Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގެވެށި އަނިޔާ

އަންހެނުންގެ ޝިކާރައަކަށްވާ ފިރިހެނުންވެސް މަދެއް ނޫން

28 އެޕްރީލު 2022 | ބުރާސްފަތި 13:15

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ގެވެށި އަނިޔާ ލިބެނީ ހަމައެކަނި އަންހެނުންނަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 އެޕްރީލު 2022 | ބުރާސްފަތި 13:15
ޖޯނީ ޑެޕް އެމްބަރ ހަރޑްއަށް އަނިޔާކުރިކަމަށް ބުނެ ކުރިއަށްދާ ޝަރީއަތްތަކުގެ ތެރެއިން

ޖޯނީ ޑެޕް އެމްބަރ ހަރޑްއަށް އަނިޔާކުރިކަމަށް ބުނެ ކުރިއަށްދާ ޝަރީއަތްތަކުގެ ތެރެއިން

ގެވެށި އަނިޔާއޭ ބުނެފިނަމަ އާންމުގޮތެއްގައި ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އެ އަނިޔާގެ ޝިކާރައަކަށް ވަނީ ހަމައެކަނި އަންހެނުން ކަމެވެ. އަދި ގިނައިން އިވެނީވެސް އަންހެނަކަށް ގެވެށި އަނިޔާ ލިބިގެން އުޅޭ ވާހަކައެވެ. ގިނަފަހަރަށް މުޖުތަމައު ތެރޭގައި "ނުލަފާ" މީހުންގެ ގޮތުގައި ލޭބަލް ކުރެވިފައިވަނީވެސް ފިރިހެނުންނެވެ. މިގޮތަށް ލޭބަލްވަމުން އައިސް ގެވެށި އަނިޔާވެސް ލިބެނީ ހަމައެކަނި އަންހެނުންނަށްކަމަވެސް ވަނީ ކަނޑައެޅި ނިމިފައެވެ.

ފިރިހެނުންނަކީ "ނުލަފާ" ބައެއްގެ ގޮތުގައި ލޭބަލް ވަމުން އައިނަމަވެސް އަންހެނުންގެ ފަރާތުން ފިރިހެނުންނަށް ގެވެށި އަނިޔާ ލިބޭ ވާހަކައަކީ މުޖުތަމައުގެ ތެރޭގައި ނުދައްކާ ވާހަކަތަކެވެ. އެކި އިންސާނުންގެ އުޅުން އެކި ގޮތަށް ބައްޓަންކުރައްވާފައިވާއިރު، ގޯސް އުޅުން ދެއްވާފައިވަނީ ހަމައެކަނި ފިރިހެނުންނަށް ނޫންކަން މިއަދު ގަބޫލުކުރަންޖެހެއެވެ. އަޑުހަރުކޮށް އެ ވާހަކަ ނުދެއްކި ނަމަވެސް ގެވެށި އަނިޔާ ތަހަމައްމަލުކުރަމުންދާ އެތައް ފިރިހެނުންނެއް މިއަދުވެސް މި މުޖުތަމައުގައި އެބަތިއްބެއެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ފިރިހެނުންނަށް ގެވެށި އަނިޔާ ލިބިގެން މަދުން ނަމަވެސް ރިޕޯޓުކޮށްފައި އެބަހުއްޓެވެ. ދުނިޔޭގެ ތަފާސްހިސާބުތަކަސް ބަލާއިރު އަހަރަކު 757،000 ފިރިހެނުންނަށް ގެވެށި އަނިޔާލިބިގެން ރިޕޯޓުކޮށްފައި އެބަހުއްޓެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ރިޕޯޓުކުރާ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކީ ފިރިހެނެކެވެ. އަދި އަހަރެއްގެ މައްޗަށް 1.5 މިލިއަން އަންހެނުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާކަމީވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ.

ގެވެށި އަނިޔާގެ ވާހަކަތައް އަބަދުވެސް ދެކެވޭއިރު ފިރިހެނުންނަށް ގެވެށި އަނިޔާ ލިބޭ ވާހަކަ ގިނަ ބަޔަކު ދައްކަންފެށީ މަޝްހޫރު އެކްޓަރ, ލަވަލިޔުންތެރިޔާ އަދި ޕްރޮޑިއުސަރ ޖޯނީ ޑެޕް އޭނާގެ ކުރީގެ އަނބިމީހާ އެމްބަރ ހަރޑްއަށް އަނިޔާކުރި ކަމަށްބުނެ އެ މައްސަލައިގެ ޝަރީއަތްތައް ކުރިއަށްދާވަރަކުން އަސްލު ކަން ހިނގާފައިއޮތްގޮތް އެނގި މައްސަލަ އެހެން ކޮޅަކަށް އެނބުރުނު ހިސާބުންނެވެ.

ހަރޑް ވަނީ މީގެ އަހަރުތަކެއް ކުރިން ޑެޕް އޭނާއަށް އަނިޔާކުރާ ކަމަށްބުނެ އެ ވާހަކަތައް މީޑިއާއާވެސް ހިއްސާކޮށްފައެވެ. މިކަން ވެގެންދިޔައީ އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކެރެކްޓަރ "ޖެކް ސްޕެރޯ" ގެ ކެރިއަރަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރަން ފެށި ކަމަކަށެވެ. އެހުރިހާ ކަމެއް ވީއިރުވެސް ޑެޕްއަށް ވާހަކަދެއްކުމުގެ ފުރުސަތެއް ނުލިބުނެވެ. އޭނާއަށް ހަރޑްގެ ފަރާތުން ލިބެމުންދިޔައީ މަލާމާތާއި، އިހާނެތި ބަސްތަކެވެ. އަނބިމީހާގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. އަހަރުތަކަކަށް އުނދަގޫ އެތައް ކަމެއް އޭނާ ވަނީ ތަހައްމަލުކުރަންޖެހިފައެވެ. އަދި އާޚިރުގައި ގެވެށި އަނިޔާކުރާކަމަށް ނަންވީވެސް ޚުދު އޭނާއެވެ.

މިއީ ގެވެށި އަނިޔާ ތަހައްމަލުކުރަމުދިޔަ އެންމެ ފިރިހެނެއްގެ ވާހަކައެވެ. އަދި އަނިޔާއަކީ ވަކި ޖިންސަކަށް، ވަކި ޝަޚުސަކަށް ވީތީ ލިބޭ އެއްޗެއް ނޫންކަންވެސް މިއަދު މިވަނީ އެނގިފައެވެ. މިގޮތަށް އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ހިތްވަރު ނުލިބި ކިހާ ބަޔަކު ތިބޭނެތޯއެވެ؟ މުޖުތަމައުން އެމީހުންގެ ވާހަކަ ގަބޫލުނުކޮށްފާނެތީ އެވާހަކަ ނުދައްކާ ކިހާ ބަޔަކު ތިބޭނެތޯއެވެ؟ އުނދަގޫވި ނަމަވެސް މި ވާހަކަތައް ދައްކަންޖެހެއެވެ. ކޮންމެ މީހަކީވެސް މުޖުތަމައަށް މުހިންމު މީހެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
16 މާރިޗު 2017

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!
12 މާރިޗު 2017

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
14 ޖެނުއަރީ 2017

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

14 ޖެނުއަރީ 2017
އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް