Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިމްރާން ޚާންގެ ހަޔާތްޕުޅަށް ބަލައިލުމެއް

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ތަރި އެރުމާއި އޮއްސުން

އިމްރާން ވަނީ އާދީއްތަ ދުވަހު ފަތިހުގެ ވަގުތެއްގައި، އިތުބާރުނެތް ކަމުގެ ވޯޓަކުން މަގާމުން ވަކިކުރެވިފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 14 އެޕްރީލު 2022 | ބުރާސްފަތި 13:52
އިމްރާން ޚާން

އިމްރާން ޚާން

"ކެޕްޓަން", "ޕްލޭބޯއީ", "ފިލެންތުރޮފިސްޓް"، "ޕޮލިޓީޝަން"، "ޕްރައިމިނިސްޓަރ" މިއީ ހައްތާވެސް އިމްރާން ޚާން ނިޔާޒީއާ މުޚާތަބްކުރެވުނު ނަންތަކެވެ. އޭނާގެ ހަޔާތްޕުޅަކީ, އެކިފަހަރު އެކިގޮތަށް އާންމުން އޭނާއާމެދު ދުށުމަށް މަޖްބޫރު ކުރުވި ހަޔާތްޕުޅެކެވެ. އޭނާގެ ތަނަވަސް ދިރި އުޅުއްވުމަކީ ޕާކިސްތާނުގެ ގިނަބަޔަކަށް ހުވަފެނުގައި ނޫނީ ހާސިލްނުވާނެފަދަ ތަނަވަސް ދިރިއުޅުއްވުމެކެވެ.

އިމްރާންޚާންގެ ތަރި މެދުއުޑުގައި ފިޔަޖަހަޖަހައި ހުރުމަށްފަހު މިއަދު މިވަނީ ތަރި އޮއްސިފައެވެ. މިހާހިސާބުން ކުރުގޮތަކަށް މި ބަލައިލަނީ އޭނާގެ ދިރިއުޅުއްވުމާއި ސިޔާސީ ހަޔާތްޕުޅުގެ މައްޗަށެވެ.

އިމްރާން ޚާން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޕާކިސްތާނަށް މިނިވަންކަން ލިބުމުގެ 5 އަހަރު ފަހުން, 5 އޮކްޓޯބަރ 1952ގައެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ ލާހޫރުގެ އާދައިގެ ފަންތީގެ އާއިލާއަކަށެވެ. އޭނާގެ ބައްޕާފުޅަކީ އިކްރާމުﷲ ޚާން ނިޔާޒީއެވެ. މަންމާފުޅަކީ ޝައުކަތު ޚާނުމްއެވެ. މަންމާފުޅު އުފަންވެފައިވަނީ އިންޑިޔާގެ ޖަލަންޑަރު ޑިސްޓްރިކްޓްގެ ޕްރޮފެޝަނަލް ކްރިކެޓަރުން ހިމެނޭ އާއިލާއަކަށެވެ. އެކަމަނާ ފަހުން ވަނީ ލާހޫރަށް ހިޖުރަކުރައްވާފައެވެ.

އިމްރާން ޚާނަކީ 4 ބޭފުޅުންގެ އާއިލާގައި ހިމެނިވަޑައިގަންނަވާ ހަމައެކަނީ ފިރިހެން ބޭފުޅާއެވެ. އޭނާ ބޮޑުފުޅުވެފައިވަނީ ނިސްބަތުން ތަނަވަސް, އަދި ހިމާޔަތްލިބިގެންވީ އާއިލާއެއްގެ ތެރޭގައެވެ. ފުރަތަމަ މަތީ ތައުލީމްހާސިލް ކުރެއްވީ ލާހޫރުގެ އައިޗީސަން ކޮލެޖުންނެވެ. އެއަށްފަހު އިންގްލަންޑްގެ ރޯޔަލް ގްރެމަރ ސްކޫލަށް ވަޑައިގެންނެވިއެވެ. އެންމެ ފަހުން ޔުނިވަރސިޓީ އޮފް އޮކްސްފޯރޑްގެ ކޭބަލް ކޮލެޖަށް ވަޑައިގެން އެތަނުން ފިލޯސޮފީ, ޕޮލިޓިކްސް, އަދި އިކޮނޮމިކްސްގެ ދާއިރާއިން ތައުލީމް ހާސިލްކުރެއްވިއެވެ.

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫވެސް އޭރު އޮކްސްފޯރޑްގައި ތައުލީމް ހާސިލް ކުރައްވަމުންގެންދެވިއެވެ. ދެބޭފުޅުންގެ ދެމެދުގައި ލޯބީގެ ގުޅުމެއްވެސް އޭރު ހިނގާފައިވާކަމަށް ބައެއްރިޕޯޓްތައް ބުނެއެވެ.

އިމްރާން ޚާން ކްރިކެޓަށް ހުރި ޝައުގުވެރިމާއި ހުނަރު ފާހަގަ ވީ އިނގިރޭސި ވިލާތުގައި ތައުލީމް ހާސިލްކުރެއްވި ދުވަސްވަރުއެވެ. އޭރު އޭނާ ވަނީ ވޯޗެސްޓަރޝަޔަރ ކައުންޓީއަށް ކްރިކެޓް ކުޅުއްވާފައެވެ. މީގެ އިތުރުން އޮކްސްފޯރޑް ބްލޫސް ކްރިކެޓް ޓީމުގައިވެސް ހިމެނި ވަޑައިގެންނެވިއެވެ.

ތައުލީމް ހާސިލްކުރެއްވުމަށްފަހު 1976ގައި ޕާކިސްތާނަށް އެބުރި ވަޑައިގެންނެވިއެވެ. އަދި ޕާކިސްތާނުގެ ނެޝަނަލް ކްރިކެޓް ޓީމާ ގުޅިވަޑައިގެން، ޓީމުގެ ކެޕްޓަން ކަންކުރައްވައި, ޕާކިސްތާނަށް ވޯރޑްކަޕް ކާމިޔާބުކޮށްދެއްވިއެވެ.

އެހާހިސާބުން އިމްރާން ޚާން ވަނީ ގައުމީ ތަރިއަކަށް ވެވަޑައިގެންފައެވެ. ކްރިކެޓުގެ ރޮގުން ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ތަރިއަކަށް ވެވަޑައިގެންފައެވެ. ނަތީޖާއަކަށްވީ އަންހެނުންގެ މެދުގައިވެސް މަގުބޫލުކަން ހޯއްދެވުމެވެ. ލާހޫރާއި ލަންޑަންގައިވެސް އެކިއެކި އަންހެނުންނާ އޭނާއާ ގުޅުވައި އަޑުތައް ފެތުރިގެން ދިޔައެވެ. ކްރިކެޓްގެ މައިދާނުގައި ކުޅުއްވިހައި ވަރުގަދަކޮށް ލޯބީގެ ގުޅުންތައްވެސް ކުރިޔަށްގެންދެވިތަން ފެނިގެންދިޔައެވެ. އަދި ހުޅަނގުގެ މީޑިޔާއިން "ޕްލޭބޯއީ"ގެ ނަމުން ނަންދީފައިވެސް ވެއެވެ. އަށްޑިހައިގެ އަހަރުތައް ނިމެންދެންހެން މިފަދަ ލޯބީގެ ގުޅުންތައް ކުރިޔަށް ގެންދަވާފައިވެއެވެ.

ނަމަވެސް އުމުރުފުޅުން 42 އަހަރުވަންދެން އިމްރާން ހުންނެވީ ކައިވެނިފުޅު ބައްލަވައިނުގަނެއެވެ. ދެން އައި 25 އަހަރުގެ ތެރޭ ތިން ކައިވެނިފުޅެއް ކުރައްވާފައި ވެއެވެ. 1995ގައި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖަމައިމާ ގޯލްޑް ސްމިތުއާ ކައިވެނި ބައްލަވައިގަތެވެ. ޖަމައިމާއަކީ އިނގިރޭސި ވިލާތުގެ ކާމިޔާބު ފައިނޭންސިއަރ އަދި ޕޮލިޓީޝަން ޖޭމްސް ގޯލްޑް ސްމިތުގެ ދަރިއެކެވެ. 2004ގައި މިކައިވެނި ރޫޅުނެވެ. ސަބަބަކަށްވީ ޖަމައިމާއަށް ޕާކިސްތާންގައި އުޅެން އުނދަގޫވުމެވެ.

އިމްރާން ޚާން ދެވަނަ ކައިވެނިފުޅެއް ކުރެއްވީ ޖަނަވަރީ 2015ގައެވެ. މިފަހަރު އިޚްތިޔާރު ކުރެއްވީ ޕާކިސްތާނަށް އުފަން އިނގިރޭސި ޖަރނަލިސްޓް ރޭހާމް ޚާންއެވެ. ނަމަވެސް ހަމަ އެއަހަރުގެ އޮކްޓޯބަރުމަހު އެކައިވެނިވެސް ވަނީ ރޫޅިފައެވެ. ރޭހާމް، އިމްރާންއާބެހޭ ގޮތުން ބޭއަދަބީ ވާހަކަތަކެއް ދައްކާފައިވާއިރު އިމްރާން ވިދާޅުވެފައިވަނީ އޭނާއާ ކައިވެނިކުރެއްވުމަކީ ހެއްދެވުނު އެންމެ ބޮޑު "މިސްޓޭކް" ކަމަށެވެ.

އިމްރާން ޚާން ތިންވަނަ ކައިވެނިފުޅެއް ކުރެއްވީ ފެބްރުއަރީ 2018ގައެވެ. އެއީ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމުގެ ހަތަރުމަސް ކުރިންނެވެ. މިފަހަރުގެ އަނބިކަނބަލަކީ މޫނުބުރުގާ އަޅުއްވާ, ސޫފީ މަޒްހަބުގެ ދީނީ އިލްމްވެރިއެއްކަމަށްވާ ބުޝްރާ ބީބީއެވެ.  

އިމްރާން ޚާން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ 1996ގައެވެ. އަމިއްލަ ޕާޓީ ޕާކިސްތާން ތަހްރީކޭ އިންސާފް ހައްދަވައިގެންނެވެ. އެހިސާބުން ޕްލޭބޯއީ ހަރަކާތްތައް ހުއްޓަވާލައްވައި ފުރިހަމަ މުސްލިމެއްގެ ގޮތުގައި އަމަލުފުޅުތައް ބަހައްޓަވަން ފެއްޓެވިއެވެ. ދީނީ އަޅުކަންތަކަށް އިސްކަންދެއްވައި, އަދި އާންމު ތަންތާނގައި ތަސްބީހަ ގުނުއްވުންފަދަ ކަންކަން ކުރައްވަން ފެއްޓެވިއެވެ. ކެމްޕެއިން ކުރެއްވީ, ފަގީރުކަން ނައްތަވާލައްވައި ގައުމަށް އިސްލާހުތަކެއް ގެންނަވާނެކަމަށް ވިދާޅުވެއެވެ. މިކަންވީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ވައުދުތަކަކަށެވެ.

2002ގައި ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީއަށް އިމްރާން ހޮވިވަޑައިގެންނެވިއެވެ. އެއަށްފަހު ސިޔާސީ މައިދާނުގައި އޭނާ ވަރަށް ބާރަށް ކުރިޔަށް ވަޑައިގެންނެވިއެވެ. ކޮރަޕްޝަނާ ދެކޮޅަށް ގަދަޔަށް ކެމްޕެއިން ކުރެއްވިއެވެ. އަދި ޚާންދާނީ ވެރިކަންތައް ނިމުމަކަށް ގެންނަވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ. މިވައުދުތައް ވީ އޭނާގެ ސަޕޯޓަރުންނަށް ވަރަށް ކަމުދިޔަ ކަންތައް ތަކަށެވެ. ޚާއްސަކޮން ސިޓީތަކުގެ މިޑްލްކްލާސް އަދި ޒުވާނުންގެ ތާއީދު ވަރަށް ބޮޑަށް ލިބިވަޑައިގެންނެވިއެވެ. އިމްރާންއަށް ތާއީދުކުރި ގިނަ މީހުންނަކީ އުންމީދެއްގައި ތިބި މީހުންނެވެ. ޕާކިސްތާގައި ހުރިހާކަމެއްގައިވެސް ގެންގުޅެމުން އައި ގާދީމީ ގޮތްގަނޑުގެ މަތިން ފޫހިވެފައިވާ ގިނަ އަދަދެއްގެ ބަޔަކަށް އައު ޕާކިސްތާނެއްގެ އުންމީދު ލިބިގެން ދިޔައެވެ. މި ވަގުތުގެ ފުރިހަމަ ބޭނުންހިއްޕަވައިގެން ކެމްޕެއިން ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން, 2018ގައި ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވިއެވެ. ނަމަވެސް މިކަމުގައި އަސްކަރިއްޔާގެ މުހިންމު ދައުރެއްވެސް އޮތްކަން ޕާކިސްތާންގެ ރައްޔިތުން ގަބޫލު ކުރެއެވެ. އިމްރާންގެ ކާމިޔާބީގެ ފަހަތުގައިވަނީ އެގަމުގެ ހަގީގީ ބާރުވެރި ފަރާތް ކަމަށްވާ އަސަކަރިއްޔާކަން އެއީ އެންމެން ދަންނަ ސިއްރެކެވެ. ނަމަވެސް އަސްކަރިއްޔާގެ ޖެނެރަލުން އުންމީދުކުރިފަދަ ސިވިލިއަން ލީޑަރަކަށް އިމްރާންއަށް ވެވަޑައެއްނުގެންނެވުނެވެ. މިގޮތުން ރަތްރޮނގަކަށްފަހު ރަތްރޮނގެއް ހުރަސް ކުރައްވަމުންގެންދެވިއެވެ. އޭނާއަށް ހެއްދެވުނު އެންމެ ބޮޑުގޯހަކީ އަސްކަރިއްޔާގެ ބާރު ކަނޑުވާލައްވަން މަސައްކަތްކުރެއްވުމެވެ. އަދި އަސްކަރިއްޔާގެ ޕޮލިސީތަކަށް އިހުތިރާމް ނުކުރެއްވުމެވެ.

އިމްރާންގެ ވެއްޓުން އައީ ހަގީގަތުގައި ޕާކިސްތާންގެ އިގުތިސާދު ވެއްޓުމުގެ ސަބަބުން, ނުވަތަ ޑިމޮކްރަސީ ދަމަހައްޓަން މަސައްކަތްނުކުރެއްވިގެންނެއްނޫނެވެ. އެކަމުގެ ހަގީގީ ސިއްރަކީ ޕާކިސްތާންގެ އަސްކަރިއްޔާއާއި އިމްރާންއާ ދެމެދު ފެށިގެން ދިޔަ ހަނގުރާމަ ނުވަތަ ދެކޮޅުވެރިކަމެވެ. އަދި ޖެނެރަލުން އެދޭ ގޮތަށް ކަންތައްތައް ކުރައްވަން އެއްބަސްވެ ވަޑައިނުގެންނެވުމެވެ. މިހަނގުރާމައަކީ ޕާކިސްތާނުގައި އެއްވެސް ވެރިޔަކަށް ކާމިޔާބުކުރެއްވޭނެ ހަނގުރާމައެއްނޫނެވެ. އެއަށްވުރެ އަސްކަރިއްޔާ މާބާރުގަދައެވެ.

ޕާކިސްތާންގެ ރައްޔިތުންނަށް ބަލާއިރު ހަގީގީ ގެއްލުން ލިބުނީ ރައްޔިތުންނަށެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ގައުމުގެ ހުރިހާކަމަކަށްވެސް ބަދަލުތަކެއް އަންނާތީއެވެ. ޕާކިސްތާނަށް މިނިވަންކަން ލިބި މިވީ 75 އަހަރުގެތެރޭގައި އެންމެ ބޮޑުވަޒީރަކަށްވެސް ފަސްއަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ. އިމްރާނަކީ އިތުބާރު ނެތްކަމުގެ ވޯޓުނަގައި ވެރިކަމުން ދުރު ކުރެވުނު ފުރަތަމަ ބޮޑުވަޒީރެވެ. މިކަންކަމުން އިބުރަތް ހާސިލްކުރަން ބޭނުންވާ ބަޔަކަށް އެކަންވާނެއެވެ.

މިހާހިސާބުން އުފެދޭ އެންމެ ބޮޑު ސުވާލަކީ ޕާކިސްތާންގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޓަރމް ފުރިހަމަ ނުކުރެއްވެނީ ކިހިނެއްވެގެންތޯ އުފެދޭސުވާލެވެ. ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭތޯ، މިއީ މިއަދު ޕާކިސްތާންގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ.

އިމްރާން ޚާންޕާކިސްތާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު