Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕާޓީތަކުން މެމްބަރުން ބަދަލުކުރާ މައްސަލަ

ޕާޓީއަކަށް މީހަކު ވެއްދުމާއި އުނިކުރުމުގެ ބާރު އީސީއަށް ލިބިގެނެއް ނުވޭ: ކޮމިޝަން

18 އެޕްރީލު 2022 | ހޯމަ 23:44

ފޯމެއް ނެތި ޕާޓީތަކަށް މީހުން ވެއްދުމާއި ޕާޓީން ވަކިކުރުމުގެ މަސައްކަތެއް ނުކުރާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 18 އެޕްރީލު 2022 | ހޯމަ 23:44
އިލްކެޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ

އިލްކެޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ

ސިޔާސީ ޕާޓީއަކަށް މީހަކު ވެއްދުމަށް އަދި ޕާޓީއަކުން މީހަކު އުނިކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޕާޓީތަކަށް ނޭނގި އެ ޕާޓީއެއްގައި ތިބޭ މީހުން އެހެން ޕާޓީތަކަށް ބަދަލުކުރަމުންދާކަމަށް ބުނާ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި، ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަަޑައިގެން އިލްކެޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، ޕާޓީތަކަށް މީހުން ވެއްދުމާއި ޕާޓީން ވަކިކުރުމުގެ މަސައްކަތަކީ ބަޔަކު އެކަމަށް އެދި ފޯމު ހުށަހެޅުމުން ވާ ކަންކަން ކަމުގައެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަންގެ ނިޒާމު ރޭވިފައި އޮތް ގޮތުން މިކަންކަމަކީ އިލެކްޝަންސް ކޮމިޝަނަށް ބޭނުން ގޮތަކަށް ކުރެވޭނެ ކަންކަމެއް ނޫން ކަމުގައި ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީއަކުން ހުށަހަޅާ ފޯމެއް ނެތި ޕާޓީތަކުގެ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަން ޒަކަރިއްޔާ ވަނީ ދެއްވާފައެވެ. މުޅި އިލެކްޝަންސް ކޮމިޝަންގެ އޮޑިޓެއް ހެދިޔަސް މިއީ ހިނގާފައިވާނެ ކަމެއް ނޫންކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ދެ ޕާޓީއެއްގައި އެކަކަށް ނުހުރެވޭނެ ކަމަށްވެސް ޒަކަރިއްޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އީސީގެ ޕާޓީ ސިސްޓަމުގައި އެމީހެއްގެ އައިޑީކާޑު ނަންބަރު ޖަހާ ހިސާބުން، އެމީހަކު ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާނަމަ އެކަން އެނގޭނެ ކަމަށެވެ. އަދި އަނެއް ޕާޓީއަށް ރަޖިސްޓްރީވެވޭނީ ކުރިން އޮތް ޕާޓީން ވަކިވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ބޭރުން، ސިޔާސީ ޕާޓީތަކުން ބަލަހައްޓާ އެޕާޓީއެއްގެ އަމިއްލަ ދަފްތަރުގައި އެކަކު ދެ ޕާޓީއެއްގައި ރަޖިސްޓްރީވެފައި އޮތްކަން އެނގެން އޮވެދާނެ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިކަން މިގޮތަށް ވެފައި ނުވާނެކަން ޔަޤީންކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްގެ 5،000 މެމްބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާފައިވާކަމުގެ ތުހުމަތު އެޕާޓީން ގެންދަނީ ކުރަމުންނެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވީ, 2021 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އެހެން ޕާޓީތަކަށް މެމްބަރުންގެ ރަޖިސްޓްރޭޝަން ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ބަލަންޖެހޭކަމަށް ބުނެ އޭނާ ވަނީ މައްސަލަވެސް ހުށަހަޅުއްވާފައެވެ.

މި ޝަކުވާތައް ބޮޑުވުމާއެކު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ ކޮމިޝަންގެ ރެޖިސްޓްރޭޝަން ސެކްޝަންގެ އޮޑިޓެއް ހަދަން ނިންމާފައެވެ. މި އޮޑިޓުގެ ތެރެއިން ޕާޓީތަކުގެ ފޯމުތައް ބަލައިގެންފައިވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ތޯ ބަލާނެއެވެ.

އިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް