Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަސާސީ ތަމްރީން ޕްރޮގްރާމް

އަސާސީ ތަމްރީން ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން: ކޮމިޝަނަރ އޮފް ޕްރިޒަންސް

16 އެޕްރީލު 2022 | ހޮނިހިރު 10:07

ޢެންމެ ބޮޑު އެއް ވާޖިބުކަމަށް ދެކެވަޑައިގަންނަވަނީ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ހަރުދަނާ ޕްރިޒަން ސަރވިސްއެއް ގާއިމުކުރުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އެޕްރީލު 2022 | ހޮނިހިރު 10:07
އަސާސީ ތަމްރީން ޕްރޮގްރާމްގެ 25 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަސާސީ ތަމްރީން ޕްރޮގްރާމްގެ 25 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަސާސީ ތަމްރީން ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ދަސްވެނިންނަށް ތަހުނިޔާވިދާޅުވެ, އޭނާ ވިދާޅުވީ މި މަސައްކަތަކީ މަސްއޫލިއްޔަތު ބޮޑު, ތަކުލީފު ބޮޑު، މުހިއްމު މަސައްކަތެއް ކަމަށާއި, މިއަދުން ފެށިގެން އެއީ ޕްރިޒަން އޮފިސަރުން ކަމަށާއި ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލް ގާނޫނުން މަތިކޮށްފައިވާ ޕްރިޒަން އޮފިސަރެއްގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ބޭނުންވާ ހުނަރާއި މަައުލޫމާތާއި އެހެނިހެން ކަންތައްތައް ދަސްވެނިވި އޮފިސަރުންނަށް ދަސްކޮށްދެއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަސާސީ ތަމްރީން ޕްރޮގްރާމަކީ 2007 އަހަރުން ފެށިގެން ފަރުމާކުރެވި ހިނގަމުން އަންނަ ތަމްރީން ޕްރޮގްރާމެއްކަމަށާއި, މިއީ ރާއްޖޭގައި މިގޮތަށް ހިންގޭ ފުރަތަމަ ޕްރޮގްރާމްކަމަށް ފާހަގަކުރައްވައި ސީޕީ ވިދާޅުވީ, މި ޕްރޮގްރާމަށް 15 އަހަރު ފުރިގެން ދާއިރު، މިހާރު މި ޕްރޮގްރާމަކީ އެމްކިއުއޭއިން ގަބޫލުކުރާ ފެންވަރަށް ފަރުމާކުރެވިގެން ހިންގޭ ޕްރޮގްރާމެއް ކަމަށާއި, މިއީ މި ޕްރޮގްރާމް ހަރުދަނާކުރުމަށް ކުރެވިފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މި ޕްރޮގްރާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އިތުރަށް ހަރުދަނާކުރުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުންދާ ކަމަށާއި, މިކަމުގައި އައިކޯސްޓްގެ މުވައްޒަފުންނާއި ޑައިރެކްޓަރ ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައި، އެފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މި ޕްރޮގްރާމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމަކަށް ހެދުމަށްޓަކައި ވޭތުވެ ދިޔަ ދެ އަހަރުތެރޭގައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި, އެގޮތުން މި ކޯހުގެ ބައިވެރިން ޔޫ.އެން.ގެ, ދަ ނެލްސަން މަންޑޭލާ ރޫލްސް އީ-ކޯސް ފުރިހަމަކުރުމަކީ މެންޑޭޓަރީ ކަމެއް ކަމަށާއި, މިގޮތުން ފާއިތުވި ދެ ބެޗް ވަނީ މި އީ-ކޯސް ފުރިހަމަކޮށްފައިކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެކި ފަންތީގެ މުވައްޒަފުންނަށް އެމުވައްޒަފުންގެ މަސައްކަތާގުޅޭ ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތައް ހިންގުމާއެކު ތަމްރީނު ދެވޭނެ ފުރުސަތުތައް މިހާރަށްވުރެ ބޮޑަށް މުހިއްމު ކަމަށާއި, އެމްސީއެސްގެ އެންމެ މުހިއްމު އަދި އެންމެ ބޮޑު އެއް ވާޖިބުކަމަށް ދެކެވަޑައިގަންނަވަނީ, ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ހަރުދަނާ ޕްރިޒަން ސަރވިސްއެއް ގާއިމުކުރުންކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މި ބަދަލުތައް ގެނައުމަށްޓަކައި ގުޅުންހުރި މުވައްސަސާތަކާއި ޖަމްއިއްޔާތަކާ ގުޅިގެން މިކަންތައްތައް ކުރުމަށް މަސައްކަތްކުރެވެމުންދާ ކަމަށާއި, އެގޮތުން ދަ ނެލްސަން މަންޑޭލަ ރޫލްސްގެ ހަމަތަކާއި އުސޫލުތަކަށް ފެތޭގޮތަށް ގައިދީންގެ އަސާސީ ހައްގުތަކާއި އިނާޔަތްތަކުގެ ގަވާއިދުތައް އިސްލާހުކުރެވެމުން ދިއުމާއި, މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާ ކުރެވި، އެރޫލްސްއަށް ޕްރިޒަން އޮފިސަރުން އަހުލުވެރި ކުރުމުގެ ގޮތުން ޓީއޯޓީ ޕްރޮގްރާމް ހިންގައި, ޓީއޯޓީއާއެކު ޕްރިޒަން އޮފިސަރުން އެން.އެމް.އާރަށް އަހުލުވެރިކުރެވެމުންދާ ކަމަށާއި, މިހާތަނަށް ނިސްބަތުން މުޅި މުއައްސަސާގެ ތިންބައިކުޅަ އެއްބައި މަންޑޭލާ ރޫލްސްއަށް އަހުލުވެރިކުރެވިފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި މުވައްޒަފުންގެ ކަންތައްތައް ރަނގަޅުކުރުމުގެ ގޮތުން މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަން ބިނާކުރުމުގެ ގޮތުން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ އެހީތެރިކަމާއެކު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހުރިހާ މުވައްޒަފުންނަށް ހެލްތު އިންޝުއަރަންސް ޕެކޭޖެއް ގާއިމްކުރެވި ޚިދުމަތް ފޯރުކޮށްދެވެމުންދާކަމަށާއި, އޭގައި އާއިލާތައްވެސް ހިމަނާފައިވާކަމަށް ވިދާޅުވެ، ޕްރިސްކޯއަށް ސީޕީ ޝުކުރުއަދާކުރެއްވިއެވެ.

ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ އެހީތެރިކަމާއެކު ތަފާތު ރޮނގުތަކުން މުވައްޒަފުން ތާޒާކޮށް ތަރައްގީކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގެމުންދާކަން ފާހަގަކުރައްވައި, ޔޫ.އެން.އޯޑީސްއަށްވެސް ކޮމިޝަނަރ ޝުކުރު ދެންނެވިއެވެ. ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވާލައްވަމުން, ދަސްވެނިވިވި ޕްރިޒަން އޮފިސަރުންނަށާއި ޖުމްލަކޮށް ހުރިހާ މުވައްޒަފުންނަށް ވިދާޅުވީ, އެންމެ މުވައްޒަފަކު ކުރާ ކަމެއްގެ ސަބަބުން މުޅި މުއައްސަސާއަށް އާންމު ރައްޔިތުންކުރާ އިތުބާރު ގެއްލިގެންދާކަމަށެވެ. ވީމާ މިފަދަ ކަންކަމުން ދުރުހެލިވެ، އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މުއައްސަސާ އިތުރު އުސް ހަރުފަތްތަކަށް ގެންދިއުމުގައި އިތުރަށް މަސައްކަތް ކޮށްދިނުމަށާއި, ޒިންމާދާރުކަމާއެކު، ވީހާވެސް ޕްރޮފެޝަނަލްކޮށް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި, ގައިދީން ހަރުދަނާ ބައެއްގެ ގޮތުގައި އަލުން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި ރިވެތި އަޚުލާގާއި ސުލޫކު ހިފަހައްޓައި, ގައިދީންނަށް ނަމޫނާއާއި މިސާލު ދައްކުވައިދޭ ބަޔަކަށް ވުމަށް ކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
21 ޑިސެމްބަރު 2023

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން
06 ޑިސެމްބަރު 2023

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 ޑިސެމްބަރު 2023
ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް
01 ނޮވެމްބަރު 2023

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ

01 ނޮވެމްބަރު 2023
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ
01 ނޮވެމްބަރު 2023

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…
31 އޮކްޓޯބަރު 2023

އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ

31 އޮކްޓޯބަރު 2023
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
29 އޮކްޓޯބަރު 2023

ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް

29 އޮކްޓޯބަރު 2023
ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް