Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދިގު އުމުރު

އުމުރު ދިގުވުމުގެ އެއް ސިއްރަކީ ޕޮޒިޓިވް ވިސްނުމެއް ގެންގުޅުން

26 އެޕްރީލު 2022 | އަންގާރަ 07:21

ރަގަޅު ކާނާ އާއި ފަތިހު ހޭލުމަކީވެސް އުމުރު ދިގުވުމަށް އެހީވެދޭ ކަންކަން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 26 އެޕްރީލު 2022 | އަންގާރަ 07:21
ކާނޭ ތަނާކާ

ކާނޭ ތަނާކާ

ދުނިޔޭގައި ދިރިހުރި އެންމެ އުމުރު ދިގު މީހާ ކަމަށްވާ ޖަޕާނުގެ ކާނޭ ތަނާކާ ވަނީ އެޕްރިލް 19 ވަނަ ދުވަހު މަރުވެފައެވެ. އޭނާ މަރުވެފައިވަނީ މި ރިކޯޑް ހާސިލްވިތާ ނުވަ ދުވަސް ފަހުންނެވެ. ތަނާކާއަކީ ދުނިޔޭގައި މިހާތަނަށް ހުރި ދެވަނައަށް އެންމެ އުމުރު ދިގު މީހާވެސް މެއެވެ.

ޖަޕާނުގެ ފުކުއޯކާ ޕްރީފެކްޗަރަށް ނިސްބަތްވާ ތަނާކާ ދުނިޔޭގެ އަލިކަން ދެކެފައިވަނީ 1903 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެއީ ދުނިޔޭގައި ފުރަތަމަ މަތިންދާ ބޯޓު އުފެއްދި އެމެރިކާގެ ރައިޓް ބްރަދާސް އެކަން ކުރުމުގެވެސް އަހަރެއްހާދުވަސް ކުރިއެވެ. ކާނޭ ތަނާކާ އެޕްރިލް 19 ވަނަ ދުވަހު މަރުވިއިރު އުމުރަކީ 119 އަހަރާ 107 ދުވަހެވެ.

އޭނާގެ ދިގު އުމުރުގެ ސިއްރަކީ ކޮބާތޯ އެހުމުން އޭނާ ބުނެފައިވަނީ ބޮޑު އާއިލާއެއް އޮވެ އާއިލާގެ އެހީތެރިކަން ލިބެމުން ދިއުމާއި، ރަގަޅަށް ނިދުމާއި، އަބަދުވެސް ޕޮޒިޓީވް އަދި އުންމީދީ ވިސްނުމެއް ގެންގުޅުމާއި، ރަނގަޅު ކާނާ ބޭނުން ކުރުމާއި އަދި ސިކުޑީގެ ކަސްރަތެއްގެ ގޮތުން ހިސާބުގެ އެކި ޕަޒްލްތައް ހެދުމަށް ލޯބި ކުރާތީ އެކަން އޭނާގެ އުމުރު ދިގުވުމަށް އެހީތެރި ވެދިން ކަމުގައެވެ. މީގެ އިތުރުން ކާނޭ ތަނާކާ އަކީ ފަތިހު ތެދުވުމަށް ލޯބި ކުރި މީހެކެވެ. މިގޮތުން އެންމެ ލަސްވެގެންވެސް ހައެއްޖަހާއިރު އޭނާ ތެދުވެ ދުވަހުގެ މަސައްކަތް ފަށާކަމަށް ވެއެވެ.

ކާނޭ ތަނާކާ މަރުވިކަން އިއުލާން ކޮށްފައިވަނީ ފުކުއޯކާގެ އޮފިޝަލެކެވެ. އޭނާ މަރުވީ ހޮސްޕިޓަލްގައި ކަމަށާއި މަރުވީ މުސްކުޅިވުމުގެ ސަބަބުން ކަމަށް އިއުލާނުކޮށްފައިވެއެވެ. ކާނޭ ތަނާކާ ގެންގުޅެމުން އައީ ނަރސިންގ ހޯމް އެއްގައެވެ. އެނާއަށް ވަނީ ދެ ޕެންޑަމިކް އަދި ބޮޑު ދެހަގުރާމަ ފެނިފައެވެ. އޭނާގެ ސިއްހަތު އާންމު ގޮތެއްގައި ރަނގަޅެވެ. އަދި ބޯޑް ގޭމްސްފަދަ ކުޅިވަރުތައް ކުޅެ ހިސާބުގެ އެކި މަސައްކަތްކޮށް އަދި ސޯޑާ އާއި ޗޮކްލެޓްފަދަ އެއްޗެތި ބޭނުންކުރުމަށް ލޯބި ކުރިއެވެ.

ގިނިސް ބުކް އޮފް ވަރލްޑް ރިކޯޑްސްގައި ދުނިޔޭގައި ހުރި އެންމެ އުމުރުދިގު މީހާގެ ގޮތުގައި އޭނާގެ ނަން ރިކޯޑް ކުރީ 2019 ވަނަ އަހަރުއެވެ. އޭނާގެ ހަޔާތުން އެންމެ އުފާވެރި ދުވަސްވަރަކީ ކޮބާތޯ ސުވާލު ކުރުން އޭނާ ބުނެފައިވަނީ "މިހާރު" ކަމަށެވެ.

ދެވަނަޔަށް އެންމެ އުމުރު ދިގު މީހާގެ ރިކޯޑް ކުރިން އޮތީ އެމެރިކާގެ ރައްޔިތެއްކަމަށްވާ ސާރާ އަށެވެ. އެއީ 119 އަހަރާ 97 ދުވަހެވެ. މިރިކޯޑް ފަސްދީ ތަނާކާ ދިޔައީ އެޕްރިލް ދިހަވަނަ ދުވަހުއެވެ.

ދުނިޔޭގައި މިހާތަނަށް ހުރި އެންމެ އުމުރު ދިގު މީހާއަކީ ފްރާންސްގެ ރައްޔިތެއް ކަމަށްވާ ޖާން ކަލްމެންޓް އެވެ. އެއީ 122 އަހަރާ 164 ދުވަހެވެ.

މިވަގުތު ދިރިހުރި އެންމެ އުމުރުން ދުވަސްވީ މީހަކީ ފްރާންސްގެ ރައްޔިތެއް ކަމަށްވާ ލުސީލް ރެންދަން އެވެ. އޭނާގެ އުމުރަކީ 118 އަހަރެވެ.  

ޖަޕާން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
23 އޯގަސްޓު 2025

ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

23 އޯގަސްޓު 2025
ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ
01 ޖުލައި 2025

ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ

01 ޖުލައި 2025
ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ
27 ޖެނުއަރީ 2025

ޖަޕާނުން ފްރާންސް ބަލިކޮށް ޕޭސްޓްރީ ވޯލްޑް ކަޕް ކާމިޔާބުކޮށްފި

27 ޖެނުއަރީ 2025
ޖަޕާނުން ފްރާންސް ބަލިކޮށް ޕޭސްޓްރީ ވޯލްޑް ކަޕް ކާމިޔާބުކޮށްފި
18 ޑިސެމްބަރު 2024

ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި

18 ޑިސެމްބަރު 2024
ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި
02 ނޮވެމްބަރު 2024

ޖަޕާނަށް ބޯކޮށް ވާރޭވެހި 200،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގައިފި

02 ނޮވެމްބަރު 2024
ޖަޕާނަށް ބޯކޮށް ވާރޭވެހި 200،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް