Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްދީނުގެ މަގު

ހެޔޮކަންތައް ކުރަންވީ ހެޔޮކަމަކަށްވީތީއެވެ.

ހެޔޮކަންތައް ކުރުން އިސްލާމްދީނުގައި ކަނޑައެޅިފައި އޮންނަނީ، އެކަމުން ހެޔޮކަންކުރާ މީހާއަށް ލިބެނިވި މާއްދީ ފައިދާއަކަށް ނޫން

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 23 އެޕްރީލު 2022 | ހޮނިހިރު 05:46
މިސްކިތެއްގައި ބަޔަކު ދުއާކުރާތަން ދައްކައިދޭ ފޮޓޯއެއް

މިސްކިތެއްގައި ބަޔަކު ދުއާކުރާތަން ދައްކައިދޭ ފޮޓޯއެއް

އިސްލާމްދީނަކީ ހެޔޮކަމުގެ ދީނެވެ. އިންސާނުންގެ ހަމަހަމަކަމާއި، މިނިވަންކަމާއި، އިންސާނީ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކޮށްދޭ ދީނެވެ. މުޖުތަމައުގެ އަފްރާދުންގެ މެދުގައި އޮންނަންޖެހޭ, އެކަކު އަނެކަކަށް ހެޔޮއެދުމާއި އިހުސާންތެރިވުން އޭގެ އެންމެ މަތިވެރި ގޮތުގައި ކަނޑައެޅިފައިވާ ދީނެވެ. މިއިން އެއްވެސް ކަމެއް އިސްލާމްދީނުގައިވާ މިންވަރަށް، ނުވަތަ އެއާ ގާތްކުރާ މިންވަރަކަށް، އެހެން އެއްވެސް ދީނެއްގައި ނުވަތަ ހަޟާރަތެއްގައި ނުވެއެވެ. މިއީ ކުރީ ޒަމާނުގައި ވެސް އަދި މިހާރު ވެސް އިންސާފަށް ލޯބި ކުރާ އެންމެން އެއްބަސްވާ ހަގީގަތެކެވެ.

ހެޔޮކަންތައް ކުރުން އިސްލާމްދީނުގައި ކަނޑައެޅިފައި އޮންނަނީ އެކަމުން ހެޔޮކަންކުރާ މީހާއަށް ލިބެނިވި މާއްދީ ފައިދާއަށްޓަކައެއްނޫނެވެ. ފަގީރުންނަށް އެހީތެރިވާންޖެހޭނީ އެމީހެއްގެ ފަރާތުން ފަހުން މަންފާއެއް ލިބޭތީއެއްނޫނެވެ. ކުޑަކުދިންނަށް އޯގާތެރިވާން ޖެހެނީ މުސްތަގުބަލުގައި އެކުދިންގެ ފަރާތުން އެހީތަކެއް ލިބިދާނެ ކަމުގެ އުއްމީދުގައެއްނޫނެވެ. މީހުންނަށް ކަމޭހިތައި މީހުންގެ ޝުއޫރުތަކަށް ރައްކާތެރިވާންޖެހެނީ، އެމީހުންގެ ފަރާތުން ކޮށްފާނެ މަންފާއަކަށްޓަކައެއް ނޫނެވެ.

އިސްލާމީ އުސޫލަކީ މިއީ ކަމުގައިވިޔަސް، މިކަމަކީ ވަރަށް ގިނަ މީހުންނަށް އޮޅިފައި އޮންނަ ކަމެކެވެ. ގިނަ މީހުން ކަމޭ ހިތަނީ، ނުފޫޒުގެ އަހުލުވެރިންނަށެވެ. މަތީ މަގާމުތަކުގައި ތިބޭ މީހުންނަށެވެ. މުއްސަނދިންނަށެވެ. ނިކަމެތިންނަށް ކަމޭހިތުމެއް ނޯވެއެވެ. ތިމާ ނުދަންނަ މީހަކަށް އެހީތެރިކަމެއް ނުބަހައްޓައެވެ. ދެރަ މީހަކަށް ޚިދުމަތެއް ކޮށްދިނުމަކަށް ނުރުހެވެއެވެ.

މިއީ މިކަން އޮންނަންވީ ގޮތެއް ނޫނެވެ. ހަގީގަތުގައި މާތް މީހަކީ, މުއްސަނދިންނަށް ނުވަތަ ބާރުގެ އަހުލުވެރިންނަށް ކަމޭހިތާ މީހާއެއް ނޫނެވެ. އަދި ކީއްތޯއެވެ. ތިމާ ނުދަންނަ މީހުންނަށާއި، އެމީހެއްގެ ފަރާތުން ތިމާއަށް ފައިދާއެއް ލިބިދާނެކަމަށް ހީނުވާ މީހުންނަށް އިހުސާންތެރިވާ މީހާއެވެ. ހެޔޮކަމަކަށްވީތީ ހެޔޮކަން ކުރާ މީހާއެވެ. މިމާނާގައި މީސްތަކުންނަށް ހެޔޮކަން ފޯރުވާ މީހުންނަށް ހުރި ސަވާބާއި ރަހުމަތުގެ ވާހަކަ ކީރިތި ޤުރުއާނުގައި ވަރަށް ގިނަ އާޔަތްތަކުގައި އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް އާޔަތެއްގައި ވެއެވެ.  "إِنَّ رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ " މާނައީ: "ހަމަކަށަވަރުން، اللَّه ގެ رحمة ފުޅުވަނީ، إحسان ތެރިންނާ ގާތުގައެވެ." ( އަލް އަޢްރާފް 56)

ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ދީނުގެމަގުރަމަޟާން 1443ހެޔޮ ޢަމަލުކުރުން

އިތުރަށް ކިޔާލަން

23 އެޕްރީލު 2024

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

23 އެޕްރީލު 2024
އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
18 ޖުލައި 2023

ދޫ ރައްކާތެރި ކުރާށެވެ.

18 ޖުލައި 2023
ދޫ ރައްކާތެރި ކުރާށެވެ.
23 ފެބުރުއަރީ 2023

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ
17 ސެޕްޓެމްބަރު 2022

ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

17 ސެޕްޓެމްބަރު 2022
ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން
03 ސެޕްޓެމްބަރު 2022

ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

03 ސެޕްޓެމްބަރު 2022
ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން
14 އޯގަސްޓު 2022

ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން

14 އޯގަސްޓު 2022
ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން
08 މެއި 2022

އިޙްސާންތެރިންނަކީ ރުޅި އަންނަ ހިނދު ކެތްތެރިވާ މީހުންނެވެ.

08 މެއި 2022
އިޙްސާންތެރިންނަކީ ރުޅި އަންނަ ހިނދު ކެތްތެރިވާ މީހުންނެވެ.
28 އެޕްރީލު 2022

އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

28 އެޕްރީލު 2022
އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ
28 އެޕްރީލު 2022

މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

28 އެޕްރީލު 2022
މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން
28 އެޕްރީލު 2022

ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ

28 އެޕްރީލު 2022
ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު