Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއަރ ލީގު

ލިވަޕޫލް މެޗުގައި ރޮނާލްޑޯ ނުފެންނާނެ

ރޮނާލްޑޯގެ ދަރިފުޅަކު މަރުވުމުން އޭނާ ހުރީ އާއިލީ ޒިންމާ އަދާކުރުމުގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 19 އެޕްރީލު 2022 | އަންގާރަ 17:10
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ

އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗުގައި ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުފެންނާނެއެވެ.

ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ރޮނާލްޑޯގެ އާއިލީ ޒިންމާތައް އަދާކުރުމަށް އޭނާއަށް ލީވް ދީފައިވާ ކަމަށެވެ. އަދި އާއިލީ ކަންތައްތަކަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށް ޔުނައިޓެޑުން ބުނީ ދަތި އުނދަގޫ ވަގުތުގައި ރޮނާލްޑޮ އަންނަނީ އޭނާގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެހެންކަމުން އަންގާރަ ދުވަހުގެރޭ ލިވަޕޫލްއާއި ވާދަކުރާ މުހިންމު މެޗުގައި ރޮނާލްޑޯ ނުފެންނާނެ ކަމަށް ބަޔާނުގައިވެއެވެ.

ލިވަޕޫލްއާއި ވާދަކުރާ މެޗަކީ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޔުނައިޓެޑަށް ވަރަށް މުހިންމު މެޗެކެވެ. ޔުނައިޓެޑް އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ. އެހެންކަމުން މި މެޗުން މޮޅުވުން ޔުނައިޓެޑަށް ވަރަށް މުހިންމެވެ. އަނެއްކޮޅުން ލީގު ތާވަލުގެ ދެވަނައިގައި 73 ޕޮއިންޓު ހޯދައިގެން ލިވަޕޫލް އޮތްއިރު، އެޓީމުން މަސައްކަތް ކުރާނީ މެޗުން މޮޅުވެ ލީގުގެ އެއްވަނައިގައި ހަމަޖެހިލުމަށެވެ. ތާވަލުގެ އެއްވަނައިގައި 74 ޕޮއިންޓާއެކު މިވަގުތު އޮތީ މެންޗެސްޓަރ ސިޓީއެވެ. ޔުނައިޓެޑް މެޗުން އެއްވަރުކޮށް ގޯލުގެ ތަފާތުން ކުރިހޯދައިގެންވެސް އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލްއަށް އެބައޮތެވެ.

ހޯމަ ދުވަހު ރޮނާލްޑޯއަށް އެއްމާބަނޑު ދެބެން ލިބިފައިވެއެވެ. އެއީ އަންހެންކުއްޖަކާ ފިރިހެން ކުއްޖެކެވެ. ނަމަވެސް ހިތާމަވެރި ހަބަރަކީ މީގެ ތެރެއިން އެއްކުއްޔަކު މަރުވެފައިވާ ކަމެވެ. މިކަން ހާމަކޮށް އިންސްޓަގްރާމްގައި ރޮނާލްޑޯ އަދި އޭނާގެ ބައިވެރިޔާ ޖޯޖީނާގެ ފަރާތުން ކުރި ޕޯސްޓެއްގައި ބުނީ އެމީހުންނަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެފައިވާކަން ހިތާމައާއެކު އާންމުކުރާ ކަމަށެވެ. މީގެ ތެރެއިން މަރުވީ ފިރިހެން ކުއްޖާއެވެ. .

މި ދަނޑިވަޅުގައި ލިބިފައިވާ ހިތާމައިން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ މިވަގުތު އެމީހުން ޕްރައިވެސީ ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހުރިހާ ފަރާތެއްގެ އެއްބާރުލުން ދިނުމަށް އެދިފައިވެއެވެ.

ރޮނާލްޑޯއަށް މީގެ ކުރިން ހަތަރު ކުދިން ލިބިފައިވެއެވެ. ހޯމަ ދުވަހު ލިބުނު ދެކުދިންނާއެކު ޖުމްލަ ހަކުދިން އޭނާއަށް ލިބިފައިވެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްލިވަޕޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު