Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިމަރަފުށީ ހެލްތު ސެންޓަރު

ތިމަރަފުށީ ހެލްތް ސެންޓަރުގެ މަސައްކަތް ކުރަން ތިންފަހަރު ވެސް ހުޅުވާލުމުން ތަރުހީބެއް ނުލިބުނު – މިނިސްޓަރު

ކައުންސިލުން 3 ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް ޝަރުތު ފުރިހަމަވާ ފަރާތެއް ކުރިމަތިލާފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 އެޕްރީލު 2022 | ބުދަ 07:38
ހެލްތް މިނިސްޓަރު މަޖިލީހުގެ އިދާރާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

ހެލްތް މިނިސްޓަރު މަޖިލީހުގެ އިދާރާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

ތިމަރަފުށި ހެލްތް ސެންޓަރު އަޕްގްރޭޑް ކުރުމަށް ކައުންސިލުން ތިންފަހަރު މަތިން ހުޅުވާލި ނަމަވެސް، އެކަމަށް އެއްބާރުލުން ނުލިބޭ ކަމަށާއި، އެ މަސައްކަތް ކައުންސިލްގެ އެދުމުގެ މަތިން މިނިސްޓްރީން ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ތިމަރަފުށީ ހެލްތް ސެންޓަރު އަޕްގްރޭޑް ކުރުމަށް އަދި ވަށާ ފާރު ރޭނުމަށް 2022 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ބަޖެޓުގައި 1.5 މިލިއަން ރުފިޔާ ހިމެނިފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން 2021 ވަނަ އަހަރު ފަށާފައިވާ ވަށާފާރު ރޭނުމުގެ ނުނިމި ހުރި މަސައްކަތް ނިންމުމާއި، ސިއްހީ މަރުކަޒުގައި އެކްސްޓެންޝަން އިމާރާތެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން މި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލާއި ހަވާލުކުރެވި މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރ ކުރުމަށް އެ ކައުންސިލުން 3 ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް ޝަރުތު ފުރިހަމަވާ ފަރާތެއް ކުރިމަތިލާފައި ނުވާތީ މި މަސް ތެރޭގައި މިނިސްޓްރީން ބިޑިންގ ޕްރޮސެސް ކުރިއަށް ގެންދިއުމަށް ކައުންސިލުން އެދިފައިވާ ކަމަށެވެ.

އެހެންކަމުން މި ޕްރޮޖެކްޓްގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން އަންނަނީ ޓެންޑަރ ކުރަމުން ކަމަށާއި، މި މަހުގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށެވެ. އަދި 4 މަސް ދުވަހުން ނިންމޭނެކަމަށް ލަފާ ކުރެވޭ ކަމަށާއި، މި މަހުގައި މަސައްކަތް ހަވާލު ކުރެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ގުޅިގެން ކުރާ ސުވާލުގެ ބައިގައި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒު ވިދާޅުވީ ސިއްހީ މަރުކަޒުގެ މަސައްކަތް ބަޖެޓުގައި ހިމަނައިގެން ކުރިއަށް ނުދާ ކަމާއި، ތިމަރަފުށީގައި ހޮސްޕިޓަލެއް އަޅުއްވާނެކަމަށް ވިދާޅުވިނަމަވެސް އެކަން ނުކުރައްވާ ކަމާއި، އެހެންކަމުން މިހާރު ހުރި މަސައްކަތް ކުރެއްވޭނެތޯއެވެ.

މެންބަރު ދެންނެވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް ފައިސާ ހިމަނާފައިވާނެ ކަމަށާއި، ނަމަވެސް މަސައްކަތް ކުރިއަށް ނުދިޔައީ ކީއްވެގެން ކަން މަޖިލީހުގެ މެންބަރުންނަށް މާބޮޑަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓް ކުރުމަކީ ވަކި ކަމެއް ކަމަށާއި، ބަޖެޓުން ލާރި ލިބުމަކީ ވަކި ކަމެއް ކަމަށެވެ. އެހެންކަމުން މާލީ ހާލަތު ހުންނަ މިންވަރަކަށް ބަލައިގެން ޝެޑިއުލްކޮށްގެން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ތ. ތިމަރަފުށިމެންބަރު އަބްދުﷲ ރިޔާޒްހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

27 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު