Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތް

ކޯޓު އަމުރާއެކު، ފުލުހުން ޕީޕީއެމް އޮފީހާއި ޔާމީނުގެ ގެކޮޅަށް ވަދެ އިންޑިއާ އައުޓް ބެނަރ ނަގައިފި

ކޯޓު އަމުރުގެ ދަށުން، ޕީޕީއެމް އޮފީހުގައި ހަރުކޮށްފައިވާ ބެނަރވެސް ވަނީ ނަގާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 އެޕްރީލު 2022 | ބުރާސްފަތި 08:43
ފުލުހުން ކޯޓު އަމުރާއެކު ޕީޕީއެމް އޮފީހާއި ޔާމީނުގެ ގެކޮޅަށް ވަދެ އިންޑިއާ އައުޓް ބެނަރ ނެގުން

ފުލުހުން ކޯޓު އަމުރާއެކު ޕީޕީއެމް އޮފީހާއި ޔާމީނުގެ ގެކޮޅަށް ވަދެ އިންޑިއާ އައުޓް ބެނަރ ނެގުން

ބޮޑުތަކުރުފާނު މަގުގައި ހުންނަ, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބޮޑު ބެނަރ ފުލުހުން ނަގައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން, ބުރާސްފަތި ދުވަހު ފުލުހުން ވަނީ ޕީޕީއެމް އޮފީހުގައި ހަރުކޮށްފައިވާ ބެނަރވެސް ނަގާފައެވެ.

Advertisement - newsAdvertisement

ސިޔާސީ ބޭނުމެއްގައި, ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއް ކަމަށްވާތީ އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި, ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބުރާސްފަތި ދުވަހު ވަނީގަރާރެއްވެސް ނެރުއްވާފައެވެ.

ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި, ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމުގައިވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެކެވެ.

ވުމާއެކު، އެއްވެސް ޖާއިޒު މަގުސަދެއް ނެތި, ސިޔާސީ ބޭނުމެއްގައި, ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާ އައުޓްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު