Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހަށިގަނޑާއި ފުރާނައަކީ އަމާނާތެއް

އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއް - ޑރ. އަނާރާ

ނަފްސަށް އަޅާލާ އޯގާތެރިވުން އެއީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 އެޕްރީލު 2022 | ހުކުރު 06:20
ނަމާދު ކުރަން ތިބި ބައެއް

ނަމާދު ކުރަން ތިބި ބައެއް

އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫންކަމަށާއި އެއީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއްކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ.

ޑރ.އަނާރާ މިހެން ވިދާޅުވީ ”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” މި މައުޟޫޢަށް ބުރާސްފަތި ދުވަހުގެ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

އިންސާނާ އުފެދިފައިވަނީ މައިގަނޑު 3 ބަޔަކަށް ކަމަށާއި އެއީ ޖިސްމާއި، ރޫޙާއި، ނަފްސުކަމަށް ވިދާޅުވިއެވެ. އިންސާނާގެ ނަފްސާ ބެހޭ ގޮތުން ހިއްސާކުރައްވަމުން ވިދާޅުވީ ކޮންމެ ނަފްސަކަށްވެސް ހެޔޮ ގޮތާއި ނުބައި ގޮތް އެނގޭކަމަށާއި ހެޔޮ ގޮތަށާއި ނުބައި ގޮތަށް އުޅެނީ އެ އިންސާނާ އަމިއްލައަށް އެނގިހުރެކަމަށެވެ. އިންސާނުންނަށް އޮތީ ނަފްސު ޠާހިރުކުރުންކަމަށާއި އެއީ އެގޮތަށް ކަންކުރުމުން އެ އިންސާނާ ބާއްޖަވެރިންގެ ތެރޭގައި ހިމެނޭތީކަމަށެވެ.

ނަފްސަށް އަޅާލާ އޯގާތެރިވުން އެއީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެއްކަން ބަޔާންކުރައްވަމުން ޑރ. އަނާރާ ވިދާޅުވީ ނަފްސަށް އަޅާލުމަށާއި ނަފްސަށް އަޅާލުމުގެ މުހިންމުކަމާއި ބެހޭ ގޮތުން، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާއިރު ސުންނަތުންވެސް މިކަން ސާފުކޮށް އެނގެން އެބައޮތްކަމަށެވެ. އަދި ޢިލްމުވެރިންވެސް އެތައް ފޮތެއް މިކަމާއި ގުޅޭގޮތުން ލިޔުއްވާފައިވާކަމަށެވެ.

އަމިއްލަ ނަފްސަށް އަޅާލާފަދައިން އެހެންމީހުންގެ ނަފްސާމެދުވެސް އަޅާލުމާއި ބެހޭ ގޮތުން ޑރ. އަނާރާ ވަނީ ފޯރަމްގައި ވާހަކަފުޅުދައްކަވާފައެވެ.

ކޮންމެ މީހަކުވެސް ހިތްހަމަޖެހިގެންވާ ފުރާނައެއްގެ ނަފްސަކަށް ވާންޖެހޭކަމަށާއި ނަފްސު އިޞްލާހު ކުރުމުގައިވެސް މިފަދަ ނަފްސެއް ލިބިގަތުމަށް މަސައްކަތް ކުރުން ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ. މިފަދަ ނަފްސުގެ އަހުލުވެރިން ކުރާ ކޮންމެ ކަމެއް ކުރުމުގައިވެސް އެކަމަކީ މާތްﷲ ރުހިވޮޑިގެންވާ ކަމެއްތޯ ބަލާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ މީހުން ދީނުގައި ލައްވަވާފައިވާ ކަންތައްތައް ކުރުމަށް އިސްކަންދީ އެގޮތަށް ޢަމަލުތައް ބަހައްޓާނެކަމަށްވެސް ވިދާޅުވިއެވެ. މުސްލިމުންނަށް ފަސް ވަގުތު ނަމާދުކުރުމާއި، އަހަރަކު އެއްފަހަރު އަންނަ ރަމަޟާން މަހު ރޯދަ ހިފުމާއި، ޢުމުރުން އެއްފަހަރު ކުޅަދާނަކަން ހުރިނަމަ ޙައްޖުވުންފަދަ އަޅުކަންތައް ހިމެނޭއިރު މި އަޅުކަންތަކުގައި ހުންނަނީ، މާތްﷲ ދެއްވަވާފައިވާ ނިޢުމަތްތަކާއި އަޅާބަލާނަމަ ވަރަށް މަދު ތަކުލީފުތަކެއްކަމަށް ވިދާޅުވިއެވެ.

ޑރ. އަނާރާ ވިދާޅުވީ އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުންވާނެ އެއްވެސްކަމެއް ކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. ދުނިޔޭގައި ހަދާފައިވާ ދިރާސާތަކަށް ބައްލަވާލައްވަމުން ވިދާޅުވީ މީހުން މަރުވާ ރޭޓަށް ބަލާއިރު ދުނިޔޭގައި 4 ވަނައަށް އެންމެ ގިނަ ޒުވާނުން މަރުވަނީ އަމިއްލައަށް ކަމަށެވެ. އެއީ ވަރަށް ބޮޑުފާފައެއްކަމަށާއި މާތްﷲ ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތަކަށް ފުރަގަސްދެވެނީކަމަށް ވިދާޅުވިއެވެ. އަދި އަމިއްލައަށް މަރުވުމަކީ ޙަރާމްކަމެއްކަމަށްވެސް ވިދާޅުވިއެވެ. މި މައުޟޫޢަށް ވާހަކަފުޅުދައްކަވަމުން ޑރ. އަނާރާ ވިދާޅުވީ އިންސާނާގެ ނަފްސު ލައްވާފައިވަނީ ތަފާތު އިޙްސާސްތަކާއިއެކުގައި ކަމަށާއި މި އިޙްސާސްތައް ކޮންޓްރޯލްކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އެގޮތުން ނަފްސާނީ ޢިލްމުވެރިންނާއި މިފަދަ ފަރާތްތަކުގެ އެހީތެރިކަން އެފަދަ ޙާލަތްތަކުގައި ހޯދޭނެކަމަށާއި އިސްލާމްދީނުގައި ތިމާގެ ނަފްސު ކޮންޓްރޯލްކުރުމަށް އަންގަވާފައިވާކަމަށް ވިދާޅުވަމުން، ހިތާމައާއި ރުޅިއާއި މިކަންކަމުގައި އިސްލާމްދީނުގައި އަމަލުކުރުމަށް ކަނޑައަޅުއްވާފައިވާ ކަންތަކަށް ބައްލަވާލެއްވިއެވެ.

އިސްލާމް ދީންމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްރަމަޟާން 1443

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ

ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ

10 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު