Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޯއައިޖީ 2023

އިންޑިއަން އޯޝަން އައިލަންޑް ގޭމްސް 2023 ގައި ވާދަކުރާ ޤައުމީ ސްވިމިން ޓީމް އެކުލަވާލައިފި

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް 25 ން ސެޕްޓެމްބަރ 3 އަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 29 ޖޫން 2023 | ބުރާސްފަތި 19:23
ޤައުމީ ސްވިމިންގ ޓީމް

ޤައުމީ ސްވިމިންގ ޓީމް

މަޑަގަސްކަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި (އައިއޯއައިޖީ) ދިވެހިރާއްޖެ ތަމްޞީލުކުރާ  ފެތުންތެރިންގެ ޓީމު އިޢުލާނުކޮށްފިއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ޓީމު ހޮވާފައިވަނީ އެކަމަށް ޚާއްސަކޮށްގެން ޓްރަޔަލް އެއް ބޭއްވުމަށްފަހުއެވެ. މި ޓްރަޔަލްގެ ނަތީޖާއަށް ބެލުމަށްފަހު، ފިރިހެން ޓީމުގައި ހިމެނިފައިވަނީ، މުޙައްމަދު ރިޙާން ޝިހާމް، ޢަލީ އިމްޢާން، އަޙްމަދު ނީޤް ނިޔާޒް، މުބާލް ޢައްޒާމް އިބްރާޙީމް، މުޙައްމަދު ޢާން ޙުސައިން، އަދި މުޙައްމަދު ޖޫދު ފަޔާޒެވެ.

ޤައުމީ އަންހެން ޓީމުގައި ހިމެނިފައިވަނީ  މިރާލް ޢައިން ލަތީފް، ޙަމްނާ އަޙްމަދު، ޢީން އައްބާސް ޝަރީފް، ޙަނާން ޙުސައިން ޙަލީމް، ޒައިނަބް ޢަބްދުﷲ ޝަފީޤް، އަދި ޢައިޝަތު ސައުސަން އެވެ.

މުޙައްމަދު ޢާން ޙުސައިން އާއި ޢައިޝަތު ސައުސަން އަކީ މި އަހަރުގެ ސްޕޯޓްސް އެވޯޑުގައި އެންމެ މޮޅު ފެތުންތެރިންގެ ގޮތުގައި ހޮވުނު ދެ އެތުލީޓުންނެވެ. އަންހެނުންގެ (ލޯންގ ކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް މިވަގުތު އޮތީ އަންހެން ޓީމުގައި ހިމެނިފައިވާ ޙަނާން ޙުސައިން ޙަލީމްގެ އަތުގައެވެ.

ފިރިހެން ޓީމުގައި ހިމެނިފައިވާ މުބާލް ޢައްޒާމް އިބްރާޙީމްވެސް ވަނީ ތަފާތު ރެކޯޑުތަކެއް ހަދާފައެވެ. އޭގެތެރޭގައި ފިރިހެނުންގެ ޝޯރޓްކޯސް 200 އަދި 400 މީޓަރުގެ މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް ހިމެނެއެވެ. ހަމައެއާއެކު އަންހެން ޓީމުގެ ޢީން އައްބާސް ޝަރީފް ވަނީ ތައިލެންޑުގައި ކުރިއަށް ދިޔަ އޭޖް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް 400 މީޓަރުގެ އިންޑިވިޖުއަލް މެޑްލީ، 200 މީޓަރުގެ ބަޓަފްލައި ސްޓްރޯކް، 400 މީޓަރުގެ ފްރީ ސްޓައިލް އަދި 800 މީޓަރުގެ ފްރީ ސްޓައިލް އިން ރަން މެޑަލް ހޯދާފައެވެ.

100 މީޓަރުގެ ބަޓަފްލައި ރެކޯޑް ހަދާފައިވަނީ މިރާލް ޢައިން ލަތީފްއެވެ. މީގެއިތުރުން ހަތަރެއް ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް ހެދި ރިލޭ ޓީމުގެ އެތުލީޓުންނަށްވެސް ޤައުމީ ޓީމުން ޖާގަ ލިބުނެވެ. އެއީ ސައުސަން، ހަމްނާ، ރިހާން އަދި މުބާލް އެވެ.

އިއޯއައިޖީގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް 25 ން ސެޕްޓެމްބަރ 3 އަށެވެ.

އައިއޯއައިޖީސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި

ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި

07 އޮކްޓޯބަރު 2024
ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

06 ފެބުރުއަރީ 2024
ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި

ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި

27 ޑިސެމްބަރު 2023
ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ

ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ

19 ޑިސެމްބަރު 2023
އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި

އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި

10 އޯގަސްޓު 2023

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު