Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްމަޓީ މައްސަލަ

އައްމަޓީ މައްސަލައިގައި ސްޕްރީމް ކޯޓުގެ ވަރުގަދަ އަމުރެއް ޕީޖީއަށް

18 އެޕްރީލު 2022 | ހޯމަ 12:08

ނިހާޔަތު ވަނީ ރަސްމީ ޙައިސިއްޔަތުން ބޭރުން މި މައްސަލައާއި ގުޅިގެން ބްލޮގް ލިޔުއްވާފައިކަމާއި، މި މައްސަލައަށް ނުފޫޒު ފޯރުވޭފަދަ މޭރުމަކުން އަމަލުތަކެއް ހިނގާފައިވާކަމަށް ވިދާޅުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 އެޕްރީލު 2022 | ހޯމަ 12:08
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްސަލައިގައި ކޯޓުން ވަކި ގޮތަކަށް ނިންމުމުގެ ކުރިން އެކަމާ ގުޅޭގޮތުން ޚިޔާލުފާޅުކޮށް ނުހެދުމަށް ސްޕްރީމް ކޯޓުން ޕީޖީ ހުސައިން ޝަމީމަށް އަންގަވައިފިއެވެ.

ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކިގޮތަކަށް އަމަލު ނުކުރުމަށް ސްޕްރީމް ކޯޓުން އަމުރުނެރެފައި މިވަނީ ހޯމަ ދުވަހު ކުރިޔަށްދިޔަ މިމައްސަލައިގެ އަޑުއެހުމުގައި އައްމަޓީގެ ވަކީލު މަރިޔަމް ނިހާޔަތު ހާމަ ކުރެއްވި ކަންތައްތަކަކާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ނިހާޔަތު ވަނީ ރަސްމީ ޙައިސިއްޔަތުން ބޭރުން މި މައްސަލައާއި ގުޅިގެން ބްލޮގް ލިޔުއްވާކަމާއި، މި މައްސަލައަށް ނުފޫޒު ފޯރުވޭފަދަ މޭރުމަކުން އަމަލުތަކެއް ހިނގާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޯޓުން ނިންމާ ނިންމުންތަކާއި ގުޅިގެން ފަނޑިޔާރުންގެ ޒާތަށް ނިސްބަތްކޮށް ވާހަކަދެއްކުމާއި، ޕީޖީ ބޭނުންފުޅުވާ ގޮތަކަށް ނޫން ގޮތަކަށް އަމުރެއް ނުނެރެވޭނެ ފަދަ މޭރުމަކުން އަމަލުތައް ބަހައްޓަވާފައިވާކަމަށް ނިހާޔަތު ފާހަގަ ކުރެއްވިއެވެ.

އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދެއްވުމުގެ ކުރިން އެފަރާތުން ހުށައަޅާފައިވާ ހުށައެޅުމަކާއި ގުޅޭގޮތުން ވާހަކަދައްކަވަން ބޭނުންވާކަން ފާހަގަކުރައްވާ ފަނޑިޔާރެއްގެ ކުރިފުޅުމައްޗަށް ހުށައެޅިފައިވާ ކަމަކާމެދު ބޭރުގައި ވާހަކަދެއްކުމާއި، ނުފޫޒެއް ފޯރުވިދާނެ ގޮތަކަށް އަމަލުކުރުން ފަދަ ކަންކަމަކީ ޝަރުއީ ނިޒާމުގެ މުޤައްދަސްކަން ގެއްލޭ ކަންކަންކަމަށް ވިދާޅުވަމުން، އިންސާފުން ޝަރީއަތް ކުރެވުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޖިނާޢީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ މީހެއްކަމުގައިވާތީ ކޯޓުން އެކަމަކާ ގުޅޭގޮތުން ވަކިގޮތެއް ނިންމުމުގެ ކުރިން ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ހައްގަށް އެއްވެސް އަސަރެއް ކުރާނޭ މޭރުމަކުން ގާނޫނު އަސާސީގެ އެންމެހައި ހަމަތަކާއި، ގާނޫނާއި، އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ގާނޫނު އަސާސީން މަތިކޮށްފައިވާ އެއްވެސް ފަރާތަކުން ޚިޔާލުފާޅުކޮށް ނުހެދުމަށް އަމުރުކޮށް، މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލެވިދާނެ އަމަލެއްކަމުގައި ދަންނަވާކަމަށް ވިދާޅުވެފައެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީއަށް ތުހުމަތުތަކެއް ކުރެވޭ ބީދައިން ދައުލަތުގެ ވަކީލު ހައިކޯޓުގައި ވާހަކަ ދައްކަވާފައިވާކަމަށްވެސް ނިހާޔަތު ވިދާޅުވިއެވެ. އަދި އެގާޒީ އާއި ގުޅޭގޮތުން ޕީޖީ ކުރައްވާފައިވާ ޓްވީޓެއްވެސް ނިހާޔަތު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަމާލުކަމަށް ގެންނަވާފައެވެ.

ޕީޖީގެ ޓްވީޓުގެ ސަބަބުން ނޫސްތަކުން އެ ޚަބަރު ގެންނަން ޖެހުނުކަމަށްވެސް ނިހާޔާތު ވިދާޅުވިއެވެ. އެކަންކަމުގެ ސަބަބުން އަދުލުވެރި ޝަރީއަތެއް ކުރިއަށް ގެންދިޔުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހައިކޯޓުގެ މަރުޙަލާގައިވެސް ޕްރޮސެކިއުޝަންގެ ފަރާތުން ފެނިފައިވަނީ ހަމަ އެފަދަ އަމަލުތަކެއްކަން ނިހާޔަތު ފާހަގަކުރެއްވިއެވެ. ހައިކޯޓުގެ ނިންމުމާއި ގުޅިގެންވެސް ޕީޖީ ޓްވީޓެއް ކުރެއްވިކަމަށް ނިހާޔަތު ވިދާޅުވިއެވެ.

ނިހާޔަތު އެ ވިދާޅުވާ ޓްވީޓަކީ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބަޔާން ކުރައްވައި، އެ ނިންމުން އިސްތިއުނާފު ކުރައްވާނެކަމަށް ވިދާޅުވެ ޝަމީމް ކުރެއްވި ޓްވީޓްއެކެވެ. ނިހާޔަތު ވަނީ އެ ޓްވީޓަށްފަހު ޝަމީމްގެ ބްލޮގްގައި އަނެއްކާވެސް މި މައްސަލައާއި ގުޅޭގޮތުން ލިޔުއްވާފައިވާކަމަށް ވިދާޅުވެ، އެކަމުގެ ސަބަބުން ޚަބަރުފަތުރާ ވަސީލަތްތަކުން އަނެއްކާވެސް އެ ވާހަކަތައް ދެއްކުމަށް މަގުފަހިވެގެން ދިޔަ ކަމަށް ވިދާޅުވެފައެވެ.

ނިހާޔަތު ވަނީ ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވާ އިބާރަތްތައް ޝަރީއަތުގައި ވިދާޅުވެފައެވެ.

މައިގަނޑު ގޮތެއްގައި އައްމަޓީގެ ވަކީލުންގެ ފަރާތުން ވަނީ އެކަންކަން ހުއްޓުވައިދިނުމަށް އެދި ޕްރޮސެކިއުޝަންގެ މައްޗަށް އަމުރެއް ނެރެދެއްވުމަށް އެދިލައްވާފައެވެ.

އެކަންކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައަށް ނުފޫޒެއް ފޯރުވުމަށް ޕްރޮސެކިއުޝަނުން މަސައްކަތް ކޮށްފައިނުވާނެ ކަމަށެވެ. ވަކި މީހަކާއި ގުޅޭގޮތުން މައްސަލައެއް އޮތްނަމަ، އެއީ އެ މައްސަލައެއް ހުށައެޅި ވާހަކަ ދެކެވިގެން ގޮތެއް ނިންމެންޖެހޭ ކަމެއްކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، ދައުލަތުން ރަސްމީ ޙައިސިއްޔަތުން އެފަދަ އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުޕީޖީ އޮފީސް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
15 އޮކްޓޯބަރު 2025

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
14 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
28 ޖޫން 2025

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.
04 ޖޫން 2025

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި
05 މެއި 2025

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި
16 އެޕްރީލު 2025

އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

16 އެޕްރީލު 2025
އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
16 ފެބުރުއަރީ 2025

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް