Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީދު ޕްރޮޖެކްޓު

ދެ އަހަރަށްފަހު، ގަރލް ގައިޑް އެސޯސިއޭޝަންގެ އީދު ޕްރޮޖެކްޓަށް ގުރައިދޫއަށް

28 އެޕްރީލު 2022 | ބުރާސްފަތި 17:19

މިއީ 2000 ވަނަ އަހަރު ފަށާފައިވާ މަސައްކަތެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 އެޕްރީލު 2022 | ބުރާސްފަތި 17:19
މީގެ ކުރިން ކުރިއަށްގެންދިޔަ އީދު ޕްރޮޖެކްޓެއް

މީގެ ކުރިން ކުރިއަށްގެންދިޔަ އީދު ޕްރޮޖެކްޓެއް

ދެއަހަރަށްފަހު މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ "އީދު ޕްރޮޖެކްޓް" ގުރައިދޫ މަރުކަޒަށް ގޮސް ބާއްވަން ނިންމައިފިއެވެ.

މި ޕްރޮޖެކްޓަކީ 2000 ވަނަ އަހަރުން ފެށިގެން ގަރލް ގައިޑް އެސޯސިއޭޝަންގެ ޒުވާން ލީޑަރުން އިސްނަގައިގެން، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ގޮސް އެތަނުގައި ތިބޭ މީހުންނަށް ހަދިޔާ ދިނުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ކޮވިޑް-19ގެ ހާލަތުގައި އެރަށަށް ގޮސް ހަދިޔާ ދެވޭގޮތް ވެފައެއް ނުވެއެވެ.

Advertisement - newsAdvertisement

މި ޕްރޮޖެކްޓާ ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ގަރލް ގައިޑް އެސޯސިއޭޝަންގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ ސަދާ މުހައްމަދު ވިދާޅުވީ، ކޮވިޑް-19ގެ ހާލަތުގައި މި ޕްރޮޖެކްޓު ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށް ކަމަށެވެ. ޚާއްސަ ހުއްދައިގެ ދަށުން ހަދިޔާ ފޮނުވައި، އޮންލައިންކޮށް އެމީހުންނާ ބައްދަލުކޮށްފައިވާކަމަށެވެ.

ޖެހިޖެހިގެން ދެ އަހަރު އޮންލައިންކޮށް މި ޕްރޮޖެކްޓު ހިންގުމަށްފަހު މިއަހަރު ގުރައިދޫއަށް ގޮސް ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް އެ އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. ސަދާ ވިދާޅުވީ، ވަޅުއީދު ދުވަހު އެމީހުން ހޭދަކޮށްލަނީ އެތަނުގައި ތިބޭ މީހުންނާއެކު ކަމަށެވެ. އެދުވަހު އެމީހުންނަށް ހަދިޔާ ދީ، މުނިފޫހި ފިލުވުމަށް އެކި ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް ސަދާ ވިދާޅުވިއެވެ.

ސަދާ ވިދާޅުވީ މި ހަރަކާތަކީ ދުރާލައި ތައްޔާރުވެގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މިގޮތުން ހަދިޔާ ހޯދުމާއި، ޕެކްކުރުން ފަދަ ކަންކަން ކުރިއަށްގެންދެއެވެ. ހަދިޔާ ހޯދާއިރު އެމީހަކަށް އެންމެ ބޭނުންވަނީ ކޮން އެއްޗެއްތޯ ބަލާކަމަށް އޭނާ ވިދާޅުވިއެވެ.

ސަދާ ވިދާޅުވީ 2000 ވަނަ އަހަރުން ފެށިގެން މި ޕްރޮޖެކްޓު ކުރިއަށްގެންދާއިރު، ކޮންމެ އަހަރަކުވެސް ލިބޭ ތަރުހީބު ވަރަށް ބޮޑުކަމަށެވެ.

މި ޕޮޖެކްޓާ ގުޅިގެން ވާހަކަދައްކަވަމުން އެ އެސޯސިއޭޝަންގެ އިންޓަރނޭޝަނަލް ކޮމިޝަނަރ އާއިޝަތު ތޮއިފާ ވިދާޅުވީ، މި ޕްރޮޖެކްޓުގެ އެންމެ ބޮޑު މަގުސަދަކީ މުޖުތަމައަށް ޚިދުމަތް ކޮށްދިނުން ކަމަށެވެ. އަދި އެ އެސޯސިއޭޝަންގެ އެންމެ މުހިންމު އެއް އަމާޒަކީ މުޖުތަމައުގައި އަންހެނުންނާއި އަންހެން ކުދިން ބިނާކުރުން ކަމުގައިވާއިރު، މިފަދަ ކަމެއްގައި ޒުވާން ލީޑަރުން ހަރަކާތްތެރިވުމަކީ އެކުދިން ބިނާކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެކުދިންނަށް، މުޖުތަމައުގައި ބޭނުންޖެހިފައިވާ މީހުން ތިބިކަމާއި، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ އިތުރުން، އެކުދިންގެ ރޭވުންތެރިކަމާއި ހިންގުންތެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާކަމަށާއި، ދާއިމީ ގޮތެއްގައި މި ޕްރޮޖެކްޓުގައި މަސައްކަތް ކުރަމުންދާ ކުދިންތަކެއް މިހާރުވެސް އެބަތިބިކަމަށް ތޮއިފާ ވިދާޅުވިއެވެ.

މިއީ މުޖުތަމައުގައި ހުރި މައްސަލަތައް ދެނެގަނެވި މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށްވެސް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ

07 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ
05 އެޕްރީލު 2017

އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު

05 އެޕްރީލު 2017
އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު
02 އެޕްރީލު 2017

ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު

02 އެޕްރީލު 2017
ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
22 މާރިޗު 2017

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް