Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ރަމަޟާން މަސް އަލްވަދާއުކިޔަސް، ހެޔޮ ކަންކަމުގައި ދެމިތިބެން ބޭނުން ބަޔަކަށް ފުރުސަތު ގިނަ: ޚުތުބާ

29 އެޕްރީލު 2022 | ހުކުރު 08:32

ރަމަޟާން މަސް ނިމުމުންވެސް ހެޔޮ ކަމުގައި ދެމިތިބުން މުހިންމު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 އެޕްރީލު 2022 | ހުކުރު 08:32
ޚުތުބާ

ޚުތުބާ

ރަމަޟާން މަސް މުސްލިމުންނާ އަލްވަދާއު ކީނަމަވެސް، ހެޔޮ ކަންތައް ކުރުންމަތީ ދެމިހުންނަން އެދޭ ބަޔަކަށްޓަކައި އިސްލާމް ދީނުގައި ލައްވާފައިވާ ހެޔޮކަމުގެ ފުރުސަތުތައް ވަރަށް ގިނަ ކަމުގައި ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ހެޔޮކަމުގައި ދެމި ތިބުމުގެ މުހިންމުކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވަނީ އަހަރެމެންގެ ތެރެއިން ބައެއް މީހުން ރަމަޟާން މަހު ހެޔޮ ކަންތައްތަކުގައި ޝާމިލުވެ އުޅެ، ރަމަޟާން މަސް ނިމުމުން އެކަންކަމަށް ފަރުވާ ކުޑަކުރާމަކީ އެކަމާމެދު ވިސްނަންޖެހިފައިވާ ކަމެއް ކަމަށް ބުނެފައެވެ. މިއީ މީހަކު އެތައް ޚަރަދަކާއި، އެތައް މަސައްކަތެއް ކޮށްގެން ރަނގަޅު ބިނާއެއް ކުރުމަށްފަހު އެ ބިނާ އަމިއްލަ އަތުން ފުނޑުފުނޑުކޮށްލުން ފަދަ ކަމެއް ނޫންތޯ ޚުތުބާގައި ވަނީ ސުވާލުކޮށްފައެެވެ. އަދި ފާފަތަކަށް އެނބުރި ދިއުމަށް ގަސްތުކުރާ ހާލު ކުރާ ހެޔޮ އަމަލުން ކުރާނީ ކޮން ފައިދާއެއްތޯވެސް ސުވާލުކޮށްފައިވެއެވެ.

Advertisement - newsAdvertisement

އަޅުން ކުރާ ހެޔޮ އަމަލު މާތް ﷲ ގަބޫލުކުރެއްވިކަމުގެ ނިޝާންތަކުގެ ތެރޭގައި ފާފަތަކަށް އަރައިނުގަނެ ހެޔޮ އަމަލުކުރުންމަތީ ދެމިހުރުން ހިމެނޭކަމަށް އިލްމުވެރިން ބަޔާންކުރައްވާފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ރަމަޟާން މަހު ރޯދަ ހިފައި، ރޭއަޅުކަން ކޮށް، ހެޔޮ އަމަލުތައްކޮށް އުޅުނު މީހާ އެކަންތައްތަކާއިމެދު ބޮޑާވެ ނުގަތުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ރަމަޟާން މަސް މުސްލިމުންނާ އަލްވަދާއު ކީނަމަވެސް ހެޔޮ ކަންތައް ކުރުންމަތީ ދެމިހުންނަން އެދޭ ބަޔަކަށްޓަކައި އިސްލާމް ދީނުގައި ލައްވާފައިވާ ހެޔޮކަމުގެ ފުރުސަތުތައް ވަރަށް ގިނަ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ފުރުސަތަކީ ޝައްވާލް މަހުގެ ހަ ރޯދަ ކަމަށް ބުނެފައިވެއެވެ.

ރަމަޟާން މަސް އަލްވަދާއު ކިޔުމުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. ފިތުރު ޒަކާތަކީ ރަމަޟާން މަހުގެ ދުވަސްތަކުގައި ރޯދައަށް ތިބިއިރު އަޅުތަކުންނަށް ކުރެވިފައިވާ ކުށްފާފަތަކުގެ ކައްފާރާއެއްގެ ގޮތުގައާއި، ނިކަމެތި ފަޤީރުންނާއި މިސްކީނުންގެ ބޭނުންތައް ފުއްދައިދީ އީދުގެ އުފަލުގައި އެބައިމީހުން ބައިވެރިކުރުމަށްޓަކައި ޝަރްޢު ކުރައްވާފައިވާ ކަމެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

މިރެއަކީ ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ ފަހު އޮނަހިރި ވިލޭރޭކަމަށް ޚުތުބާގައި ވަނީ ހަނދާން އާކޮށްދީފައެވެ. ލައިލަތުލްޤަދްރީގެ މާތްކަމާއި މަތިވެރި ދަރުމައަށް އެދިގެން އަޅުކަމުގައި ހީވާގިވުމަށްވެސް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް