Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން"

"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން"ގެ އިތުރު ޕްރޮގްރާމެއް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުުޅުވާލައިފި

19 އެޕްރީލު 2022 | އަންގާރަ 08:49

ޕްރޮގްރާމް ކުރިއަށްގެންދަނީ 2 ބަޔަކަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 އެޕްރީލު 2022 | އަންގާރަ 08:49
ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން"ގެ އިތުރު ޕްރޮގްރާމެއް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުުޅުވާލައިފިއެވެ.

މިއީ ޒުވާނުން އަދި އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ، އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަގާމަށް ކުރިމަތިކުމަށް ބާރު އެޅުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Advertisement - newsAdvertisement

ޕްރޮގްރާމް ބާއްވަން ހަމަޖެހިފައިވަނީ މެއި 22-28 އަށެވެ. އެ ބެޗުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމަށް އޮތް ފަހު މުއްދަތަކީ މިމަހުގެ 30 ވަނަ ދުވަހެވެ. ފުރުސަތު ހުޅުވާލާފައިވަނީ 25 އަހަރުން މަތީގެ އަންހެނުންނަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަކި ޖާގަތަކެއް ކަނޑައެޅިފައިވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އިޝާރާތުން ވާހަކަދެއްކުން އަދި ތަރުޖަމާކުރުން ފަދަ އިތުރު އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެ ހަރަކާތުގެ ތެރެއިން އެ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން"ގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ޕްރެކްޓިސް ޕާލިމެންޓު ހަރަކާތަކީ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ރަނގަޅަށް ދަނެގަނެ، ގިނަ ޒުވާނުންނާއި އަންހެނުން މަޖިލީހަށް ކުރިމަތިލާން ހިތްވަރުދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށް ރައްޔިތުންގެ މަޖިލިސް އިދާރާއިން ބުނެއެވެ. އަދި، މަޖިލީހުގެ ސިޔާސަތުތަކުގައި ހުރި އުނިކަންކަން ދަނެގަނެ އެކަންކަން ބަދަލުކުރުމަށް މަސައްކަތްކުރާ ހަރަކާތެެއް ކަމަށް ވެސް އެއިދާރާއިން ބުނެއެވެ.

ޕްރޮގްރާމް ކުރިއަށްގެންދަނީ 2 ބަޔަކަށެވެ. އެއީ ސިޔާސަތުތަކާއި މަޖިލީހުގެ މަސައްކަތް ކުރިއަށްދާ ގޮތުގައި މައުލޫމާތު ދިނުމާއި ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީ އެކެވެ.

އެ ޕްރޮގްރާމުގެ ދެވަނަ ބެޗެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ބެޗުގައި ބައިވެރިވުމަށް އޮގަސްޓު މަސް ތެރޭގައި ހުޅުވާލާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން"ގެ ފުރަތަމަ ޕްރޮގްރާމްގައި ފަސް އަތޮޅަކުން ޖުމްލަ 48 ފަރާތުން ބައިވެރިވެފައިވާއިރު އޭގެތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ 2 ފަރާތްވެން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް