Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޕީއެލްގެ ރޯދަމަހުގެ މަސައްކަތްތައް

މި ރޯދަމަހު ރެކޯޑު އަދަދަކަށް މުދާ ކްލިއަރކޮށްފި

ފާއިތުވި ތިން އަހަރަށްވުރެ ގިނައިން މިއަހަރު މުދާ ކްލިއަރކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 26 އެޕްރީލު 2022 | އަންގާރަ 13:00
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ

މި ރަމަޟާންމަހު ރެކޯޑު އަދަދަކަށް ރާއްޖެއަށް މުދާ އެތެރެކޮށްފައިވާކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހާމަކޮށްފިއެވެ.

ރަމަޟާން މަހު އެމްޕީއެލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ފާއިތުވި 3 އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ރަމަޟާން މަހު ރެކޯޑު އަދަދަކަށް ރާއްޖެއަށް މުދާ އެތެރެކޮށްފައިވާކަމަށެވެ.

މިގޮތުން ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ކްލިއަރ ކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށާއި، މިކަން ހާސިލްކުރުމަށް ޕޯޓުގެ މަސައްކަތްތަކަށްވެސް ބަދަލު ގެނެސްފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ދައްޗެއް ނެތި ހުރިހާ ޝިޕްމަންޓެއް ކްލިއަރ ކުރެވިފައިވާކަމަށާއި، ގެނައި ހުރިހާ އެއްޗެއް ބާޒާރާ ހަމައަށް ފޯރުކޮށްދެވިދައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިދިޔަ 3 ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި ހުރިކަން ދައްކާ ކަމަށެވެ. މިގޮތުން ކޮންޓެއިނަރު ކާގޯ ކްލިއަރ ކުރެވިފައި ހުރި ވަރު 2021 ވަނަ އަހަރަށްވުރެ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ތިން ހަފްތާ ރަނގަޅުކަމަށް ޝާހިދު ވިދާޅުވިއެވެ. 2019 ވަނަ އަހަރާ އަޅާ ބަލާއިރު ކުޑަކޮށް ދަށްވިނަމަވެސް ރަމަޟާން މަސް ނިމޭއިރު 2019 ވަނަ އަހަރު މުދާ އެތެރެކުރެވުނު މިންވަރާ ކައިރި ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް އޮޕަރޭޓިން އޮފިސަރ މުހައްމަދު މަސީހު ވިދާޅުވީ ފާއިތުވި 3 ހަފްތާގައި އެމްޕީއެލްގެ މަސައްކަތްތައް ކުރިއަށްދިޔައީ ވަރަށް ބާރުބޮޑުކޮށް ކަމަށެވެ. ދުވާލަކު ބޯޓެއް ކޯލްކޮށްފައި އެބަހުރި ކަމަށާއި، ކޮންޓެއިނަރަށް ބަލާއިރު ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ބޯޓެއް ކޯލްކޮށްފައިވާކަމަށް މަސީހު ވިދާޅުވިއެވެ.

އެމްޕީއެލްޝާހިދު އަލީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު