Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ބޫޗާގައި ހިންގިކަމަށް ތުހުމަތުކުރާ ކަންތަކަކީ ދޮގެއް: ޕުޓިން

12 އެޕްރީލު 2022 | އަންގާރަ 16:57

ބޫޗާގައި ރަޝިއާގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށް ދޮގު ވާހަކަތައް ފެތުރުމުން ސުލްހައިގެ ވާހަކަތަކަށް ވަރަށް ބޮޑަށް ބުރުއަރާފައިވާ ކަމަށް ޕުޓިން ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 12 އެޕްރީލު 2022 | އަންގާރަ 16:57
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ރަޝިއާގެ އަަސްކަރިއްޔާއިން ޔޫކްރެއިންގެ ބޫޗާ ގައި ހިންގި ކަމަށް ތުހުމަތުކުރެވޭ ކަންކަމަކީ 'ފޭކް' ވާހަކަތަކެއް ކަމަށް އެގައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އަންގާރަ ދުވަހު ރައީސް ޕުޓިން ވަނީ ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގައި ކުރަމުންދަނީ ވަރަށް 'މަތިވެރި' ޖިހާދެއް ކަަށާއި އަސްކަރިއްޔާއިން ކާމިޔާބު ހޯދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރަޝިއާއިން ކާމިޔާބު ކުރަން ބޭނުންވާ ހުރިހާ ކަމެއް ހާސިލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕުޓިން ވަނީ ޔޫކްރެއިން އާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކަށް އެގައުމުން ހުރަސް އަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބޫޗާގައި ރަޝިއާގެ އަސްކަރިއްޔާއިން ޖަރީމާތައް ހިންގި ކަމަށް ތުހުމަތުކޮށް ދޮގު ވާހަކަތައް ފެތުރުމުން ސުލްހައިގެ ވާހަކަތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވަނީ ޔޫކްރެއިންއަށް ހަމަލާންދޭން ރަޝިއާއަށް މަޖުބޫރުވީކަމަށް ވިދާޅުވެފައެވެ. އަދި ޔޫކްރެއިންގައި ރަޝިއާއިން ހަނގުރާމައިގެ ޖަރީމާ ހިންގާކަމަށް އެމެރިކާ އާއި ހުޅަނގުން ކުރާ ތުހުމަތުތައްވެސް ޕުޓިން ވަނީ ދޮގުކުރައްވާފައެވެ.

މީގެ އިތުރުން ޕުޓިން ވަނީ ހުޅަނގުގެ ލީޑަރުން، އެމެރިކާއިން ސީރިއާ އާއި އަފްގާނިސްތާނުގައި ހިންގާފައިވަ ހަމަނުޖެހުންތަކަށް ވިސްނާލުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ސީރިއާގައި އައްސަދުގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް އެމެރިކާއިން ވާހަކަ ފެތުރި ކަމަށާއި، ނަމަވެސް އެކަންތައްވެސް އެއީ 'ފޭކް' ވާހަކައެއްކަން ހާމަވެގެން ދިޔަ ކަމަށް ޕުޓިން ވިދާޅުވިއެވެ. ބޫޗާގެ ވާހަކަ އަކީވެސް ހަމަ މިކަހަލަ ވާހަކައެއް ކަމަށް ޕުޓިން ވިދާޅުވިއެވެ.

ރަޝިއާއިން އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިންއަށް ހަމަލާދޭން ފަށާފައި ވަނީ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ. އެއާއެކު އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކާ އެގައުމުތަކަށް ވާގިވެރިވާ ގައުމުތަކުން ވަނީ ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ވްލަޑިމިއަރ ޕުޓިންރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް