Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މެއި 19ގައި

30 އެޕްރީލު 2022 | ހޮނިހިރު 09:17

މި ޖަލްސާގައި ބައިވެރިވެވޭނީ އޭޕްރީލް 18ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 30 އެޕްރީލު 2022 | ހޮނިހިރު 09:17
އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މެއި 19 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޓީސީސީން ވަނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ ހިއްސާދާރުންނަށް ދައުވަތު އަރުވާފައެވެ. އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 19ވާ ދުވަހުގެރޭ 20:30ގައެވެ.

މިއަހަރުގެ އޭޕްރީލް 18ގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ. މި ޖަލްސާގައި 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2021 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯރޓް ހުށަހަޅައި ފާސްކުރުމާއި، 2021 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބު ހުށަހަޅައި ފާސްކުރުމާއި، 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުން ހިމެނެއެވެ. 2022 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވައި، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، ކުރިއަށް އޮތް ދައުރަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުން އިންތިޚާބުކުރުމުގެ އިތުރުން، ކުރިއަށް އޮތް ދައުރަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން އިންތިޚާބު ކުރުމާއި، ހިއްސާދާރުންގެ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދިނުން ހިމެނެއެވެ.

މި ޖަލްސާގައި ބައިވެރިވާން ބޭނުން ހިއްސާދާރުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މެއި 17 ދުވަހުގެ ރޭ 20:30ގެ ކުރިން ރަޖިސްޓްރީވެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

2021 ވަނަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 3.50 ރުފިޔާ ބެހުމަށް އާންމު ޖަލްސާ ލއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން މިހާރު ވަނީ ފާސްކޮށްފައެވެ. ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 28.13 މިލިއަން ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
12 ޖޫން 2017

މެއި މަހު މީރާ އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފި

12 ޖޫން 2017
މެއި މަހު މީރާ އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
19 މެއި 2017

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

19 މެއި 2017
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!
18 މެއި 2017

އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި

18 މެއި 2017
އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް