Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައިޑްރޮގްރަފީ ސަރވޭކުރުން

ހައިޑްރޮގްރަފީ ސަރވޭކުރާ އާލަތްތައް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހަދިޔާކޮށްފި

ހައިޑްރޯގްރަފިކް ސަރވޭއިން ތައްޔާރު ކުރެވުނު ނެވިގޭޝަނަލް ޗާޓުވެސް ހަވާލު ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2022 | އަންގާރަ 08:53
ޑިފެންސް ކޯޕަރޭޝަން އެކްސްޗޭންޖުގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ބައެއް އާލާތްތައް ހަދިޔާ ކުރެއްވުމުގެ ރަސްމިއްޔާތު

ޑިފެންސް ކޯޕަރޭޝަން އެކްސްޗޭންޖުގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ބައެއް އާލާތްތައް ހަދިޔާ ކުރެއްވުމުގެ ރަސްމިއްޔާތު

އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން އެކްސްޗޭންޖުގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ބައެއް އާލާތްތައް ހަދިޔާ ކުރައްވައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި މިކަމަށްޓަކައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ހަދިޔާކުރެއްވި އާލާތްތަކަކީ، ހައިޑްރޮގްރަފީ ސަރވޭކުރުމަށް ބޭނުންވާނެ ބައެއް އާލާތްތަކެވެ.

Advertisement - newsAdvertisement

މީގެއިތުރުން، 2021 ވަނަ އަހަރު ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ކުރިއަށް ގެންދެވުނު ޖޮއިންޓް ހައިޑްރޯގްރަފިކް ސަރވޭއިން ތައްޔާރު ކުރެވުނު ނެވިގޭޝަނަލް ޗާޓުވެސް މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއާ ވަނީ ޙަވާލު ކުރައްވާފައެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ފަހުމުނާމާގައި ޗާޓް ވިއްކުމާއި ގުޅޭގޮތުން އެއްބަސްވެފައިވާ ގޮތަށް، ޖޮއިންޓް ސަރވޭއިން ތައްޔާރުކޮށްފައިވާ ޗާޓްތަކުގެ ތެރެއިން މިހާތަނަށް އިންޑިއާއިން ވިއްކި ޗާޓުތަކުން ދިވެހިރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ޗެކް ވެސް މި ރަސްމިއްޔާތުގައި ހަވާލުކުރައްވާފައިވެއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން އެތަކެތި ހަވާލުކޮށްދެއްވީ، ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރެވެ.

ހައިޑްރޮފީ ދާއިރާއިން ސަރވޭ ކުރެވުނު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލެވެ. އަދި، ދެ ޤައުމު ރަމްޒުކޮށްދޭ ކްރެސްޓް ނުވަތަ ނިޝާން ހިމަނައިގެން ޕްރިންޓްކުރެވުނު ޖޮއިންޓްލީ ސަރވޭޑް ޗާޓްއާ މޯލްޑިވްސް ހައިޑްރޮގްރެފިކް ސަރވިސްގެ ފަރާތުން ރަސްމީކޮށް ހަވާލުވެލެއްވީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންސޫރުކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ހައިޑްރޮގްރަފީ އޮފީހަށް ހަދިޔާ ކުރެއްވި އިކްއިޕްމަންޓްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ކާނަލް އިބްރާހީމް ޙިލްމީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ، އިންޑިއާ ސަރުކާރުން ދެއްވި އެހީއަށްޓަކައި، އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ކަމުގެ ގުޅުމަކީ، ޘަޤާފަތާއި، ތާރީޚާއި، އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި، އެހީތެރިކަމުގެ ވަރަށް މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ނޭވަލް އަދި މެރިޓައިމް ސަލާމަތާބެހޭ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން، މީގެކުރިން ދުވަހަކު ވެސް ދެކެފައިނުވާ މިންވަރަށް އިތުރުވެ، އިތުރު ބާރުވެރިކަމާއި، އިތުރު ޙަރަކާތްތެރިކަން ލިބިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

އަދި، ދެ ޤައުމުގެ ދެމެދުގައި އޮތް ހައިޑްރޯގްރެފިކް ޕާޓްނަރޝިޕަކީ، ދެ ޤައުމުގެ ވިޔަފާރީގެ ތަރައްޤީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރޝިޕެއްކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، 2007 ވަނަ އަހަރު މަސައްކަތް ފަށައިގަނެ، މިއަދާ ހަމައަށް އައިއިރު، ވަރަށް ގިނަ ސަރވޭތަކެއް ކުރެވި، އޭގެ އެދެވޭ ނަތީޖާތައް ނެރެވިފައިވާ ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ، އިންޑިޔާ ކަނޑުގެ އަސްކަރިއްޔާއަކީ، ދިވެހި އަސްކަރިއްޔާގެ ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެ އިތުބާރުކުރެވޭ އަދި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ބައިވެރިޔާ ކަމަށެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ހައިޑްރޮގްރަފީގެ ސަރވޭތައް ފެށިފައިވީ ނަމަވެސް މިހާރު ވަކި ނިޒާމެއްގެ ތެރެއިން ސިސްޓަމެޓިކްކޮށް ދިވެހިރާއްޖޭގައި ހައިޑްރޮގްރަފިކް ޚިދުމަތް ދިނުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ދިވެހިރާއްޖެއަކީ، 99.7 އިންސައްތަ ކަނޑު ހިމެނޭ ޤައުމަކަށްވެފައި ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދުކުރުމަށާއި، ހާދިސާއެއް ދިމާވާ ހާލަތުގައި އަވަސްކަމާއެކު ޙަރަކާތްތެރިވުމަށް މި ޗާޓުތަކުގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިގޮތުން ހައިޑްރޮގްރަފީގެ ޚިދުމަތް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށްޓަކައި ދެ ޤައުމުގެ މެދުގައި ސޮއިކުރެވުނު ފަހުމުނާމާގައި އެއްބަސްވެފައިވާ ގޮތަށް ދިވެހިރާއްޖޭގައި ހައިޑްރޮގްރެފިކް ޚިދުމަތް ޤާއިމްކުރުމަށް އިންޑިއާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހައިޑްރޯގްރަފީހައިޑްރޯގްރެފިކް ސަރވޭއިންޑިއާ ސަރުކާރުއެމްއެންޑީއެފް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު