Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް ޗުއްޓީއަށް

މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް

މިދިޔަ ދައުރުގައި ބާއްވާފައިވަނީ 35 ޖަލްސާއެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 26 އެޕްރީލު 2022 | އަންގާރަ 11:17
މި އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދިޔައީ ފެބްރުއަރީ 3 ވަނަ ދުވަހުން ފެށިގެން އެޕްރީލް 25ށް

މި އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދިޔައީ ފެބްރުއަރީ 3 ވަނަ ދުވަހުން ފެށިގެން އެޕްރީލް 25ށް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ފުރަތަމަ ދައުރު ނިމުނުއިރު ގާތްގަނޑަކަށް 50 އިންސައްތަ މަސައްކަތްވަނީ ނިމިފައެވެ. މި އަހަރުގެ ފުރަތަމަ ދައުރު ކުރިއަށްދިޔައީ ފެބްރުއަރީ 3 ވަނަ ދުވަހުން ފެށިގެން އެޕްރީލް 25ށެވެ.

މި ދައުރުގައި ރައްޔިތުންގެ މަޖިލީހަށް 36 ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް، މި ދައުރުގައި ހުށައަޅާފައިވަނީ 28 ބިލެކެވެ. އޭގެ ތެރެއިން 8 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. ތަޅުމަށް ހުށަހެޅުނު 10 ގަރާރުގެ ތެރެއިން 2 ގަރާރުގެ މަސައްކަތްވަނީ ނިންމާފައެވެ. ސަރުކާރުން ހުށައެޅި 8 މައްސަލައެއް އެޖެންޑާކޮށް 7 މައްސަލައެއް ނިންމިއެވެ.

މި ދައުރަށް ރިޔާސަތުންވެސް 8 މައްސަލައެއް ހުށައެޅިއެވެ. ނިމިފައިވަނީ ފަސް މައްސަލައެކެވެ. މެންބަރުން ހުށައަޅުއްވާފައިވާ 10 މައްސަލައިގެތެރެއިން ނިމުނީ ހަތަރު މައްސަލައެކެވެ. އެހެނިހެން މައްސަލަތަކާގުޅޭ 6 ރިޕޯޓެއް މި ދައުރަށް ހުށައެޅި, 1 ރިޕޯޓްގެ މަސައްކަތް ވަނީ ނިންމާފައެވެ.

ވަޒީރުންނާ ސުވާލު ކުރުމަށް މެންބަރުންނަށް ލިބޭ ފުރުސަތުގެ ދަށުން 46 ސުވާލެއް ކުރުމަށް ހުށަހެޅި، 26 ސުވާލެއް ޖަވާބު މިދައުރުގައި ހޯދާފައިވެއެވެ. ނިމިދިޔަ ދައުރުގައި 12 ކުއްލި މައްސަލައެއް ހުށަހެޅިއެވެ.

މިދިޔަ ދައުރުގައި ބާއްވާފައިވަނީ 35 ޖަލްސާއެވެ. އެ ޖަލްސާތަކަށް 71 ގަޑިއިރާއި 11 މިނެޓް ހޭދަކޮށްފައިވެއެވެ. ކޮމެޓީތަކުގައި މެންބަރުން ވަނީ 134 ގަޑިއިރާއި 18 މިނެޓް ހޭދަ ކުރައްވާފައެވެ. އެއީ ޖުމްލަ 170 ކޮމެޓީ ބައްދަލުވުމުގައެވެ. މުޅި ދައުރަށް 131 މަސައްކަތެއް ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިން 65 މަސައްކަތެއް ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އަދި ޖުމްލަ މަސައްކަތް ހާސިލުކުރެވުނު މިންވަރު ހުރީ 49.6 ޕަސެންޓްގައި ކަމަށް ބުނެއެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު