Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅުން ހުށައެޅި ކުއްލި މައްސަލަ ބަލައިނުގަތް

ޖުޑިޝަރީ އިސްލާހުކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ އިދިކޮޅުން ހުށައެޅި މައްސަލަ ބޭރުކޮށްފި

19 އެޕްރީލު 2022 | އަންގާރަ 06:26

މައްސަލައަށް ބަހުސްކުރުމަށް ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 އެޕްރީލު 2022 | އަންގާރަ 06:26
ހުސައިން މުހައްމަދު ލަތީފް - ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު

ހުސައިން މުހައްމަދު ލަތީފް - ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު

ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމުގައްޔާއި، ޖުޑިޝަރީ އިސްލާހު ކުރުމަށް ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ އިދިކޮޅުން ހުށައެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މައްސަލަ ހުށަހެޅުއްވީ، ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެެވެ.

Advertisement - newsAdvertisement

މައްސަލައިގައި ބުނެފައިވަނީ، އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާލުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައްޔާއި އަދި ޖުޑީޝަރީ އިސްލާހުކުރުމުގައި ސަރުކާރު ފެއިލްވެއްޖެ ކަމަށް ބުނެ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ހިއުމަން ރައިޓްސް ވޮޗްއިން ރާއްޖޭގެ ޙާލަތާއި ގުޅޭގޮތުން ރިޕޯޓެއް ނެރެފައިވާ ކަމަށެވެ. މި ރިޕޯޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވެރިކަމާއި ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ޤާއިމުކުރެއްވި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭ އެކަންކަން ތަހުގީގު ކުރުމުގައި ކުރިއެރުމެއް ހޯދިފައި ނުވާކަމަށާއި، ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މި ސަރުކާރުން ވީ ވައުދު، ސަރުކާރުގެ ދައުރުން ހަތަރު އަހަރު ފާއިތުވާން ކައިރިވެފައިވާއިރު އަދި މިހާތަނަށް ފުއްދާފައިނުވާ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެ ކޮމިޝަން ސިޔާސީ މީހުންނަށް ޖާގަ އޮންނަ ގޮތަށް އޮތުމުން ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިފައިވާ ކަމަށާއި، ސިޔާސީ ފަރާތްތަކުން ޖިނާއީ އަދުލުގެ ނިޒާމަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް ވެސް އެ ކޮމިޝަނާއި ގުޅިގެން ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

މައްސަލައިގައި މެމްބަރު ވިދާޅުވީ، ރައީސް ޞާލިޙު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި އެއްވެއުޅުމަށް ހުރަސްއެޅޭ ގޮތަށް ހުރި ޤާނޫނުތައް އުވާލައްވާނެކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، ވެރިކަމުގެ ދައުރު ދެބައިވެގެން ދިޔައިރު އަދިވެސް އެ ޤާނޫނުތައް އުވާނުލައްވާކަމަށާއި، މުޒާހަރާތަކާއި އިހުތިޖާޖަށް ހުރަސްއެޅުމުގެ ސަބަބެއްގެ ގޮތުގައި ކޮވިޑުގެ ބަލިމަޑުކަން ބޭނުންކޮށްފައިވާ ކަމަށެވެ. މުޒާހަރާ ކުރާ ފަރާތްތަކާއި ދެކޮޅަށް ޙާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށްފައިވާ ކަމަށާއި، ސަރުކާރުން ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާ ކަމަށާއި އަދި މިކަންކަމަށް ހުރަސް އަޅަނީ އަޅަނީ ބާރުގަދަ ސިޔާސީ މީހުންނާއި ދީނީ ޖަމާޢަތްތަކުގެ ފިއްތުންތަކުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.

ދިވެހިރާއްޖެއަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގާނޫނު އަސާސީން ކަނޑައެޅިފައިވާ ނިޒާމެއް އޮތް ގައުމަކަށްވެފައި، ތިން ބާރު މަސްހުނިވެ އިންސާފު ގާއިމު ނުކުރެވި ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ނިގުޅައިގަންނަމުންދާތީ، އެކަންކަން އިސްލާހު ކުރުމަށް ގޮވާލާ ކަމަށް މެމްބަރު ހުސައިން ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

މައްސަލައަށް ބަހުސްކުރުމަށް ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވިއެެވެ. ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެމްބަރުންނެވެ. އެހެންކަމުން މައްސަލައަށް ބަހުސް ކުރުމަށް ފާހެއް ނުވެއެވެ.

ފަހަކަށް އައިސް އިދިކޮޅުން އަންނަނީ ގިނަ އަދަދެއްގެ ކުއްލި މައްސަލަ މަޖިލީހަސް ހުށައަޅަމުންނެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް