Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމާމުން ތަމްރީނުކުރުން

އިމާމުން ތަމްރީނުކުރުމަށް ބޭރަށް ފޮނުވަން ސަރުކާރުން އެއްވެސް ހަރަދެއް ނުކުރޭ

18 ސެޕްޓެމްބަރު 2024 | ބުދަ 12:59

އެންމެ ފަހުން ސައުދީއަށް ދިޔަ މީހުން ކޮންމެ މީހެއްގެ އަތުން 20،000 ރުފިޔާ ހަރަދުކުރަން ޖެހުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ސެޕްޓެމްބަރު 2024 | ބުދަ 12:59
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިމާމުން ތަމްރީނުކުރުމަށް ބޭރަށް ފޮނުވަން ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިމާމުން ތަމްރީނުކުރުމުގެ ބަޖެޓް އިތުރުކޮށް އެކަމަށް އެހީތެރިވާން ބޭނުންވާ ކަމަށެވެ. އެކަމަށް ތަރުތީބުތަކެއްވެސް ކުރެވެމުންދާ ކަމަށާއި، މިއަހަރު ކުރިއަށްދަނީ ސަރުކާރުން އެކަށައެޅި ބަޖެޓެއް ނޫން ކަމަށާއި، އެއީ ކުރީ ސަރުކާރުގެ ބަޖެޓް ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ފުރުސަތުތައް ގައުމުތަކަށް ހޯދުމާއި، މަސައްކަތްކޮށް އެހީ ހޯދުމަކީވެސް ބޮޑުކަމެއް ކަމަށާއި، ކޮންމެ ބުރެއްގައި ވެސް 20 މީހުން ފޮނުވަމުންދާ ކަމަށެވެ. އަދި ތަމްރީނަށް ފޮނުވާ ފަރާތްތަކަށް އެކަމަޑޭޝަން ހޯދުން ފަދަ ކަންކަމަކީ ބޮޑެތި ހަރަދުތަކެއް ކަމަށެވެ.

އަދި އަމިއްލަ އަތުން ހަރަދުކުރާކަމުގެ ޝަކުވާތަކެއް އައިސްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ދިން އިމާމަކު ވިދާޅުވެފައިވަނީ، އިމާމުން ތަމްރީނުވުމަށް އަމިއްލައަށް ހަރަދެއް ކުރަން ނުޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް އިމާމުން ތަމްރީނު ކުރަން ފޮނުވާ އިރު ޓިކެޓް ނަގަނީ އިމާމުން އަމިއްލައަށް ކަމަށާއި، އެއްވެސް ވަރަކަށް ޕޮކެޓް މަނީއެއް ނުދޭ ކަމަށެވެ. ނަމަވެސް އެހެނިހެން ހަރަދުތައް ކުރަނީ ދާ ގައުމުން ކަމަށާއި، ދިވެހި ސަރުކާރުން ކުރާ އެއްވެސް ހަރަދެއް ނެތް ކަމަށެވެ.

މީގެ އިތުރުން އެންމެ ފަހުން ސައުދީއަށް ދިޔަ އިމާމުންވެސް އަމިއްލަ އަތުން 20،000 ރުފިޔާ ހަރަދުކުރި ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
10 ސެޕްޓެމްބަރު 2025

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި
19 އެޕްރީލު 2025

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
19 މާރިޗު 2025

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި

19 މާރިޗު 2025
ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި
01 މާރިޗު 2025

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
05 ފެބުރުއަރީ 2025

އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި އަލް މަޝްޢަރު ގްރޫޕަށް ދައުވާކުރަން ފޮނުވައިފި

05 ފެބުރުއަރީ 2025
އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި އަލް މަޝްޢަރު ގްރޫޕަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް