Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ 130 ވަނަ އަހަރީ ދުވަސް

މިނިވަންކަން ރައްކާތެރިކުރުމުގެ ޒިންމާ އަންހެން ވަޒީރަކަށް ހަވާލުކުރެއްވުމުން އަންހެނުންނަށް ރައީސް ކުރައްވާ އިތުބާރު އެނގިގެންދޭ - މިނިސްޓަރ މާރިޔާ

އަމާން، ޞުލްޙަވެރި މާޙައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަކީ އަމާޒު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 އެޕްރީލު 2022 | ހުކުރު 17:32
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން މަތިކޮށްފައިވާ ދިފާޢީ ވުޒާރާ ހިންގުމުގެ މަތިވެރި ޒިންމާ، ދިވެހި ތާރީޚުގައި، ފުރަތަމަ ފަހަރަށް އަންހެން ވަޒީރަކާ ޙަވާލުކުރައްވާ، ދިވެހި އަންހެނުންނަށް ރައީސް ޞާލިޙް ކުރައްވާ އިތުބާރާއި އިޙްތިރާމް ޢަމަލުފުޅުން ޘާބިތުކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، 130 ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން، "މިނިސްޓަރުގެ ގަލަންކޮޅުން" މިނަމުގައި މިނިސްޓްރީ އޮފް ޑިފެންސުން އާންމުކޮށްފައިވާ ލިޔުމެއްގައެވެ.

މި ލިޔުމުގައި މިނިސްޓަރ މާރިޔާ ވަނީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި އެމަނިކުފާނާ މަތިވެފައިވާ އެންމެ އިސް ވާޖިބަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، އަމާން، ޞުލްޙަވެރި މާޙައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި މިކަން ކަށަވަރުކުރުމުގައި، ދިވެހިރާއްޖޭގެ ދިފާޢީ އައްޑަނަ ކަމަށްވާ ދިވެހި ސިފައިންގެ ފުރާނަޔާއި ނިންޖާއި އަރާމު ވަޤުފްވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ. ރައީސް ޞާލިޙްގެ އެންމެ އިސް ވާޖިބުކަމަށްވާ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން މަތިކޮށްފައިވާ ދިފާޢީ ވުޒާރާ ހިންގުމުގެ މަތިވެރި ޒިންމާ، ދިވެހި ތާރީޚުގައި، ފުރަތަމަ ފަހަރަށް އަންހެން ވަޒީރަކާ ޙަވާލުކުރައްވާ، ދިވެހި އަންހެނުންނަށް އެމަނިކުފާނު ކުރައްވާ އިތުބާރާއި އިޙްތިރާމް ޢަމަލުފުޅުން ޘާބިތުކޮށްދެއްވި ކަމަށްޓަކައި، ޤައުމުގެ ހުރިހާ އަންހެން ބޭފުޅުންގެ ނަމުގައި މިނިސްޓަރ މާރިޔާ ވަނީ ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.

ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި، ސިފައިން ހޯދި ކާމިޔާބީތަކުގެ ފަހަތުގައިވަނީ ރައީސް ޞާލިޙް ސިފައިންގެ ކަންކަމަށް ދެއްވާ ޚާއްޞަ އަޙައްމިއްޔަތުކަން ޝުކުރާ އެކީ ފާހަގަކުރައްވާކަމަށްވެސް މިނިސްޓަރ މާރިޔާވަނީ ވިދާޅުވެފައެވެ. ސިފައިންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ޤައުމުގެ އަމާންކަން - ސިފައިންގެ އަމާޒު" މިއެވެ.

އެމްއެންޑީއެފްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު