Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީގެ ތަހުގީގުތައް

ދައުލަތަށް ލިބެންޖެހޭ 1.5 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އޭސީސީން ކަމާގުޅުން ހުރި އިދާރާތަކަށް އަންގައިފި

އެއީ ވޭތުވެދިޔަ 01 މަސްދުވަހުގެ ތެރޭގައި ތަޙްޤީޤުކޮށް ނިންމި މައްސަލަތަކުގައި ހިމެނޭ ފައިސާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އެޕްރީލު 2022 | ބުދަ 06:42
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

ދައުލަތަށް ލިބެންޖެހޭ މިލިއަނަަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް އޭސީސީން ކަމާގުޅުން ހުރި އިދާރާތަކަށް އަންގައިފިއެވެ.

އޭސީސީން ބުނީ، އެއީ އެ ކޮމިޝަނުން ވޭތުވެދިޔަ 01 މަސްދުވަހުގެ ތެރޭގައި ތަޙްޤީޤުކޮށް ނިންމި މައްސަލަތަކުގައި ހިމެނޭ ފައިސާ ކަމަށެވެ. އެގޮތުން 1,570,814.44 (އެއްމިލިއަން ފަސްސަތޭކަ ހަތްދިހަހާސް އަށްސަތޭކަ ސާދަ ރުފިޔާ ސާޅީސް ހަތަރު ލާރި) އަނބުރާ ހޯދުމަށް އެދި، ކަމާގުޅުން ހުރި އިދާރާތަކަށް ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން އޭސީސީން ބުނީ، ދައުލަތަށް އަނބުރާ ހޯދުމަށް އަންގާފައިވާ ފައިސާ ހިމެނޭ މައްސަލަތަކުގެ ތެރޭގައި ރ.އަލިފުށީ އެކި ސަރަހައްދުތަކުން ދޫކޮށްފައިވާ ކުލީ ބިންތަކުން ކުލި ނުލިބިވާ މައްސަލައެއް ހިމެނޭ ކަމަށެވެ.

އެއީ ސެޕްޓެންބަރު 2020އާ ހަމައަށް ނުލިބިވާ ފައިސާކަން ފާހަގަކޮށް އޭސީސީން ބުނީ، އޭގެ ތެރޭގައި 10 ފަރާތަކަށް ދޫކޮށްފައިވާ 12 ބިމެއްގެ ކުލީގެ ފައިސާ ހިމެނޭ ކަމަށެވެ. އެއީ 1.4 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެއަށް ދޫކޮށްފައިވާ ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކުރުމުގެ އުސޫލާ ޚިލާފަށް، 2007 ވަނަ އަހަރުގައި ކޮށްފައިވާ ޚަރަދުތަކެއް އަނބުރާ ހޯދުމަށްވެސް ވަނީ އަންގާފައެވެ.

ހަމައެއާއެކު، ހއ. ބާރަށު ކައުންސިލާއި އަމިއްލަ ފަރާތަކާ ދެމެދު 2015 ވަނަ އަހަރުގައި ވެފައިވާ އެއްބަސްވުމަކާއި ގުޅިގެން އަނބުރާ ލިބެން ޖެހޭ ފައިސާވެސް ހިމެނެއެވެ.

ކޮރަޕްޝަން ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އިންސާފުވެރި ޝަރީޢަތެއްކޮށް, އަދަބު ދިނުމުގެ އިތުރުން ދަޢުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ އެއްވެސް ޝަރުތެއްނެތި ދައުލަތަށް އަނބުރާ ލިބެންޖެހޭކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ދައުލަތަށް ގެއްލިގެންދާ ފައިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް ގާނޫނީ ހުރަހެއް އޮތްތޯ ބެލުމަށް ދިރާސާއެއް ހަދަމުން އަންނަ ކަމަށްވެސް އެ ކޮމިޝަނުން ދާދި ފަހުން ވަނީ ބުނެފައެވެ.

ގެއްލިގެންދާ ފައިސާ ހޯދުމަށް ގުޅުން ހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކޮށް ކޮމިޝަނުގެ އައު މެމްބަރުން ވަނީ ފުލުހުންނާއި، ދައުލަތުގެ ޕްރޮސެކިއުޓަރުންނާ އެކުވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުންތަކުގެ ނަތީޖާ ރަނގަޅު ކަމަށް އޭސީސީން ބުނެއެވެ.

އައު މެމްބަރުން ކޮމިޝަނާއި ހަވާލުވެ މަސައްކަތް ފަށާފައިވަނީ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ. އޭސީސީގެ އައު މެމްބަރުންނަކީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް، ނާއިބު ރައީސް އަބްދުއްސަލާމް އާއި ތާހާ މުހައްމަދު، ޝަޒްނާ ހާޝިމް އަދި ޝިޔާމާ މުހައްމަދު އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންއޭސީސީ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް ދިން މައްސަލަ އޭސީސީ އަށް

23 ޑިސެމްބަރު 2025
ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް ދިން މައްސަލަ އޭސީސީ އަށް
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު