Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަންނީ އުފެއްދުންތައް ގިންތި ކުރުމަށް ހުށައެޅުން

ފަންނީ އުފެއްދުންތައް ގިންތި ކުރުމަށް ހުށައެޅުން: މެމްބަރުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުގެ މެދުގައި ޚިޔާލު ތަފާތު

20 އެޕްރީލު 2022 | ބުދަ 09:37

އާންމު ކުރުމުގެ 10 ދުވަސް ކުރިން ބިއުރޯއަށް ހުށައެޅުމަށް ވަނީ އިސްލާހު ގެނެސްފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 20 އެޕްރީލު 2022 | ބުދަ 09:37
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި އެޓާރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި އެޓާރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން

ފަންނީ އުފެއްދުންތައް ގިންތި ކުރުމުގެ ބިލަށް ކޮމިޓީން ހުށައެޅި އިސްލާހާއި ގުޅޭ ގޮތުން އެޓާރނީ ޖެނެރަލްގެ އޮފީހާއި، ހެރިޓޭޖް މިނިސްޓްރީއާއެކު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ބައްދަލުކޮށްފިއެވެ.

ބުދަ ދުވަހު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، ކޮންމެ ޤައުމެއްގައިވެސް ކްލެސިފިކޭޝަނަށް ޚާއްސަ ބޯޑެއް ނުވަތަ އިދާރާއެއް އޮންނަ ކަމަށެވެ. އެހެންކަމުން ރާއްޖޭގައިވެސް ގިންތި ކުރުމަށް ޚާއްސަ ބިއުރޯއިން ފަަންނީ އުފެއްދުންތައް ގިންތި ކުރުމަށް އަލުން ބިލަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކްލެސިފިކޭޝަންގެ ބޭނުމަކީ މުޖުތަމައުގެ އަޚްލާގީ މިންގަޑު ހިފެހެއްޓުން ކަމުގައި އޭޖީ އޮފީހުން ބުނެއެވެ. އަދި މިހާރު އޮތް ގޮތުން، އުފައްދާ ފަރާތަށް ކްލެސިފިކޭޝަން ޙައްޤުތައް ދޫކޮށްލުމުން ޤާނޫނުގެ މަޤްސަދު ހާސިލު ނުވާކަމަށާއި، އެ ޙައްޤު އޮންނަން ވާނީ ސަރުކާރުގެ އަތުގައި ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުގެ ފަރާތުން މިކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެއޮފީހުގެ ކައުންސެލް ޖެނެރަލް އައިޝާ ނައީމް ވިދާޅުވީ، ކުރިން ކްލެސިފައި ކުރުމަށް ހުށައަޅާ އެކަން ކުރުމާއި، މުޖުތަމައުގެ މަސްލަހަތު ހިމާޔަތް ކުރުން އެއީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ކުރިން ބިލު ފަރުމާކޮށްފައި އޮތް ގޮތަށް ބޭވުމަށް އޭޖީ އޮފީހުންވަނީ ކޮމިޓީގައި އެދިފައެވެ. ފަންނީ އުފެއްދުން އުފައްދާ ފަރާތަށް ގިންތި ކުރުމުގެ ބާރު ދީފިނަމަ، ވިޔަފާރި ކުރިއެރުވުމަށް އަމިއްލަ މަސްލަހަތު އިސްކުރުމާއި، ފަހުން އިޔާދަނުކުރެވޭނެ ފަދަ ގެއްލުންތަކެއް ކުޑަކުދިންނަށް ލިބިގެން ހިނގައިދާނެ ކަމަށް އައިޝާ ވިދާޅުވިއެވެ.

ސަރުކާރުން ހުށައެޅި ބިލުގައި ބުނެފައިވަނީ، ފަންނީ އުފެއްދުންތައް އާންމު ކުރެވޭނީ ކްލެސިފިކޭޝަން ބިއުރޯއަށް ހުށައަޅައި ގިންތި ކުރުމަށް ފަހުގައި ކަމަށެވެ. ކޮމިޓީން މިކަމަށް އިސްލާހު ގެނެސްފައިވަނީ، ފަންނީ އުފެއްދުންތައް ހުށައަޅައިގެން ގިންތި ކުރުމުގެ ބަދަލުގައި އުފައްދާ މީހާއަށް އެ ޒިންމާ ދިނުމަށެވެ. އޭޖީ އޮފީހުން ބުނީ، ކޮމިޓީން ބިލަށް ގެނެސްފައިވާ މި އިސްލާހަކީ ރަނގަޅު އިސްލާހެއް ނޫން ކަމަށެވެ.

އަދި ހަމައެއާއެކު އާންމު ކުރުމުގެ 10 ދުވަސް ކުރިން ބިއުރޯއަށް ހުށައެޅުމުން އެކަން އިސްލާހުކުރަން ޖެހޭނަމަ އެ ފުރުސަތު ބިއުރޯއަށް ލިބޭ ގޮތަށްވެސް ވަނީ އިސްލާހެއް ހުށައަޅާފައެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ޓީވީ ޗެނަލްތަކުން ދައްކާ ކޮންޓެންޓް އުމުރާ ނުގުޅޭ ކުދިންނަށް ފެނުމުން އެ ލިބޭ ގެއްލުން މާ ބޮޑުކަމަށެވެ. ބްރޯޑްކާސްޓް ކުރުމާއި އޮންލައިން ކޮންޓެންޓަށް ވަކި ގޮތެއް އޮވެފައި، ފިލްމާއި ޑްރާމާ އަދި ފޮތް ނެރޭ މީހުންނަށް ވަކި ގޮތެއް އޮތުމަކީ އިންސާފުވެރި ގޮތެއްނޫން ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކަފުޅަށް އެހެން މެމްބަރުންވެސް ތާއީދު ކުރެއްވިއެވެ.

މި ކަމާ ގުޅޭގޮތުން އޭޖީ އޮފީހުން ބުނީ، ބޭރު ޤައުމުތަކުންވެސް ވަކި އިދާރާއަކުން ކްލެސިފައި ކުރަން އޮންނަނީ ވަކި މަޤްސަދެއްގައި ކަމަށެވެ. އަދި އުފައްދާ ފަރާތައް އެ ޙައްޤުތައް ދިނުމަކީ ޤާނޫނޫގެ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށެވެ.

ސަލީމް ވިދާޅުވީ، މިހާރުވެސް އުފެއްދުންތަކުގައި ނުހިމެނޭނެ މަންޒަރާ އަޑު އަދި އެއަށް ކަނޑައެޅޭ އަދަބުތައްވެސް ކަނޑައެޅިފައި ވަކިން ފާހަގަކޮށްފައި އޮންނައިރު އޭގެ ޒާތުގައި އެއޮތީ ރެގިއުލޭޓް ކުރެވިފައި ކަމަށެވެ.

މަޝްވަރާތަކަށްފަހު އޭޖީ އޮފީހުން ބުނީ، ރީ-ބްރޯޑްކާސްޓް ކުރާ ޗެނަލްތަކަކީ، ގިންތި ކުރެވިގެން ދައްކާ ޗެނަލްތައް ކަމަށެވެ. އެއަށްފަހު ދެން ކުއްޖާއަށް އެ ޗެނަލް ދެއްކުމާއި ނުދެއްކުން އެއީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށެވެ.

މިހާރު ބިލަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތަށް 10 ދުވަސް ކުރިން އުފެއްދުންތައް ހުށައަޅަން އޮތް އޮތުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި، އެ އާއި ގުޅިގެން ދެން އަމަލުކުރަން ޖެހޭ ގޮތުގެ އިތުރު ތަފްސީލުތައް އަންނަން ޖެހޭ ކަމަށްވެސް އޭޖީ އޮފީހުން ފާހަގަކުރިއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް