާރާތަކުގައި މުސާރައިގެ ފަރަޤު ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 މެއި 2022 | އާދީއްތަ 22:22
ތައުލީމީ ދާއިރާގެ މުސާރައަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ތައުލީމީ ދާއިރާގެ މުސާރައަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ސަރުކާރުގެ ވައުދަކީ ހުރިހާ މަސައްކަތްތެރިންނަށް މުސާރައިގެ ހަމަހަމަކަން ޤާއިމުކުރުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު އެހެން ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އައި ބަދަލުތަކާގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ވައުދަކީ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް މުސާރައިގެ ހަމަހަމަކަން ޤާއިމުކުރުން ކަމަށެވެ. އެގޮތުން އެއް މަސައްކަތެއް ކުރާ ތަފާތު ވުޒާރާތަކުގައި މުސާރައިގެ ފަރަޤު ހިމެނޭއިރު، އެއް ފަންތީގެ ވަޒީފާތަކުގެ މުސާރައިގެ ހަމަހަމަކަން ޤާއިމުކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ މަސައްކަތަށް މަޑުޖެހުމެއް އައީ ކޮވިޑުގެ ޙާލަތުގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން ސިއްޙީ ދާއިރާގެ ހުރިހާ ފަންނުވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރެވެމުންދާކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ދާދި އަވަހަށް ސިއްޙީ ދާއިރާގެ އޮނިގަނޑުވެސް އެކުލަވާލެވިގެންދާނެ ކަމަށެވެ. އެ މަސައްކަތް ނިމުމާއެކު، ސިއްޙީ ދާއިރާގެ އައު މުސާރައިގެ ފްރޭމްވޯކު އެކުލަވާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އެކި ދާއިރާތަކުގެ މުސާރައިގެ އޮނިގަނޑުތަކަށް ގެންނަ ބަދަލުތަކާއެކު، ބަޖެޓަށް އަންނާނެ ބުރައަށްވެސް ކުރިމަތިލެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވެފައެވެ.

ޓީޗަރުންގެ މުސާރައަށް އަލިއަޅުވާލައްވައި މިނިސްޓަރ ވިދާޅުވީ، މިހާރު ޓީޗަރުންނަށް ލިބޭ މުސާރައަކީ ކުރާ މަސައްކަތާ އެކަށީގެންވާ މުސާރައެއް ނޫން ކަމަށެވެ.

ޓީޗަރުންގެ މުސާރައަށް މި އަންނަ ބަދަލުތަކާއެކު، ޕަރފޯމަންސް އެޕްރައިސަލް ނިޒާމުވެސް އިތުރަށް ހަރުދަނާވާން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައިގެ އައު ފްރޭމްވޯކަށް ބަލާއިރު، ޓީޗަރުން 5 ރޭންކަކަށް ވަނީ ބަހާލާފައެވެ.

އޭގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރަ 10،000ން 13،000ށް އިތުރުވެގެންދާއިރު، ޑިގްރީ ފެންވަރުގެ ޓީޗަރުންގެ މުސާރަ 13،000ން 19،000ށް ބޮޑުވެގެންދެއެވެ.

އޭގެ އިތުރުން، މާސްޓަރސް ފެންވަރުގެ ޓީޗަރުންގެ މުސާރަ 15،000ން 20،000ށް އިތުރުވެގެންދެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް