Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދައަށް ބަދަލު ގެންނަނީ

އާސަންދައިގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަނީ

އާސަންދައިގެ ސިޔާސަތާއި ގުޅޭގޮތުން ވަރަށް ގިނަ ފަރާތްތަކުން ސުވާލު ކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 އެޕްރީލު 2022 | ބުދަ 09:12
ހެލްތް މިނިސްޓަރު މަޖިލީހުގެ އިދާރާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

ހެލްތް މިނިސްޓަރު މަޖިލީހުގެ އިދާރާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

ދިވެހިރާއްޖޭގެ އިޖްތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމް, އާސަންދައިގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެނައުމަށްޓަކައި މަޝްވަރާކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ އާސަންދައިގެ ސިޔާސަތު އޮންނަ ގޮތުން ވަރަށް މުހިންމު ސިއްހީ ބައެއް ކަންކަމުގައި ރައްޔިތުންނަށް އާސަންދައިގެ އެހީ ނުލިބޭތީ އެކަމާއި ގުޅިގެން ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާތީ އާއެކު، އާސަންދައިގެ ސިޔާސަތު ރިވިއުކޮށް އަދި އެފަދަ ކަންކަމަށް އާސަންދައިގެ އެހީތެރިކަން ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތެއް ހައްދަވައި ދެއްވުމަށް ވިސްނުންފުޅު އެބަހުރިތޯ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ސިޔާސަތާއި ގުޅޭ ގޮތުން ކުރެއްވި ސުވާލަކީ ވަރަށް މުހިންމު ސުވާލެއް ކަމަށެވެ. އަދި އާސަންދައިގެ ސިޔާސަތާއި ގުޅޭގޮތުން އެފަދަ ސުވާލުތަކެއް ވަރަށް ގިނަ ފަރާތްތަކުން ކުރަމުން އަންނަ ކަމަށާއި، އާސަންދައާއި މަޝްވަރާކުރުމަށް ގަސްދުކޮށްގެން އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މަޖިލީހަށް އެކަން ނިމޭގޮތުގެ ރިޕޯޓެއް ފޮނުއްވައިދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އާސަންދައިގެ އެހީގައި ނުލިބޭ ޚިދުމަތްތައްވެސް އެބަހުރި ކަމަށާއި، އެކަންކަން ބެލުމަށްފަހު، އެކަންކަމަށް އެންމެ ރަނގަޅެއް ހައްލެއް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަޖިލީހުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅާއި ގުޅޭގޮތުން، އާސަންދަ އާއި ސުވާލުކުރުމުން، އެ ކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވީ އާސަންދައިން ކުރާ ބޭކާރު ޚަރަދު ގިނަކަމަށެވެ. އަދި އެކަންކަމާއި ގުޅޭ ގޮތުން އަބަދުވެސް މިނިސްޓްރީއާއި މަޝްވަރާތަކެއް ކުރާ ކަމަށެވެ. ނަމަވެސް އާސަންދައިން ބައެއް ޚިދުމަތްތައް ނުލިބޭ މައްސަލައިގައި މަޝްވަރާ ކުރުމަށްވެސް އަދި ހައްލެއް ހޯދުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރުމަށް މިނިސްޓްރީން މިހާތަނަށް ރިކުއެސްޓްކޮށްފައި ނުވާކަމަށެވެ.

މަރިޔަމް ޝަފީގު ވިދާޅުވީ އާސަންދައިގެ ކަންކަމުގައި ޕޮލިސީ ލެވެލްގައި ރައީސް އޮފީހާއި މަޝްވަރާތަކެއް ކުރެވޭ ކަމަށެވެ. އަދި އާސަންދަ ސްކީމަކީ ޚަރަދު ކުޑަ ސްކީމަކަށް ހެދުމަށް މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރެވި އެކުންފުންޏަށް ލަފާ ލިބޭކަމަށެވެ.

މެންބަރު ސަލީމް ވަނީ އާސަންދައާއި ގުޅޭ ސުވާލުގެ އިތުރުން ހޯރަފުށީގައި ހޮސްޕިޓަލު އަޅަން ފަށާނެ ދުވަހެއް ސާފުކޮށްދެއްވުމަށް ވެސް ސުވާލުކުރައްވާފައެވެ. ޖަވާބުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މިއަހަރުގެ ތެރޭގައި ހޯރަފުށީގެ ހޮސްޕިޓަލުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އާސަންދަހެލްތު މިނިސްޓްރީރައްޔިތުންގެ މަޖިލިސްހެލްތު މިނިސްޓަރު، އަޙުމަދު ނަސީމް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު