Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބާސެލޯނާގެ ދަނޑުގައި ކަޑިޒް ފުރަތަމަ ފަހަރަށް މޮޅުވެއްޖެ

މި މެޗު ކަޑިޒް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 19 އެޕްރީލު 2022 | އަންގާރަ 03:38
ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ކަޑިޒް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ކަޑިޒް ބައްދަލުކުރި މެޗުގެ ތެރެއިން

ބާސެލޯނާގެ ދަނޑުގައި އެޓީމާއި ވާދަކޮށް ކަޑިޒް ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

ސްޕެނިޝް ލީގުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗު ކަޑިޒް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު 48 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ލޫކަސް ޕެރޭޒްއެވެ. މިއީ ކަޑިޒްގެ 111 އަހަރުގެ ދިގު ތާރީޚުގައި ބާސެލޯނާގެ ދަނޑުގައި އެޓީމުގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މި މެޗުން މޮޅުވެ ކަޑިޒް ވަނީ ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުން އަންނަ އުންމީދު އައުކޮށްފައެވެ. ލީގުގައި 32 މެޗު ކުޅެގެން ލިބުނު 31 ޕޮއިންޓާއެކު ކަޑިޒް އޮތީ ތާވލުގެ 16 ވަނާގައެވެ.

މެޗުން ބަލިވުމާއެކު ބާސެލޯނާއަށް ލީގުގައި ކުރިއަށް އޮތީ ނުތަނަވަސް ކަމެވެ. 31 މެޗު ކުޅެގެން ލިބުނު 60 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ތާވަލުގެ ދެވަނާގައެވެ. އެއްވަނާގައި 15 ޕޮއިންޓުގެ ލީޑަކާއެކު އޮތީ ވާދަވެރި ރެއާލް މެޑްރިޑެވެ.

ބާސެލޯނާއަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބެން އޮތީ މި ސީޒަންގައި ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. ނަމަވެސް މި ބައްޔާއެކު އެކަން ހާސިލު ކުރުމަށްވެސް ޓީމަށް ވަނީ ދަތިތަކަކާއި ކުރިމަތިވެފައެވެ. ތާވަލުގެ ތިންވަނަ އަދި ހަތަރު ވަނާގައި އޮތް ސެވިއްޔާ އަދި އެތުލެޓިކޯ މެޑްރިޑްވެސް ވަނީ 60 ޕޮއިންޓު ހޯދާފައެވެ.

ބާސެލޯނާސްޕެނިޝް ލީގު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު