Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީރެކްސް ވަރުގަދަކުރުން

ޓީރެކްސްއިން ވަރުގަދަ ސްކޮޑެއް އެކުލަވާލައިފި

ސްކޮޑް އިއުލާންކުރީ އެކްލަބްގެ ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖުގެ ތެރެއިން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 17 އެޕްރީލު 2022 | އާދީއްތަ 08:55
މިސީޒަނަށް އެކުލަވާލި ޓީރެކްސްގެ ސްކޮޑް: ފޮޓޯ-ޓީރެކްސް

މިސީޒަނަށް އެކުލަވާލި ޓީރެކްސްގެ ސްކޮޑް: ފޮޓޯ-ޓީރެކްސް

މިފަހުގެ ތާރީޚުގައި ރާއްޖޭގެ ބާސްކެޓް ބޯޅައިގައި އުފެދުނު އެންމެ ކާމިޔާބު ކްލަބު ޓީރެކްސްއިން އައު ސީޒަނަށް ވަރުގަދަ ސްކޮޑެއް އެކުލަވާލައިފިއެވެ. ސްކޮޑް ތަޢާރަފްކުރީ އެކްލަބުން އިންތިޒާމްކޮށްގެން މިހާރުކުރިއަށްގެންދާ ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖުގެ ތެރެއިންނެވެ.

ޓީމް ވަރުގަދަ ކުރަން ޓީމަށް ގެނައި އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ އަހުމަދު ފިރާޝް (ފިރާ) އެވެ. އޭނާއަކީ ޓީރެކްސްގެ ފުރަތަމަ ތިން އަހަރު އެޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. މިދިޔަ ދެ އަހަރު އޭނާ ކުޅުނީ ޗެމްޕިއަން ކިންގްސްއަށެވެ. ކިންގްސްގެ މުހިއްމު އެހެން ދެ ކުޅުންތެރިއަކުވެސް ވަނީ ޓީރެކްސްއާއި ގުޅިފައެވެ. އެއީ އަހުމަދު ޚުވެއިލިދު (ހުވޭ) އާއި, އިބްރާހީމް އަންފާލް (އަންޓެ) އެވެ. މިދެ ކުޅުންތެރިން މީގެކުރިން ޓީރެކްސްއަކަށް ނުކުޅެއެވެ. ތަޖުރިބާކާރު ތިން ކުޅުންތެރިން ކަމަށްވާ މުޙައްމަދު މުހުސިން (މުންޗުޅި) އާއި, ޒަކަރިއްޔާ އަބުދުލްލަތީފް (ޒަކިއްޓެ) އާއި, އަހުމަދު އަފްޝަން ރަޝާދުވެސް ޓީރެކްސްގެ ސްކޮޑްގައި ހިމެނެއެވެ.

ޓީރެކްސްގެ މުހިއްމު އެހެން ކުޅުންތެރިންގެ ތެރޭގައި ކުރިންވެސް ޓީމްގައި ތިބި ކެޕްޓަން އަހުމަދު ޒަބީރު, އިސްމާއީލް ވިލްދާން, އިބްރާހީމް އަންފާލް, ހުސެއިން ހަލީމް ހިމެނެއެވެ.

މިދިޔަ ތޭރަ އަހަރަށް ބަލާއިރު ރާއްޖޭގެ ބާސްކެޓްގައި އެންމެ ކާމިޔާބު ކްލަބަކީ ޓީރެކްސްއެވެ. މިހާރު ޓީރެކްސްއާއެކު ވާދަކުރަމުން އަންނަނީ ކިންގްސްއެވެ. ޓީރެކްސްގެ ކޯޗަކީ އަހުމަދު ފަޒްލީއެވެ.  

މޯލްޑިވްސް ބާސްކެޓް

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2023

ރާއްޖޭގެ ބާސްކެޓަށް ފަހިމަގެއް، ސާބާގެ ރައީސަކަށް އެޑަމް!

14 ޖެނުއަރީ 2023
ރާއްޖޭގެ ބާސްކެޓަށް ފަހިމަގެއް، ސާބާގެ ރައީސަކަށް އެޑަމް!
20 ސެޕްޓެމްބަރު 2022

އިންޑިޔާ ބައިވެރިނުވާން ނިންމުމުން ރާއްޖޭގެ ބާސްކެޓް ޓީމްގެ އަމާޒު ރަނަށް!

20 ސެޕްޓެމްބަރު 2022
އިންޑިޔާ ބައިވެރިނުވާން ނިންމުމުން ރާއްޖޭގެ ބާސްކެޓް ޓީމްގެ އަމާޒު ރަނަށް!
11 ސެޕްޓެމްބަރު 2022

ހާހަކަށްވުރެ ގިނަ ކުދިންނާއެކު މިނީ ބާސެކްޓްބޯލް ފިއެސްޓާ ނިންމާލައިފި

11 ސެޕްޓެމްބަރު 2022
ހާހަކަށްވުރެ ގިނަ ކުދިންނާއެކު މިނީ ބާސެކްޓްބޯލް ފިއެސްޓާ ނިންމާލައިފި
04 ޖޫން 2022

ސްޓާރސް އެކަޑަމީގެ 4 ކުޅުންތެރިން ސްރީލަންކާގެ ބާސްކެޓް ކޭމްޕެއްގައި ބައިވެރިވަނީ!

04 ޖޫން 2022
ސްޓާރސް އެކަޑަމީގެ 4 ކުޅުންތެރިން ސްރީލަންކާގެ ބާސްކެޓް ކޭމްޕެއްގައި ބައިވެރިވަނީ!
18 އެޕްރީލު 2022

ޓީރެކްސް ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖްގެ ސީނިއަރ ކެޓަގަރީގެ ޗެމްޕިއަންކަން ރޯޔަލްސްއަށް

18 އެޕްރީލު 2022
ޓީރެކްސް ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖްގެ ސީނިއަރ ކެޓަގަރީގެ ޗެމްޕިއަންކަން ރޯޔަލްސްއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު