Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭއެސްސީގެ ތަޙުޤީޤުތައް

ފްލެޓު ނުލިބޭ މައްސަލައިގައި އިހުތިޖާޖުކުރަން ގޮވާލުމުން، ޑްރަގް ކޯޓުގެ ގާޒީ ނައީމުގެ ސުލޫކީ މައްސަލައެއް ބަލަނީ

އެ މައްސަލަ ކޮމިޝަނުން އިސްނަގައިގެން ބަލާ ޝަކުވާއެއްގެ ގޮތުގައި ތަހުޤީޤު ކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އެޕްރީލު 2022 | އަންގާރަ 08:29
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) - މިއީ ޖޭއެސްސީން އަމިއްލައަށް އިސްނަގައިގެން ބަލާ މައްސަލައެއް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) - މިއީ ޖޭއެސްސީން އަމިއްލައަށް އިސްނަގައިގެން ބަލާ މައްސަލައެއް

ފަނޑިޔާރުންނަށް ފްލެޓު ނުލިބޭ މައްސަލައިގައި އިހުތިޖާޖަށް ނުކުންނެވުމަށް ގޮވާލެއްވުމާއި ގުޅިގެން ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމްގެ ސުކޫލީ މައްސަލައެއް ޖުޑީޝަލް ސަރވިިސް ކޮމިޝަން (ޖޭއެސްސީ) އިން ތަޙުޤީޤުކުރަން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޖޭއެސްސީން އަންގާރަ ދުވަހު ބުނެފައިވަނީ، ގާޒީ ނައީމު ފަނޑިޔާރުންގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ޚިލާފުވާފަދަ ބަސްތަކެއް ބޭނުން ކުރައްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ވުމާއެކު، އެ މައްސަލަ ކޮމިޝަނުން އިސްނަގައިގެން ބަލާ ޝަކުވާއެއްގެ ގޮތުގައި ތަހުޤީޤުކުރުމަށް 2022 އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 27 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.

ޖޭއެސްސީން މިހާރު ވަނީ މި މައްސަލަ ތަހުޤީޤު ކުރުމަށް ތަޙްޤީޤު ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.

ފަނޑިޔާރުންގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގާޒީ ނައީމު ވަނީ އުއްތަމަ ފަނޑިޔާރާއި ޖުޑިޝަރީގެ ވެރިންގެ ކަރު ބުޑުގައި ރަހަލާ ވަރުކޮށްގެން މެނުވީ ކަންކަން ރަނގަޅު ނުވާނެ ކަމަށެވެ. އެގޮތުން ގާޒީ އެހެން ވިދާޅުވެފައިވަނީ އެޗްޑީސީގެ މުވައްޒަފުންނަށް ދައުލަތުން ފްލެޓް ދިނުމަށް ނިންމުމާއި ގުޅޭ ޚަބަރެއް އެ ގްރޫޕަށް އެހެން ފަނޑިޔާރަކު ޝެއަރ ކުރެއްވުމުންނެވެ.

ގާޒީ ނައީމު ވަނީ ހިތްވަރެއް ހުރިނަމަ އިހުތިޖާޖަށް ނުކުންނެވުމަށް ގޮވާލައްވާފައެވެ.

ގާޒީ ނައީމްގެ މައްސަލަތަކެއް މީގެ ކުރިންވެސް ބަލާފައިވެއެވެ. އެގޮތުން ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދަށް ރުހުން ނުލިބެނީސް ދައުލަތް ހިމެނޭ މައްސަލައެއް ނުބައްލަވަން ގާޒީ މުހައްމަދު ނައީމް ނިންމެވި މައްސަލައެއްގައި، އެކަމުގެ އަދަބެއްގެ ގޮތުން އޭނާ ޖުވެނައިލް ކޯޓަށް ބަދަލު ކުރައްވާފައިވެއެވެ. އޭރު ގާޒީ ނައީމް ހުންނެވީ ސިވިލް ކޯޓުގައެވެ.

ޖޭއެސްސީޖުޑީޝަލް ސަރވިސް ކޮމިޝަންފަނޑިޔާރުން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު