Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދުރޭ ހަޑިހުތުރު ބަސް ބޭނުންކުރެއްވުން

އަނެއްކާވެސް އަދުރޭގެ ހަޑިހުތުރު އެއްޗެހި ގޮވުމުގެ މައްސަލައެއް، މިފަހަރު ރޯދަމަހު ދުވާލު

21 އެޕްރީލު 2022 | ބުރާސްފަތި 19:01

ހަޑިހުތުރު އެއްޗެހި ގޮވުމުގެ މައްސަލައެއްގައި ކުރިންވެސް އަދުރޭއަށް ދައުވާކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އެޕްރީލު 2022 | ބުރާސްފަތި 19:01
އަދުރޭ ހަޑިހުތުރު ބަސް ބޭނުން ކުރެއްވި މައްސަލައެއް މީގެ ކުރިންވެސް ފުލުހުން ތަހުގީގުކުރި

އަދުރޭ ހަޑިހުތުރު ބަސް ބޭނުން ކުރެއްވި މައްސަލައެއް މީގެ ކުރިންވެސް ފުލުހުން ތަހުގީގުކުރި

އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ހަޑިހުތުރު ބަސް ބޭނުންކުރެއްވި މައްސަލައެއް ފެންމަތިވުމާއެކު، އާންމުންގެ އެތައް ބަޔަކު އަދުރޭއަށް ފާޑުކިޔައިފިއެވެ.

އަދުރޭ ހަޑިހުތުރު ބަސް ބޭނުންކުރައްވާފައިވަނީ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭންގެ ދަށުން ޕީޕީއެމް އޮފީހާއި, އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ ބެނަރތައް ނެގުމަށް ފުލުހުން ހަރަކާތެރިވި ވަގުތުއެވެ. އެވަގުތު އެތަނުގައި ތިބި ފުލުހުންނާ ދެއްކެވި ވާހަކައިގައި، އަދުރޭ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތައިރޮއިޑް ފަރުވާއާ ގުޅޭގޮތުން ހަޑިހުތުރު ބަހުން ވާހަކަދައްކަވާފައެވެ.

މީގެ ކުރިންވެސް އަދުރޭގެ މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައިގައި އޭނާގެ މައްޗަށް ދައުވާވެސް އުފުލާފައިވެއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހުކުމްކުރުމަށް ކްރިމިނަލް ކޯޓުގައި 28 ނޮވެމްބަރު 2019 ވަނަ ދުވަހު ބޭއްވި ޝަރީއަތް ކުރިއަށްދަނިކޮށް، ކްރިމިނަލް ކޯޓު ސަރަހައްދުގައި ހިނގަމުންދިޔަ މުޒާހަރާގައި ހުންނަވައިގެން، ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި ހަޑިހުތުރު ބަސް ބޭނުން ކުރެއްވުމުގެ މައްސަލައެކެވެ.

ދައުވާގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި 5 ފަނޑިޔާރުންނަށް ނިސްބަތްވާގޮތަށް ހަޑިހުތުރުބަސް ބޭނުންކުރައްވައި، އެބޭފުޅުންގެ ވެރިކަމެއްގައި އެ 5 ފަނޑިޔާރުން ޖަލަށްލާނެކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވާކަމަށެވެ.

ކްރިމިނަލް ކޯޓުގެ ސަރަހައްދުގައި ހުންނަވައިގެން ބޭއަދަބީ ބަސްތައް ބޭނުންކުރި މި މައްސަލަ ފުލުހުންނަށް ހުށައެޅީ ޑީޖޭއޭގެ ފަރާތުންނެވެ.

އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާއިރު، އަދުރޭ ރައްޔިތުންގެ މަޖިލީހުގައި އުޅުއްވިއިރުވެސް، އަވަގުރާނަ ގޮވުމުގެ އެތައް މައްސަލައެއް ފެންމަތިވެފައިވެއެވެ.

އޭގެ އިތުރުން، ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނެރުއްވި "ދެ ރަދުން" ފޮތާ ގުޅުވައިގެން މީޑިއާތަކުގެ ކުރިމަތީގައި ހަޑިހުތުރު އެއްޗެހި ގޮވުމުގެ މައްސަަލައެއްގައިވެސް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވެއެވެ.

ޕީޕީއެމް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ކްރިމިނަލް ކޯޓްއިންޑިއާ އައުޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް