Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީރާގެ އޮޑިޓް ރިޕޯޓް

ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާ އިތުރުވާތީ އޮޑިޓަރ ޖެނެރަލްގެ ކަންބޮޑުވުން

މީރާއަށް ނުލިބި ހުރި ފައިސާގެ އަދަދު 2016 އިން 2020 އަށް %264 ވަނީ އިތުރުވެފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 އެޕްރީލު 2022 | އަންގާރަ 07:57
މާފުށިވަރު ރިސޯޓު

މާފުށިވަރު ރިސޯޓު

ރިސޯޓް ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާ އަހަރުން އަހަރަށް އިތުރުވަމުންދާތީ އޮޑިޓަރ ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މީރާގެ 2020ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 16.9 ބިލިއަން ރުފިޔާ ނުލިބި އެބައޮތެވެ. ދައުލަތުގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ 78 އިންސައްތައަކީ ރިސޯޓުތަކުގެ ކުއްޔާއި، އެއާ ގުޅޭ ޖޫރިމަނާގެ ފައިސާއެވެ.

ޓޫރިސްޓް ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ 16.9 ބިލިޔަން ރުފިޔާގެ ތެރެއިން 13.5 ބިލިޔަން ރުފިޔާއަކީ ޖޫރިމަނާ އަދި އިންޓްރަސްޓްގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އެވެ.

ދައުލަތުގެ އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. މިގޮތުން 31 ޑިސެންބަރު 2020ގެ ނިޔަލަށް 21,658,223,003 (އެކާވީސް ބިލިޔަން ހަ ސަތޭކަ ފަންސާސް އަށް މިލިޔަން ދުއިސައްތަ ތޭވީސް ހާސް ތިނެއް) ރުފިޔާ މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ގޮތުގައި މީރާގެ ރިކޯޑުތަކުން ދައްކައެވެ.

ހިސާބުތަކުން ދައްކާގޮތުން، މީރާއަށް ނުލިބި ހުރި ފައިސާގެ އަދަދު 2016 އިން 2020 އަށް %264 (ދުއިސައްތަ ފަސްދޮޅަސް ހަތަރެއް އިންސައްތަ) ވަނީ އިތުރުވެފައިވެއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ދައުލަތުގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު، އަދި ޚާއްސަކޮށް ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މި ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކުރެވޭ ކަންކަން ހައްލުކުރުމާއި ގުޅޭގޮތުން، އަދި މިފައިސާ ހޯދުމުގައި މިހާރު އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ކަމާބެހޭ އެހެނިހެން އިދާރާތަކާއި މަޝްވަރާކުރެއްވުމަށް އޮޑިޓަރ ޖެނެރަލް އެދިވަޑައިގެންނެވިއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ދައުލަތުގެ އާމްދަނީގެ ގޮތުގައި ނުލިބި ހުރި ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އޮޑިޓަރ ޖެނެރަލް އޮފީސްމީރާ

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
21 އޯގަސްޓު 2025

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ
06 އޯގަސްޓު 2025

ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

06 އޯގަސްޓު 2025
ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު